ހިނގާލުމަށް ފަހު ކެމްޕެއިން ރަސްމީކޮށް ނިންމާލުމުގެ ގޮތުން އާޓިފިޝަލް ބީޗު ގައި ބޭއްވި ކެމްޕެއިން ރެލީގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވަނީ ވެރިކަން ލިބިވަޑަައިގެންފިނަމަ އަނިޔާވެރިކަން ތާ އަބަދަށް ނައްތާލާ ހުރިހާ ރައްޔިތުންނަށް އިންސާފުވެރި އަދުލްވެރި ވެރިކަމެއް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ނިންމުމުގެ ގޮތުން ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑަައިގެން މިއަދު ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔަ ހިނގާލުމުގައި އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ. ހިނގާލުމަށް ފަހު ކެމްޕެއިން ރަސްމީކޮށް ނިންމާލުމުގެ ގޮތުން އާޓިފިޝަލް ބީޗު ގައި ބޭއްވި ކެމްޕެއިން ރެލީގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވަނީ ވެރިކަން ލިބިވަޑަައިގެންފިނަމަ އަނިޔާވެރިކަން ތާ އަބަދަށް ނައްތާލާ ހުރިހާ ރައްޔިތުންނަށް އިންސާފުވެރި އަދުލްވެރި ވެރިކަމެއް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.