މޫސާ ނިޒާރާ މަހުމޫދު ޝައުގީގެ ތާއީދު މުއިއްޒަށް

މޫސާ ނިޒާރަކީ ކުރީން ކެޔޮދޫ ދާއިރާގެ މެންބަރެވެ. ދީނީ އިލްމުވެރިޔާ އަކީ ޖުމްހޫރީ ޕާޓީގެ ވަރަށް ދުވަސްވީ އިސް މެންބަރެކެވެ. ކުރީން މިނިސްޓަރު ކަން ވެސް ކުރެއްވި މަހްމޫދު ވިދާޅުވީ މުއިއްޒަށް ތާއީދު ކުރަން ނިންމެވީ ގާސިމްގެ ސިޔާސަތާއި ވިސްނުމާއި އޭނާގެ ވެސް ވިސްނުމާއި އެންމެ އެއްގޮތް ކެންޑިޑޭޓަކީ މުއިއްޒު ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު މޫސާ ނިޒާރު އަދި ގާސިމްގެ އެޑްވައިޒަރު ޑރ. މަހްމޫދު ޝައުގީ

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު މޫސާ ނިޒާރު އަދި ގާސިމްގެ އެޑްވައިޒަރު ޑރ. މަހްމޫދު ޝައުގީގެ ތާއީދު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ނިންމަވައިފި އެވެ.

މޫސާ ނިޒާރަކީ ކުރީން ކެޔޮދޫ ދާއިރާގެ މެންބަރެވެ. ދީނީ އިލްމުވެރިޔާ އަކީ ޖުމްހޫރީ ޕާޓީގެ ވަރަށް ދުވަސްވީ އިސް މެންބަރެކެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ގާސިމް ނިންމެވުމުން މަހްމޫދު ޝައުގީ ވަނީ ގާސިމަށް ތާއީދު ކުރަން ނިންމަވާ އެ ޕާޓީއާ ގުޅިވަޑައިގެންފައެވެ. ގާސިމްގެ ކެމްޕެެއިން ގައި އަމަލީ ގޮތުން އުޅުއްވި އެވެ. ގާސިމް ވަނީ އެމަނިކުފާނުގެ އެޑްވައިޒަރަކަށް މަހްމޫދު ހަމަޖައްސަވާފައެވެ. ކުރީން މިނިސްޓަރު ކަން ވެސް ކުރެއްވި މަހްމޫދު ވިދާޅުވީ މުއިއްޒަށް ތާއީދު ކުރަން ނިންމެވީ ގާސިމްގެ ސިޔާސަތާއި ވިސްނުމާއި އޭނާގެ ވެސް ވިސްނުމާއި އެންމެ އެއްގޮތް ކެންޑިޑޭޓަކީ މުއިއްޒު ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ.

މީގެ އިތުރުން މުއިއްޒަކީ ރަނގަޅަށް ކިޔަވައިގެން ހުންނެވި އިލްމީ ގާބިލު ބޭފުޅަކަށް ވުމާއި ސަރުކާރުގެ މަގާމުތައް ފުރުއްވާފައި ހުރި އިރު އެމަނިކުފާނު ވަނީ ނަތީޖާ ނެރެދެއްވާފައިވާ ބޭފުޅަަކަށް ވެވަޑައިގަންނަވާތީ ކަމަށެވެ. އަދި މުއިއްޒު އަކީ ދީނީ ގޮތުން ބެލި ނަމަވެސް ރަނގަޅު ބޭފުޅަކަށް ވެވަޑައިގަންނަވާތީ ކަމަށް މަހްމޫދު ވިދާޅުވި އެވެ.

މޫސާ ނިޒާރު ވެސް ވިދާޅުވީ މުއިއްޒަކީ ދިވެހީން ބޭނުންފަދަ ގޮތަކަށް ގައުމު ހިންގަވާނެ ބޭފުޅަކަށް ވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އުމްރާނީ ތަރައްގީގައި ރާއްޖެ ހޯދި ކާމިޔާބީގައި މުއިއްޒުގެ ދައުރެއް އޮތުމަކީ އަދި އެކަމުގެ ގާބިލް ކަމާއި ކެރުން ތެރިކަން މުއިއްޒުގެ ހުރުމަކީ އޭނާއަށް ތާއީދު ކުރަން ނިންމި ސަބަބުތައް ކަަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.