ރައީސަކު އިންތިހާބު ކޮށްފި، ރައްޔިތުންގެ ނިންމުން ބަދަލެއް ނުކުރެވޭނެ: ނާޒިމް

"ވެރިކަމުގެ ނިޒާމު ފުރޮޅާލައި ރައްޔިތުން ނިންމާފައިވާ ނިންމުން ބަދަލު ކުރަން އުޅުމަކީ ކުރެވިގެން ވާނޭ ކަމެއް ނޫން،" ނާޒިމްގެ ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު އަދި މުހައްމަދު ނާޒިމް: ބަރުލަމާނީއަށް ބަދަލު ކުރުމާއި ނާޒިމް ދެކޮޅު

ވެރިކަމުގެ ނިޒާމު ފުރޮޅާލައި ރައްޔިތުން ނިންމާފައިވާ ނިންމުން ބަދަލު ކުރަން އުޅުމަކީ ކުރެވިގެން ވާނޭ ކަމެއް ނޫން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ މި މަހުގެ ފަހުކޮޅު ނިޒާމީ ވޯޓެއް ނަގަން ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ޑިމޮކްރެޓުން ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ނާޒިމްގެ ވިސްނުން ހިއްސާ ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

އަލަށް އުފެދޭ ސަރުކާރުގައި ވެސް ހިމެނޭ އެމްއެންޕީގެ ރައީސް ކުރައްވާ ނާޒިމް ވިދާޅުވީ ގާނޫނުއަސާސީ ގައިވާ ގޮތުގެ މަތިން ދިވެހި ރައްޔިތުން ވަނީ ކުރިޔަށް އޮތް ފަސް އަހަރަށް ރިޔާސީ ނިޒާމެއްގެ ދަށުން ވެރިކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަކު އިންތިހާބު ކޮށްފައި ކަމަށެވެ.

"ވެރިކަމުގެ ނިޒާމު ފުރޮޅާލައި ރައްޔިތުން ނިންމާފައިވާ ނިންމުން ބަދަލު ކުރަން އުޅުމަކީ ކުރެވިގެން ވާނޭ ކަމެއް ނޫން،" ނާޒިމް ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަަކަށް ފުރޮޅާލަން ރައީސް ނަޝީދު އަބަދުވެސް މަސައްކަތް ކުރައްވައެވެ. ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން ވާހަކަ ދެކެވި ބަހުސް އުފެދުމުން 2007 ވަނަ އަހަރު ރާއްޖޭގައި ޕަބްލިކް ރެފަރެންޑަމް ވޯޓެއް ކުރިޔަށް ގެންދިޔަ އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމް ހިންގާން އޮންނަން ބޭނުން ވަނީ ރިޔާސީ ނިޒާމެއްތޯ، އެހެންނާ ޕާލަމެންޓްރީ / ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމުގެ އެ ރެފަރެންޑަމްގައި ވޯޓް ދިނުމުގެ ހައްގު 199،841 މީހަކަށް އޮތެވެ. އޭގެ ތެރެއިން 155،890 މީހުން ވޯޓްގައި ބައިވެރިވި އެވެ. ރެފަރެންޑަމްގައި ޕްރެޒިޑެންޝަލް / ރިޔާސީ ނިޒާމެއް އޮންނަން ފެންނަ ކަމަށް 95،619 މީހުން ވަނީ ވޯޓް ދިނެވެ. އެއީ ވޯޓްލީ މީހުންގެ 62.04 ޕަސެންޓެވެ. ޕާލަމެންޓަރީ / ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ވޯޓް ދީފައި ވަނީ 58،508 މީހުނެވެ. އެއީ ވޯޓްލީ މީހުންގެ 37.96 ޕަސެންޓެވެ. ބާތިލުވެގެން 1767 ވޯޓް އެއްލައިލާން ޖެހުނެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފެނުނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ހިންގާށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.