ޕާކިސްތާނުގައި ބޮމެއް ގޮއްވާލާ 50 މީހުން މަރައިލައިފި

ފުލުހުންގެ އިސްވެރިޔާ އަބްދުލް ހަލަގް ޝައިހް ވިދާޅުވީ ޖާނު ގޮއްވާލި މީހާ އެ ހަމަލާ ދިނީ އޭނާ ހުއްޓުވަން ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.

ޕާކިސްތާނުގެ ބަލޫޗިސްތާން ޕުރޮވިންސުގައި ބޮމެއް ގޮއްވައިލާ އާންމުންގެ 50 މީހުން މަރައިލައިފި އެވެ. މި ބޮން ގޮއްވައިލާފައި ވަނީ ބަލޫޗިސްތާނުގެ މަސްތަންގުގެ މިސްކިތެއް ކައިރީގަ އެވެ. ބޮމުގެ މި ހަމަލަ ދިނީ އިއްޔެ ހުކުރު ނަމާދަށް ގިނަ އަދަދެއްގެ ބަޔަކު އެ މިސްކިތަށް ޖަމާވަނިކޮށެވެ. އިއްޔެ ޕެޝާވަރުގެ މިސްކިތެއް ކައިރީގައި ވެސް ބޮމެއް ގޮއްވައިލާފައި ވެއެވެ.

ޖާނު ގޮއްވާލައިގެން މީހަކު ދިން މި ހަމަލާގައި 50 މީހުން މަރުވި އިރު އިތުރު 50 މީހަކު ޒަހަމުވެސް ވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ. އަދި ކުއްލި ހާލަތު އިއުލާނު ކޮފައިވާ ކަމަށާއ  އެއްވެސް ފަރާތަކުން ހަމަލާގެ ޒިންމާ އުފުލާފައި ނުވާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.

ފުލުހުންގެ އިސްވެރިޔާ އަބްދުލް ހަލަގް ޝައިހް ވިދާޅުވީ ޖާނު ގޮއްވާލި މީހާ އެ ހަމަލާ ދިނީ އޭނާ ހުއްޓުވަން ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. 

ބަލޫޗިސްތާނަކީ އަފްޣާނިސްތާނުގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ޕުރޮވިންސެކެވެ. އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ޓެރެރިސްޓު ގުރޫޕުތަކުގެ ތެރޭގައި ތަހްރީކް ތާލިބާން ޕާކިސްތާން ހިމެނެއެވެ. އެ ގުރޫޕުން އިސްވެ، ޕާކިސްތާނުގެ ފުލުހުންނާއި ސިފައިންގެ އިތުރުން އާންމުންނާ ދެކޮޅަށް ވެސް ޓެރެރިސްޓު އަމަލުތައް ދެ އެވެ. 

މި މަހުގެ ކުރީކޮޅު ވެސް އެ ފަދަ ހަމަލައެއް ދީ، 11 މީހުން ޒަހަމް ކޮށްލާފައި ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.