ދެން މިމަހުގެ 30 ގެ ކުރިން ނިޒާމީ ވޯޓެއް ނުނެގޭނެ: އީސީ

"ނަމަވެސް، މިއަދާ ހަމަޔަށްވެސް ރައްޔިތުންގެ މަޖިލީހުން ކޮމިޝަނުން އެދިވަޑައިގެންނެވި ކަންކަމާ މެދު ގޮތެއް ނިންމަވާފައި ނުވާތީ، އޮކްޓޯބަރު މަހުގެ ތެރޭގައި އެފަދަ ވޯޓެއް ނެގުމުގެ ފުރުސަތު މިހާރު ނެތް،" ހަބީބް މިއަދު ވިދާޅުވި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް:

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓް މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ނުނެގޭނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެ އެވެ.

ހަބީބް މިއަދު ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް މަޖިލީހުން ގަރާރެއް ފާސްކޮށްފައިވާއިރު، މިމަހުގެ 30 ގެ ކުރިން އެފަދަ ވޯޓެއް ނެގިދާނެ ކަމަށް ބުނެފައިވާ ކަމަށެވެ. 

އެކަމަކު އެ ގަރާރު ފާސްކުރުމަށްފަހު މަޖިލީހުން އީސީއަށް ގަރާރު ފޮނުވި ދަނޑިވަޅަކީ ރިޔާސީ އިންތިހުބުގެ މަސައްކަތް ހިނގަމުން ދިޔަ ވަގުތާ އެއް ވަގުތަކަށް ވެފައި، އެފަދަ ވަގުތެއްގަައި ކޮމިޝަނަށް މަދުވެގެން 30 ދުވަހުގެ މުއްދަތެއް ލިބިއްޖެނަމަ އެ މުއްދަތުގައި ވޯޓް ނެގިދާނެ ކަމަށް އޭރު އަންގާފައިވާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުށަހެޅި އެ ގަރާރު މަޖިލީހުން ފާސްކުރުމަށްފަހު އީސީއަށް ފޮނުވުމުން އެ ކޮމިޝަނުން ވަނީ އެ އިންތިހާބުގެ ކުރިން މަޖިލީހުން ފާސްކުރަން ޖެހޭ ބައެއް ކަންކަން އެބަހުރި ކަމަށް ބުނެ މަޖިލީހަށް ސިޓީއެއް ފޮނުވާފަ އެވެެ. އެ ސިޓީގައި ކޮމިޝަނުން އެދިފައި ވަނީ ވޯޓް ކަރުދާހުގައި ރައްޔިތުންގެ ކައިރިން އަހަންވީ ސުވާލަކާއި އެ ސުވާލާ ގުޅޭ މައުލޫމާތު ފާސްކުރުމަށްފަހު ކޮމިޝަނާ ހިއްސާ ކުރުމަށެވެ. 

"ނަމަވެސް، މިއަދާ ހަމަޔަށްވެސް ރައްޔިތުންގެ މަޖިލީހުން ކޮމިޝަނުން އެދިވަޑައިގެންނެވި ކަންކަމާ މެދު ގޮތެއް ނިންމަވާފައި ނުވާތީ، އޮކްޓޯބަރު މަހުގެ ތެރޭގައި އެފަދަ ވޯޓެއް ނެގުމުގެ ފުރުސަތު މިހާރު ނެތް،" ހަބީބް މިއަދު ވިދާޅުވި އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުން، އިންތިހާބެއް ބޭއްވުމަށްޓަކައި މަދުވެގެން 45 ދުވަސް ބޭނުންވެ އެވެ. އެއީ، އިންތިހާބަށް އިއުލާން ކުރުމާއި، ރަޖިސްޓަރީ އާންމުކޮށް ޝަކުވާ އަށް ހުށަހެޅުމާއި، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމާއި، އޮފިޝަލުން ތަމްރީން ކުރުމާއި، ކެމްޕެއިން ކުރުމާއި ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމާއި، ވޯޓު ކަރުދާސް ތައްޔާރުކޮށް ޗާޕުކުރުން ފަދަ ކަންކަމެވެ.

އެކަންކަން ފާހަގަކުރައްވަމުން ހަބީބް ވިދާޅުވީ މިކަމަކީ ރައްޔިތުންނާ ސީދާ ގުޅުންހުރި ކަމަކަށްވެފައި، މިކަމާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކާ ނުލައި، މިފަދަ ވޯޓަކަށް ދިޔުމަކީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު އީސީ އިން ފޮނުވާފައިވާ ސިޓީގެ މައްސަލައިގެ ބަހުސް ކުރިއަށް ގެންދިޔަ އެވެ. އެކަމަކު މެޖޯރިޓީ އޮންނަ އެމްޑީޕީން ހުށަހަޅާފައި ވަނީ އެފަދަ ވޯޓެއް ނެގޭނީ ހުރިހާ ސިޔާސީ ޕާޓީތަކަކާއި މަޝްވަރާ ކުރުމަށްފަހުގައި، މަޖިލީހުގެ ދާއިމީ ކޮމެޓީއަކަށް މައްސަލަ ގެންގޮސް ރަގަޅަށް މައްސަލަ ކުރިއަށް ގެންގޮސްގެން ކަމަށެވެ. ދާއިމީ ކޮމެޓީއަށް އީސީގެ ބޭފުޅުންނާއި ކަމާ ގުޅުން ހުރި އެހެން އިދާރާތައް ހާޒިރުކޮށްގެން ކަމަށެވެ. އަވަސް އަރުވާލައިގެން ނިންމަން އުޅޭތީ އެކަމާ އެމްޑީޕީން ވަނީ ދެކޮޅު ހަދާފަ އެވެ.

ކޮމެންޓް

2
450
ސުނީ
6 months ago

އެބަ ރަނގަޅުވެ ހަބީބް. ކޮން މޮޔެއްވެގެން އުޅޭބައެއްތަ މި ޑިމޮކްރެޓްސް އަކީ. ދުނިޔެ ނިމެނީކީ ނޫން ވިއްޔާ. ދެން އެހެން ނޫނަސް މީހުން ހޭލުންތެރި ކުރަންޖެހޭ އެބަ

ރައްޔިތު މީހާ
6 months ago

މިކަމާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކާ ނުލައި، މިފަދަ ވޯޓަކަށް ދިޔުމަކީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރަން އަޅުގަނޑުވެސް. ބަރުލަމާނީގެ ހަހީގީ މާނަ އަކީ ކޮބައިކަން ނޭގޭ އާބާދީގެ 80% އަށް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.