ނިޒާމީ ވޯޓާ ގުޅިގެން ޑިމޮކްރެޓްސްއާއެކު އެއްބަސްވުމަކަށް ނުދަން

"މި ހުށަހެޅުމަށް އެމްޑީޕީއިން ގަބޫލުކުރެވެން ނެތް ކަމަށް ދި ޑިމޮކްރެޓްސްއަށް ވާނީ އަންގާފައެވެ. މީގެ އިތުރުން އެއްވެސް ކަމަކަށް މި ޕާޓީއާ ދި ޑިމޮކްރެޓްސްއާ ދެމެދު އެއްބަސްވެފައިނުވާނެއެވެ." އެމްޑީޕީން ބުނެފައިވެ އެވެ.

ރައީސްގެ ކެމްޕެއިން ހަރަކާތްތައް ނިންމުން: އެމްޑީޕީގެ ލީޑާޝިޕު ދޫކޮށް ނުލައްވާނެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން އެއްވެސް ޕާޓީއަކަށް ތާއީދުނުކޮށްފި ނަމަ، ނިޒާމީ ވޯޓެއް ބާއްވަން އެމްޑީޕީއިން ތާއީދު ކުރާނެ ކަމަށް އެއްބަސްވެފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި ވާހަކަ އެމްޑީޕީ އިން ދޮގުކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވެފައި ވަނީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން ވަކި ޕާޓީއަކަށް ތާއީދުނުކޮށްފި ނަމަ އެމްޑީޕީން ބަރުލަމާނީއަށް ތާއީދުކުރަން އެއްބަސްވެފައިވާ ކަމަށާއި އަދި ޑިމޮކްރެޓްސްގެ ފަރާތުން ސިޓީއެއް ވެސް ހޯދާފައިވާ ކަމަށެވެ. އެކަމަކު އެމްޑީޕީން އެ  ސިޓީއަށް ޖަވާބު ދީފައި ވެސް ނުވާ ކަމަށެވެ.

"ދެވަނަ ބުރަށް އެމްޑީޕީ ރިޔާސީ އިންތިހާބުގައި ދިޔައިރުގައި އަޅުގަނޑަށް އެނގިފަ އޮތް ގޮތުގައި ޑިމޮކްރެޓްސް ކައިރިން އެދިފަ އޮތީ، އެޕާޓީން ވަކި ބަޔަކަށް ތާއީދު ނުކޮށް އޮވެއްޖެނަމަ އެމްޑީޕީން ފެންނަ ނުފެންނަ ވޯޓަށް ފުރިހަމައަށް ތާއީދު ކުރައްވާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވުމުން އެމްޑީޕީން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ، ޑިމޮކްރެޓްސް އިން އެ ޕާޓީއަށް ހުށަހެޅީ 30 ސެޕްޓެމްބަރުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްވާނަމަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާނެ ކަމަށެވެ. 

"މި ހުށަހެޅުމަށް އެމްޑީޕީއިން ގަބޫލުކުރެވެން ނެތް ކަމަށް ދި ޑިމޮކްރެޓްސްއަށް ވާނީ އަންގާފައެވެ. މީގެ އިތުރުން އެއްވެސް ކަމަކަށް މި ޕާޓީއާ ދި ޑިމޮކްރެޓްސްއާ ދެމެދު އެއްބަސްވެފައިނުވާނެއެވެ." އެމްޑީޕީން ބުނެފައިވެ އެވެ.

އެމްޑީޕީ އިން ބުނީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ޑިމޮކްރެޓްސްއިން ނިންމި ނިންމުމަކީ އެ ޕާޓީއާއެކު އެއްވެސް އެއްބަސްވުމެއްގެ ދަށުން އެ ޕާޓީން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ. 

އެމްޑީޕީން މިހެން ބުނެފައިވާއިރު، އެ ޕާޓީއަކީ ބަހުގެ އިތުބާރު އޮންނަ ޕާޓީއެއް ނޫން ކަމަށް ނަޝީދު މިއަދު ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ކޮށްފައި ވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓް ނެގުމާ ގުޅޭ ގޮތުންނެވެ. ދަ ޑިމޮކްރެޓްސްގެ ފާރަތުން މިމަހުގެ 30 ވަނަ ދުވަހު އެ ވޯޓް ނަގަން ހުށަހެޅި ގަރާރު ފާސްކޮށްފައި ވަނީ އެމްޑީޕީގެ ތާއީދާ ވެސް އެކުގަ އެވެ.

އެމްޑީޕީން އެ ގަރާރަށް ތާއީދު ކުރީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދާއި އެމަނިކުފާނުގެ ދަ ޑިމޮކްރެޓްސްގެ ތާއީދު ލިބޭނެ ކަމުގެ އުންމީދުގަ އެވެ. އެކަމަކު އެ ޕާޓީން ނިންމީ ވަކި ކޮޅަކަށް ނޭރުމަށެވެ.

ނަޝީދު އެހެން ވިދާޅުވެފައިވާއިރު، އެމްޑީޕީން މިރޭ ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާގައި އެކަމަށް ގޮތެއް ނިންމުމަށް ވަނީ ތާވަލުކޮށްފަ އެވެ. ނަމަވެސް ގައުމީ މަޖިލީހުގެ 99 ޕަސެންޓް ބަރުލަމާނީ ނިޒާމާ ދެކޮޅު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އެމޭރުމުން ވާހަކަދައްކަވާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.