ނަޝީދު ވިދާޅުވީ އެމްޑީޕީގެ ބަހުގެ އިތުބާރު ނެތް ކަމަށް

އެމްޑީޕީން އެ ގަރާރަށް ތާއީދު ކުރީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދާއި އެމަނިކުފާނުގެ ދަ ޑިމޮކްރެޓްސްގެ ތާއީދު ލިބޭނެ ކަމުގެ އުންމީދުގަ އެވެ. އެކަމަކު އެ ޕާޓީން ނިންމީ ވަކި ކޮޅަކަށް ނޭރުމަށެވެ.

އެތައް ދުވަހަކަށް ފަހު ދާދި ފަހުން ރައީސް ސޯލިހާއި ރައީސް ނަޝީދު އެކުގައި -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ނިޒާމީ ވޯޓާ ގުޅިގެން އެމްޑީޕީގެ ރާގު ތަފާތު ވުމާއި ގުޅިގެން އެ ޕާޓީއަކީ ބަހުގެ އިތުބާރު ހިފޭ ޕާޓީއެއް ނޫން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ބަހުސް ކުރަމުން ދަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓް ނެގުމާ ގުޅޭ ގޮތުންނެވެ. ދަ ޑިމޮކްރެޓްސްގެ ފާރަތުން މިމަހުގެ 30 ވަނަ ދުވަހު އެ ވޯޓް ނަގަން ހުށަހެޅި ގަރާރު ފާސްކޮށްފައި ވަނީ އެމްޑީޕީގެ ތާއީދާ ވެސް އެކުގަ އެވެ.

އެމްޑީޕީން އެ ގަރާރަށް ތާއީދު ކުރީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދާއި އެމަނިކުފާނުގެ ދަ ޑިމޮކްރެޓްސްގެ ތާއީދު ލިބޭނެ ކަމުގެ އުންމީދުގަ އެވެ. އެކަމަކު އެ ޕާޓީން ނިންމީ ވަކި ކޮޅަކަށް ނޭރުމަށެވެ.

ނިޒާމީ ވޯޓް ނަގާއިރު ވޯޓް ކަރުދާހުގައި އޮންނާނެ ސުވާލަކާމެދު ބަހުސް ކުރަމުން ދަނިކޮށް ނަޝީދު މިއަދު ވިދާޅުވެފައި ވަނީ ކުރިން އެ ކަމަށް އެމްޑީޕީން އެއްބަސްވެފައިވާ ކަމަށެވެ.

"ދެވަނަ ބުރަށް އެމްޑީޕީ ރިޔާސީ އިންތިހާބުގައި ދިޔައިރުގައި އަޅުގަނޑަށް އެނގިފަ އޮތް ގޮތުގައި ޑިމޮކްރެޓްސް ކައިރިން އެދިފަ އޮތީ، އެޕާޓީން ވަކި ބަޔަކަށް ތާއީދު ނުކޮށް އޮވެއްޖެނަމަ އެމްޑީޕީން ފެންނަ ނުފެންނަ ވޯޓަށް ފުރިހަމައަށް ތާއީދު ކުރައްވާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

އަދި، އެކަމަށް އެއްބަސްވުމަށްފަހު ޑިމޮކްރެޓްސްގެ އަތުން ސިޓީއެއް ވެސް އެމްޑީޕީން ހޯދާފައިވާ ކަމަށާއި ނަމަވެސް ސިޓީގެ ޖަވާބު އެމްޑީޕީން ފޮނުވާފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ނުދަންނަވަން އެމްޑީޕީއަކީ ބަހުގެ އިތުބާރު މިވަގުތު ހިފޭ ބާވަތުގެ ޕާޓީއެއް ކަމަކަށް. އެހެން ނަމަވެސް ކަންކަން ހިނގާފައި އޮތް ގޮތް ހަމަ ދަންނަވާލީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވެފައިވާއިރު، އެމްޑީޕީން މިރޭ ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާގައި އެކަމަށް ގޮތެއް ނިންމުމަށް ވަނީ ތާވަލުކޮށްފަ އެވެ. ނަމަވެސް ގައުމީ މަޖިލީހުގެ 99 ޕަސެންޓް ބަރުލަމާނީ ނިޒާމާ ދެކޮޅު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އެމޭރުމުން ވާހަކަދައްކަވާފައިވެ އެވެ.

ކޮމެންޓް

1
450
ވަތު އޮޑި
6 months ago

ދޯކަ ދިޔާ ހެނާ، ސިޔާސީ ކިޔަނީ އެހެންވެ. ތެދު ހެދުމަކީ ނެތް ކަމެއް.، މަށަށް ދެން ދެރައީ އިތުބާރު ކުރީތީ . ހަހަހހަހަ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.