މެދު އިނގިލީގައި ފާހަގަ ޖަހަން ނިންމި ނިންމުން ބަދަލުކޮށްފި

ނިންމުން ބަދަލުކޮށް ފަހުން ބުނީ ދެވަނަ ބުރުގަައި ފާހަގަ ޖަހާނީ ވާއަތުގެ ކަށި އިނގިލީގައި ކަމަަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މީހެއްގެ އިނގިލީގައި ފާހަގަ ޖަހަނީ: ދެވަނަ ބުރުގައި ފާހަގަ ޖަހާ އިނގިލި ބަދަލުވާނެ -- މި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލީ ކަމުގެ ފާހަގަ ޖަހާނީ ވައަތުގެ މެދު އިނގިލީގައި ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުން ބަދަލުކޮށްފި އެވެ.

މިމަހުގެ ނުވަވަނަ ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި މި ފާހަގަ ޖަހާފައި ވަނީ ވައަތުގެ ޝަހާދަތް އިނގިލީގަ އެވެ. އިނގިލީގެ ނިޔަފައްޗާއި އެއްކޮށް ދިގަށް މާކަރަކުން ޖަހާ މި ފާހަގަ ވަރަށް ގިނަ ދުވަހު ނުފިލާ ހުރެ އެވެ.

ކޮމިޝަނުން މިއަދު ހެނދުނު ބުނީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލީ ކަމުގެ ފާހަގަ ޖަހާނީ ވައަތުގެ މެދު އިނގިލީގައި ކަމަށެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށް ފަހުން ބުނީ ދެވަނަ ބުރުގަައި ފާހަގަ ޖަހާނީ ވާއަތުގެ ކަށި އިނގިލީގައި ކަމަަށެވެ.

ނިންމުން ބަދަލުކުރި ވަކި ސަބަބެއް ނުބުނެއެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްލަ 282803 މީހުންނަށް ވޯޓް ލެވޭނެ އެވެ. ދެވަނަ ބުރުގައި އަލަށް 18 އަހަރު ފުރުނު 408 މީހުން ވޯޓް ލާނެ އެވެ.

މި ބުރުގައި ބަހައްޓާ ވޯޓް ފޮށިތައް ވެސް ވަނީ އިތުރުކޮށްފަ އެވެ. ފުރަތަމަ ބުރުގައި ބަހައްޓާފައި ވަނީ ޖުމްލަ 574 ވޯޓު ފޮއްޓެވެ. އެކަމަކު ދެވަނަ ބުރުގައި 586 ވޯޓު ފޮއްޓަށް ވަނީ އިތުރުވެފައިވެ އެވެ. އިތުރު 12 ފޮށި ބަހައްޓަނީ މާލެ ސަރަހައްދުގަ އެވެ. އަދި އިންޑިއާގެ ޓްރިވެންޑްރަމްގައި ވެސް އިތުރު ފޮއްޓެއް ބަހައްޓާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.