ފަސް އަހަރުގެ ހިސާބު | ޓޫރިޒަމަަށް އިތުރުވީ 17،000 އެނދު

މިދިޔަ އޯގަސްޓް މަހުގެ ނިޔަލަށް ޓޫރިޒަމްގެ މިބައިންގއެ ހިސާބުތަކަށް ބަލާނަމަ ޓޫރިސްޓް އެނދުގެ އަދަދު ވަނީ 62,356 އަށް އިތުރުވެފަ އެވެ. މިއީ ގާތްގަނޑަކަށް 16,937 އެނދުގެ އިތުރު ވުމެކެވެ.

މި އަހަރު އަލަށް ހުޅުވި މަޑިފުށި ޕްރައިވެޓް އައިލެންޑް

ނިމެމުން މިދާ ފަސް އަހަރު އަލަށް ކިތަށް ރިސޯޓް ހުޅުވުނު ހެއްޔެވެ؟ އަލަށް ކިތައް ގެސްޓްހައުސް ވިޔަފާރި ފެށި ހެއްޔެވެ؟ ޓޫރިޒަމަށް ކިހާ އެނދެއް އަލަށް ނެރުވުނު ހެއްޔެވެ؟ 

ޓޫރިޒަމް ހިސާބުތައް 2018 އިން މިދިޔަ މަހުގެ ނިޔަލަށް އަޅާ ކިޔާލާނަމަ ފެންނާން އޮތީ ނިމިގެން މިދާ ފަސް އަހަރުގެ ދައުރުގައި ވެސް ގިނަ ރިސޯޓް ތަކެއް ހުޅުވާވައިވާ ތަނެވެ. މީގެ ފަސް އަހަރު ކުރިން 2018 އަށް ބަލާނަމަ ޓޫރިޒަމްގައި އޭރުހުރި ޖުމްލަ އެނދުގެ އަދަދަކީ 45،419 އެވެ. 

އެކަމަކު މިދިޔަ މަހުގެ ނިޔަލަށް ހިސާބު ބަލާނަމަ އެނދުގެ އަދަދު ވަނީ 62,356 އަށް އިތުރުވެފަ އެވެ. މިއީ ގާތްގަނޑަކަށް 16,937 އެނދުގެ އިތުރުވުމެކެވެ. 

މުޅި ޖުމްލައިން ޓޫރިޒަމް ސިނާއަތުގައި އެނދުތައް އިތުރުވި ނަމަވެސް ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު ޓޫރިޒަމް ޕްރޮޑަކްޓް ކަމަށްވާ ސަފާރީ ސިނާއަތުން ފެންނަނީ ހީނަރު ކަމުގެ އަސަރެވެ. އެކަން ތަފާސް ހިސާބު ތަކުން ސާފުކޮށް ފެންނަން އެބަ އޮތެވެ. ފަސް އަހަރު އަދި އެއަށްވުރެ ދުރުން ބެލި ނަމަވެސް ރާއްޖޭގައި ހިދުމަތް ދޭ ސަފާރީތަކުގެ އަދަދު ބޮޑުތަނުން މަދުވަމުން ދާތަން ފެނެ އެވެ.

އަލަށް ނުކުތީ 10 ސަފާރީ

  •  2018 ވަނަ އަހަރު - ސަފާރީ - 153 / ޖުމްލަ އެނދު 2,857
  •  2023، ސެޕްޓެމްބަރަށް - ސަފާރީ - 162 އެނދު / 3,181
  •  ފަސް އަހަރުން އިތުރުވީ 10 ސަފާރީ / ޖުމްލަ އެނދު 324

ޓޫރިޒަމްގެ އެންމެ ޔުނީކް ޕްރޮޑަކްޓް ކަމަށްވާ ސަފާރީ ސިނާއަތަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު އެޓްރެކްޝަން ކަމަށްވާ ކަނޑުގެ މާހައުލު ދައްކާލަން ޓޫރިސްޓުން ގޮވައިގެން ދަތުރުކުރާ އުޅަނދު ތަކެވެ. 

ނަމަވެސް އެ ސިނާއަތުގައި އުޅަނދުތަކަށް ބަނދަރެއް ނެތުމާއި ގާނޫނުތައް ބަލިކަށިވުމުގެ ސަބަބުންނާއި ބިދޭސީ ވިޔަފާރިތައް މިކަމުގައި ހަރަކާތްތެރި ވުމުގެ ސަބަބުން މުޅި ސިނާއަތަށް ވަނީ އޭގެ އަސަރު ކޮށްފަ އެވެ. ނަމަވެސް މި ސަރުކާރުން ދަނީ ސަފާރީތަކަށް ދިޔަނެރު ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. 

އިތުރުވީ ގެސްޓްހައުސް 397 ، 27 ރިސޯޓް

  •  2018 ވަނަ އަހަރު ރިސޯޓް - 145 / އެނދު 32,137
  •  ގެސްޓްހައުސް - 521 / އެނދު 8,563
  •  2013 ސެޕްޓެމްބަރަށް ރިސޯޓް 172 / އެނދު 42,159
  •  2018 ވަނަ އަހަރު - ގެސްޓްހައުސް 918 / އެނދު 15,076

މި ހިސާބުތައް ދައްކާ ގޮތުގައި ނިމިގެންމިދާ ފަސް އަހަރު 27 ރިސޯޓެއް އިތުރުވެ ޓޫރިޒަމަށް އަލަަށް އެނދު 10,022 ވަނީ ނުކުމެފަ އެވެ. 

އެކަމަކު މި ރިސޯޓްތަކަކީ މި ސަރުކާރުގެ ކުރިން ދޫކޮށްފައިވާ ރިސޯޓްތަކެވެ. މި ދައުރުގައި ފަސް ބުރެއްގެ މަތިން ރަށް ހަދަން އިއުލާނުކޮށް ހަވާލުކޮށްފައި ވަނީ މިހާތަނަށް ހަތަރު ރަށެކެވެ. މި ދައުރުގައި ޓޫރިޒަމަށް އަލަށް 397 ގެސްޓްހައުސް މިހާތަނަށް ހުޅުވައި ޖުމްލަ 6,513 އެނދަށް މަތިކުރި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.