މިއަދުގެ ނިންމުމާމެދު މުޅި ރާއްޖެ ހިތާމަ ކުރާނެ: ރޮޒައިނާ

"ހުރިހާ ރައްޔިތުންނާ އަޅާލާ ރައްޔިތުންގެ އަޑުއަހާ ރައްޔިތުންނަށްޓަކާ ވެރިކަން ކޮއްދެއްވި ހެޔޮ ރައީސެއް. މިއަދުގެ ނިންމުމާމެދު މުޅި ރާއްޖެ ހިތާމަ ކުރާނެ،"

އެމްޑީޕީގެ އަންހެންނުންގެ ރޫހުގެ ރައީސް / ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

މިއަދުގެ ނިންމުމާމެދު މުޅި ރާއްޖެ ހިތާމަ ކުރާނެ ކަމަށް އެމްޑީޕީގެ އަންހެންނުންގެ ރޫހުގެ ރައީސް / ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބު ގައި މިއަދު ރައްޔިތުން ނިންމި ނިންމުމާއި ގުޅިގެން ރޮޒައިނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަރުގެ އޯގާތެރި ހެޔޮ ވެރިކަމެއް މި ގައުމު ނުދެކޭ ކަމަށް ރާއްޖޭގެ ރައްޔިތުން އެއް އަޑަކުން ކިޔާ ދުވަސް މާލަހެއް ނުވާނެ ކަމަށެވެ.

"ހުރިހާ ރައްޔިތުންނާ އަޅާލާ ރައްޔިތުންގެ އަޑުއަހާ ރައްޔިތުންނަށްޓަކާ ވެރިކަން ކޮއްދެއްވި ހެޔޮ ރައީސެއް. މިއަދުގެ ނިންމުމާމެދު މުޅި ރާއްޖެ ހިތާމަ ކުރާނެ،" ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ވެރިކަމުގެ ދެވަނަ ދައުރެެއް ހޯއްދެވުމަށް މިއަދު އޮތް ރިޔާސީ އިންތިހާބު ގައި ރައީސް ސޯލިހް ވާދަކުރެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ އެވެ. ނަމަވެސް މުއިއްޒު ވަނީ ރައީސް ސޯލިހްގެ މައްޗަށް ކާމިޔާބު ހޯއްދަވާފައެވެ. ޑރ. މުހައްމަދު މުއިއްޒު ވަނީ 126،000 ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ. ރައީސް ސޯލިހް ވެސް ވަނީ 108،000 ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ.

ކޮމެންޓް

2
450
ދ
7 months ago

ރޮޒޭ މުޅި ރާއްޖެ ހިތާމަ ނުކުރާނެ ކަމުގެ ހެއްކެއް ނޫންބާ މުއިއްޒުއަށް ކާމިޔާބު ލިބުމަކީ ކޮސްނުގޮވާ މަޑުން ހުރެވޭތޯ ބަލާ

ނާހި
7 months ago

މިއަދުގެ ނިންމުމާމެދު ތިޔަބޭފުޅުންވެސް މުޅިގައުމުވެސް އުފާކުރާނެ. ޜޮޒައިނާ ތި ޖެހިލުންވަނީ ދިވެހި ރާއްޖޭގައި ބުރުގާނާލަ އުޅުނަ ނުދޭނެކަމަށް ހީކޮށް. ކޮންމެ މީހަކައްވެސް މިނިވަންކަން އޮންނާނެ. ނަމަވެސް އާއްމިހަމަތަކާ އުޞޫލުތައް ކަނޑައެޅި އެ އުޞޫލުތަކާ ހަމަތަކާ އެެއްގޮތަށް ގައުމު ބައްޓަން ކުރެވެންވާނެ. ޚުރީގަ ބިދޭސީ ތީޗަރުންނަށް މަނާވާނެ ރޯަދަމަހު ދުވާލުވަގުތު މަގުމަތީގަ ނުވަތަޢާއްމުނަށް ފެންނަގޮތައް ކެއުމާއި ހުކުރު ދުވަހު ހުކުރު ވަގުތު މަގުމަތީގަ ފރިހެނވެރިން އުޅުން. އިސްލާދީނާ އެއްގޮތައް އުޅެން އުދަގީ މީހުން މުއިއްޒު ވެރިކަމަށް އަންނަން ނުރުހެނީ .

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.