އިންތިގާލީ ކޮމިޓީގެ ވެރިއަކަށް އަބްދުއްރަހީމް

ޑިރެކްޓާ އޮފް ޓްރާންޒިޝަންގެ މަގާމަށް އަބްދުއްރަހީމް ހަމަޖައްސަވާ އެކަން ސިވިލްސާވިސް ކޮމިޝަނަށް އެންގެވުމުން އެ މަގާމަށް އަބްދުއްރަހީމް މިހާރު ވަނީ ހަމަޖައްސަވާފައެވެ.

ޕީއެންސީގެ ރަައީސް / އިދިކޮޅު ދެ ޕާޓީގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ: އިންތިގާލީ ކޮމިޓީގެ ވެރިއަކީ އަބްދުއްރަހީމް

ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮމާންކަމާއެކު ކުރިޔަށް ގެންދިއުމަށް އުފައްދަން ޖެހޭ ޓްރާންސިޝަނަލް ކޮމިޓީގެ އިސް ބޭފުޅަކަށް ޕީއެންސީގެ ރަައީސް / އިދިކޮޅު ދެ ޕާޓީގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ހަމަޖައްސައިފި އެވެ.

ޑިރެކްޓާ އޮފް ޓްރާންޒިޝަންގެ މަގާމަށް ބޭފުޅަކަށް އައްޔަން ކުރުމުގެ ފުރުސަތު އޮންނަނީ އިންތިހާބީ ރައީސަށެވެ. އެ މަގާމަށް އަބްދުއްރަހީމް ހަމަޖައްސަވަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާއި ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ސެނެޓުން ވަނީ އެ ނިންމުމަށް ރުހުން ދީފައެވެ.

އަދި ޑިރެކްޓާ އޮފް ޓްރާންޒިޝަންގެ މަގާމަށް އަބްދުއްރަހީމް ހަމަޖައްސަވާ އެކަން ސިވިލްސާވިސް ކޮމިޝަނަށް އެންގެވުމުން އެ މަގާމަށް އަބްދުއްރަހީމް މިހާރު ވަނީ ހަމަޖައްސަވާފައެވެ.

ވެރިކަން ބަދަލުވުމުގެ މަރްހަލާގައި ވީހާ ވެސް އޮމާންކަމާއެކު ކަންކަން ކުރިއަށް ގެންދެވުމަށް ހާއްސަ ޓީމެއް އެކުލަވާލަން ނިންމަވާފައިވާ ކަަމަށް ރައީސް ސޯލިހް ވެސް އިއްޔެ ވަނީ ކެބިނެޓް ބައްދަލުވުމުގައި ވިދާޅުވެފައެވެ. ސަރުކާރުގެ ފަރާތުން އެކަމުގައި އިސްކޮށް ހުންނަވާނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރު އެވެ. އަދި އެކަން ހިނގަމުންދާ ގޮތް ބެލުމުގެ އިސް މެންޑޭޓް ހަވާލުކޮށްފައި ވަނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށް ހާއްސަ މަޖިލީހުގެ ޖަލްސާގެ ތައްޔާރީތައް ފަށާފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން މިއަދު ވަނީ ބުނެފައެވެ. ގާނޫނުއަސާސީގެ 114 ވަނަ މާއްދާގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ގައި ކަމަށެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ 17 ނޮވެންބަރު 2023 ވާ ހުކުރު ދުވަހު އެ ޖަލްސާ ބޭއްވުމުގެ އިންތިޒާމްތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންދާ ކަމަަށެވެ.

މީގެ ދިހަ އަހަރު ކުރިއާ ހަމައަށް ރިޔާސީ އާ ދައުރު ފެށެނީ ނޮވެންބަރު 11 ވަނަ ދުވަހު އެވެ. ނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓް ނަގާފައިވަނި ކޮށް އެ އިންތިހާބު ބާތިލުކޮށް އަލުން ދެ ބުރުގެ ވޯޓް ނެގުން ކުރިއަށް ގެންދަން ޖެހުމުން ވެރިކަން ބަަދަލުވުމުން ހަ ދުވަހަށް ފަސްވީ އެވެ.

ރައީސް ސޯލިހް ވަނީ ނޮވެންބަރު 11 ގައި އަލުން އާ ދައުރު ފެށުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެކަން މިއަދު ވެސް ތަކުރާރު ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ގާނޫނީ ހުރަހެއް ނެތް ނަމަ ޑރ. މުއިއްޒަށް ނޮވެންބަރު 11، 2023 ގައި ހުވާ ކުރެއްވުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.

ރައީސް ސޯލިހް ހުވާކުރުމުގެ ދަރުބާރު އޮތީ ގަލޮޅު ދަނޑުގަައެވެ.

ކޮމެންޓް

1
450
ލައިލާ
9 months ago

އަދުރޭ ދޯ، މިހާރު މި އެނގެނީ ފޮތޯތަކުގަ އެހާ ގާތުގަ އެހުންނަ ސަބަބު މަރުހަބާ ހިސާބު ސޯ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.