ތާއީދު ކުރަނީ ރިޔާސީ ނިޒާމަށް، ޕާޓީގެ ރޫހުވެސް ހުރީ އެގޮތަށް: ރައީސް

"އަޅުގަނޑުގެ އަމިއްލަ ވިސްނުމުގައި ގައުމަށް އެންމެ ރަނގަޅު ގޮތަކީ ރިޔާސީ ނިޒާމް. އެއީ އަޅުގަނޑުގެ އަމިއްލަ ވިސްނުން، ޕާޓީގެ ނިންމުން ޕާޓީން ނިންމާނެ. އެ ނިންމާ ގޮތަކަށް އަޅުގަނޑު ކުރިއަށް ދާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް އެމްޑީޕީ މެމްބަރުންތަކަކާއެކު --

އަމިއްލަފުޅު ހައިސިއްޔަތުން ތާއީދު ކުރައްވަނީ ރިޔާސި ނިޒާމަށް ކަމަށާއި އެމްޑީޕީގެ ރޫހު ވެސް އޮތީ އެގޮތަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، އެމްޑީޕީން އަދި އެކަމަށް ގޮތެއް ނުނިންމަ އެވެ. ރައީސް ކުރިން ވިދާޅުވެފައި ވަނީ އެކަމަށް ގޮތެއް ނިންމާނީ ރިޔާސީ އިންތިހާބަށް ފަހުގައި ކަމަށެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބަށް ފަހު ރައީސް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ ނިޒާމީ ވޯޓާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ ޕާޓީން ކަމަށެވެ. އެކަމަކު އެމަނިކުފާނު އަބަދުވެސް ގަބޫލުކުރައްވާނީ ރާއްޖެއަށް އެންމެ ރަގަޅު ނިޒާމަކީ ރިޔާސީ ނިޒާމް ކަމަށެވެ.

"އަޅުގަނޑުގެ އަމިއްލަ ވިސްނުމުގައި ގައުމަށް އެންމެ ރަނގަޅު ގޮތަކީ ރިޔާސީ ނިޒާމް. އެއީ އަޅުގަނޑުގެ އަމިއްލަ ވިސްނުން، ޕާޓީގެ ނިންމުން ޕާޓީން ނިންމާނެ. އެ ނިންމާ ގޮތަކަށް އަޅުގަނޑު ކުރިއަށް ދާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވިއިރު ބަރުލަމާނީއަށް ތާއިދު ކުރުމާ މެދު ގޮތެއް ނިންމުމަށް މާދަމާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ދަނީ މަސައްކަތް ކުރަމުންނެވެ. ރައީސް މިއަދު ވަނީ ގައުމީ މަޖިލީހުގެ ރޫހު ހުރި ގޮތް އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. 

"ތި ވިދާޅުވާހެން ގައުމީ މަޖިލީހުގަ އަޅުގަނޑު އިންނަން. ގައުމީ މަޖިލީހުގެ ރޫހު ހުރި ގޮތް އަޅުގަނޑަށް ފެނޭ. ގާތްގަނޑަކަށް އަޅުގަނޑަށް ދެނެންވިދާނެ 99 ޕަސެންޓް ހަމަ [ރައީސް ނަޝީދަށް] ނޫނެކޭ ބުނަމުން ދަނީ. ބަރުލަމާނީއަށް ވެސް ހަމަ ނޫނެކޭ ބުނަމުން ދަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެޕާޓީން ވަކިވެވަޑައިގަތް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެޕާޓީއާ ގުޅިވަޑައިގަތުމަށް ގައުމީ މަޖިލީހުގެ 99 ޕަސެންޓް ނުހުރޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދުގެ ދަ ޑިމޮކްރެޓްސް ޕާޓީން ދަނީ މަޖިލީހުގެ ތެރެއިން ބަރުލަމާނީ ނިޒާމް ގެންނަން މަސައްކަތް ކުރައްވަމުންނެވެ. އެކަމަކު އެކަމަށް އެމްޑީޕީގެ މަޖިލީސް މެމްބަރުން އެއްބާރުލުމެއް ނުދެއްވަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.