ގެންގުޅޭނީ "ޕްރޯ މޯލްޑިވްސް" ސިޔާސަތު، ބޭރު ސިފައިން ފޮނުވާލަނަން: މުއިއްޒު

"މި ގައުމުގައި ތިބި ބޭރު ސިފައިން މި ގައުމުން ފޮނުވާލަނަން އިރާދަކުރެއްވިއްޔާ ގާނޫނީ ހަމަތަކުގެ ތެރެއިން. އަޅުގަނޑަށް ޔަގީން އެކަން ހާސިލުވާނެ ކަން،"

ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލާނެ ކަމަށާ އެކަން ގާނޫނީ ހަމަތަކުގެ ތެރެއިން ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުން ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަަގަ ކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސޯޝަލް ސެންޓަރަށް ޖަމާވެފައިވާ އެތައް ސަތޭކަ ބަޔަކާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް ވައުދަކީ ދިވެހީންގެ މިނިވަން ކަމަށް ހުރި ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުން ކަމަށެވެ. ވެރިކަމުގެ ފުރަތަމަ ދުވަހު އެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާ މުއިއްޒު ވަނީ މިރޭ ވެސް ބޭރުގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށް ވިދާޅުވެފައެވެ. ގާނޫނީ ހަމަތަކުގެ މަތީން ބޭރުގެ ސިފައިންނަށް ބާލާނެ ކަމަށާ ދިވެހީންގެ އިހުސާސްތަކާއި ވިންދާ ދެކޮޅަށް މި ރާއްޖޭގައި އެއްވެސް ބަޔަކަށް ނުތިބެވޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ރައްޔިތުން ވަނީ ގޮތް ނިންމާފައި ކަމަށާ ރާއްޖޭގައި ބޭރުގެ ސިފައިން ތިބެން ދިވެހީން ބޭނުން ނުވާ ކަމަށެވެ.

"މި ގައުމުގައި ތިބި ބޭރު ސިފައިން މި ގައުމުން ފޮނުވާލަނަން އިރާދަކުރެއްވިއްޔާ ގާނޫނީ ހަމަތަކުގެ ތެރެއިން. އަޅުގަނޑަށް ޔަގީން އެކަން ހާސިލުވާނެ ކަން،"

އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް މުއިއްޒު މިރޭ ބޭއްވި ބައްދަލްވުމުގައި އެމަނިކުފާނާއި އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ -- މި

މުއިއްޒު އިތުބާރާއި ޔަގީން ކަމާއެކު ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖެ އިން ބޭރު ކުރެވޭނެ ކަމަށެވެ. އަދި ޑިޕްލޮމެސީގެ ތެރެއިން ހުރިހާ ކަމެއް ވެސް ދިވެހިން އެދޭ ގޮތަށް ނިމިގެންދާނެ ކަމަށް ވިދާޅުުވި އެވެ.

ނޮވެންބަރު 17 ވަނަ ދުވަހު ވެރިކަމާއި ހަވާލުވެވަޑައިގަންނަވަން ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާ އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވީ އިންތިހާބުގެ ކާމިޔާބާއެކު ބައެއް ގައުމުތަކުން ސަފީރުން އެމަނިކުފާނާއި ބައްދަލު ކުރައްވަން އެދިވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ.

ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ހުރިހާ ގައުމެއްގެ ސަފީރުންނާއި ވެސް ބައްދަލު ކުރައްވާނެ ކަމަށާ އެމަނިކުފާނު ގެންގުޅުއްވާނެ ސިޔާސަތުތައް އެ ބޭފުޅުންނަށް ވަރަށް ސާފުކޮށް ބަޔާން ކޮށް ދެއްވާނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ މޯލްޑިވްސް ޕްރޯ -- ދިވެހީންނަށް އިސްކަން ދިނުމުގެ ސިޔާސަތު ކަމަށެވެ.

އަދި އެ ސިޔާސަތަށް އެހެން ހުރިހާ ގައުމަކުން ވެސް އިހްތިރާމް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަަމަށެވެ. ދިވެހީންނަށް ވެސް އެ މީހުންގެ އަމިއްލަ ވަންތަކަމާއެކު މިނިވަންކަން ދިފާއުކޮށް ކުރިއަށް ދިއުމުގެ ހައްގު އޮންނަން ވާނެ ކަމަށް ހުރިހާ ގައުމަކުން ވެސް ގަބޫލު ކުރަން ޖެހޭ ކަަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތަކީ 'ޕްރޯ މޯލްޑިވްސް' ސިޔާސަތު. 'ޕްރޯ މޯލްޑިވްސް' ސިޔާސަތަށް ތަބާވާ ހުރިހާ ގައުމަކީ އަޅުގަނޑުމެންނާއި ގާތް ރަހްމަތްތެރި ގުޅުން އޮންނާނެ ގައުމުތައް ކަމުގައި އަޅުގަނޑު ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.