ދުނިޔެ ހޯދަނީ ރާއްޖެ | އެއްވެސް ބަޔަކަށް ރާއްޖެއާ ވާދައެއް ނުޖެހޭ

ދުނިޔޭގެ އެކި ގައުމުތަކުގެ ރައްޔިތުން ގޫގުލް އިން 45 މިލިއަނަށްވުރެ ގިނަ ފަހަރު ރާއްޖެ ހޯދަން ސާޗްކޮށްފައިވެ އެވެ. ރާއްޖޭގެ މައުލޫމާތު އެންމެ ގިނައިން ހޯދަނީ ޔޫރަޕުގަ އެވެ. އަދި އެންމެ ގިނަ ބަޔަކު ހޯދާ އެއް ގައުމަކީ އެމެރިކާ އެވެ.

ރާއްޖޭގެ ރީތި ރިސޯޓެއް : ގިނަ ބަަޔަކު ރާއްޖެ އަންނަން ބޭނުންވޭ -- ވިޒިޓް މޯލްޑިވްސް

ރާއްޖެއަށް ދުނިޔޭގެ ރައްޔިތުންގެ ޝައުގުވެރިކަން ކިހާ ވަރަށް އެބަހުރި ހެއްޔެވެ؟ ދިވެހިން ރާއްޖޭގައި ތިބެ މިކަމަށް ވިސްނާލުން މިވަގުތު އެންމެ ރަނގަޅެވެ. ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ފާމް / އަދި ޓުއާ އޮޕަރޭޓަރު ކޯނީ އިން ގޫގުލްގައި އެކި ގައުމުތައް ސާޗް ކުރި މުޅި ދުނިޔޭގެ އެތައް މިލިއަން ބައެއްގެ މައުލޫމާތު ހިމެނޭހެން އެކުލަވައިލި އެންމެފަހުގެ ލިސްޓުން އެނގޭ ގޮތުގައި ދުނިޔޭގެ އެންމެ ގިނަ މީހުން ހޯދަނީ ރާއްޖެ އެވެ. އެންމެ ގިނަ ބަޔަކު ލޯބިވަނީ ރާއްޖެ ދެކެ އެވެ. އަދި އެންމެ ގިނަ މީހުން އަންނަން ބޭނުންވަނީ ވެސް ރާއްޖެ އަށެވެ. 

ގޫގުލް ސާޗް އިންޖިން ނުވަތަ ގޫގުލް އިން އެންމެ ގިނަ ބަޔަކު ހޯދާ މަންޒިލު ހޮވަން ގޫގުލް ޑޭޓާ ބޭނުން ކޮށްގެން ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ފާމް / ޓުއާ އޮޕަރޭޓަރު ކުންފުނި ކޯނީ އިން އެކުލަވާލި ދުނިޔޭގެ ޓްރެވަލް މެޕް ނުވަތަ ދަތުރު ކުރަން އެންމެ ބޭނުންވާ ގައުމުތަކުގެ ލިސްޓުގައި ގައުމުތައް އަތުރާލާފައި ވަނީ އެންމެ ޝައުގުވެރި މަންޒިލާއި ތަންތަން ހިމެނޭހެނެވެ. 

މި ލިސްޓު އެކުލަވާލުމުގެ ކޯނީ އިން އެއް އަހަރުގެ ޑޭޓާ އެއް ކޮށްފައި ވެއެވެ. މި ލިސްޓަށް ގައުމުތައް ނަގަން ދުނިޔޭގެ 219 ގައުމަކުން އަހަރު ދުވަހަށް މައުލޫމާތު އެއް ކޮށްފައި ވެއެވެ. 

މި ނަތީޖާ ދައްކާ ގޮތުން ދުނިޔޭގެ ހުރިހާ ބައްރެއްގެ މީހުން ވެސް  އެންމެ ގިނައިން ހޯދަނީ ރާއްޖޭގެ މައުލޫމާތެވެ. އެންމެ މީގެން އެނގެނީ މުޅި ދުނިޔޭގެ ހުވަފެނީ މަންޒިލަކީ އަދިވެސް ރާއްޖެ ކެމެވެ. ގޫގުލް ސާޗްގައި ހިމެނި 219 ގައުމުގެ ތެރޭން 122 ގައުމެއްގެ ރައްޔިތުން ބުނަނީ ދުނިޔޭގެ އެންމެ މަގުބޫލް މަންޒިލަކީ މި ގައުމެވެ. 

މި ލިސްޓުގައި ދުނިޔޭގެ މަޝްހޫރު ޓޫރިސްޓު އެޓްރެކްޝަތައް ވެސް ހިމެނެ އެވެ. މި ހުރިހާ ތަނެއް ވެސް ވާދަ ކޮށްފައި ވަނީ އެކީގަ އެވެ. އެގޮތުން ދުނިޔޭގެ ގިނަ ބަޔަކު ދާން ބޭނުންވާ ވަކިވަކި ތަންތަނުގެ ތެރޭގައި ބުރުޖު ހަލީފާ އާއި ޔޫކޭގެ ބޮޑު ގަޑި އިޓަލީގެ ޕޮންޕޭ ސިޓީ އަދި އިންޑިއާގެ ތާޖުމަހަލް އަދި އެމެރިކާގެ ވައިޓްހައުސް ފަދަ ދުނިޔޭގެ މަޝްހޫރު ތަންތަން ވެސް ހިމެނެ އެވެ. 

ރާއްޖެއާ އެންމެ ވާދަކުރީ - މި ލިސްޓުގައިވާ ގޮތުން ރާއްޖެއާ އެންމެ ވާދަ ކުރަނީ ރާއްޖެ ފަދަ ޖަޒީރާ ބީޗެއް އޮންނަ ބޯރާބޯރާ އެވެ. އެ ގައުމަށް ދާން ބޭނުންވާ މީހުން ދުނިޔޭގެ 19 ގައުމެއްގައި އެބަތިއްބެވެ.

މީގެ އިތުރުން މި ލިސްޓުގައި ހަންގޭރީ އާއި އަރޫބާ ވެސް ހިމެނެ އެވެ. އެކަމަކު މީގެ އެއްވެސް ގައުމަކަށް ރާއްޖެއާ ވާދައެއް ނުކުރެ އެވެ. 

ރައްޔިތުންގެ ޝައުގުވެރިކަން ހުރިގޮތް

  •  ދިވެހިރާއްޖެ - 122 ގައުމެއްގެ މީހުން ދާން ބޭނުންވޭ
  •  ބޯރާ ބޯރާ - 19 ގައުމެއްގެ މީހުން ދާން ބޭނުންވޭ
  •  މޮނާލީސާ - 16 ގައުމެއްގެ މީހުން ދާން ބޭނުންވޭ
  •  ސިންކު ޓެރެ - 11 ގައުމެއްގެ މީހުން ދާން ބޭނުންވޭ
  •  ބުރުޖު ޚަލީފާ - 9 ގައުމެއްގެ މީހުން ދާން ބޭނުންވޭ
  •  ދަ ސްޓޭޗު އޮފް ލިބަޓީ - 4 ގައުމެއްގެ މީހުން ދާން ބޭނުންވޭ
  •  ސްޓޯންހެންޖް - 3 ގައުމެއްގެ މީހުން ދާން ބޭނުންވޭ
  •  ޓައިމްސް ސްކުއަރާ - 3 ގައުމެއްގެ މީހުން ދާން ބޭނުންވޭ
  •  ބިގް ބެން - 2 ގައުމެއްގެ މީހުން ދާން ބޭނުންވޭ
  •  ޗިޗެން އިޓްޒާ - 2 ގައުމެއްގެ މީހުން ދާން ބޭނުންވޭ

މުޅި ޔޫރަޕު ފޭވަރިޓް މަންޒިލަކީ ރާއްޖެ

ގޫގުލް އިން އެންމެ ގިނަ މީހުން ސާކް ކުރި ތަންތަން

ކޯނީ އިން އެކުލަވާލި ޗާޓު ދައްކާ ގޮތުގައި ޔޫރަޕްގައި ފްރާންސާއި ސްޕެއިން ހިމެނޭ ގޮތަށް 28 ގައުމެއްގެ ރައްޔިތުންގެ އެންމެ ޝައުގުވެރި މަންޒިލަކީ ރާއްޖެ އެވެ. މި ލިސްޓުގައި ރާއްޖެއާ ވާދަކުރަނީ މޯލްޓާ، ގްރީސް އަދި ސައިޕްރަސް އެވެ. އަދި އެޓްލާންޓިކް ކަނޑު ހުރަސްކޮށް އުތުރާއި މެދުތެރޭ އެމެރިކާއިން ރާއްޖެ ދެކެ އެންމެ ލޯބިވާ މީހުން ގިނައީ ކެނެޑާ، ޓާކްސް އެންޑް ކޭކޯސް އަދި ބާބަޑޯސް ފަދަ ގައުމުތަކުގަ އެވެ. 

މި ލިސްޓުގައި ވެސް ޖުމްކަ 20 ގައުމެއް ހިމެނެ އެވެ. މި ހިސާބުން ރާއްޖެއާ ވާދަ ކުރަނީ މެކްސިކޯ އާއި ގުއަޓެމާލާގައި އެލް ސަލްވަޑޯރެވެ.

ރާއްޖެ 45 މިލިއަން ފަހަރު ސާޗް ކުރި

  •  ދިވެހިރާއްޖެ 45,289,700 މިލިއަން ސާޗް
  •  ނިޔާގަރާ ފޯލްސްގައި ސްޕްލެޝް 24،337،110 މިލިއަން ސާޗް
  •  މޮނާލީސާ - 23،828،620 މިލިއަން ސާޗް
  •  ބޯރާ ބޯރާ 23،226،760 މިލިއަން ސާޗް
  •  ސްޓޭޗު އޮފް ލިބަރޓީ - 20،321،860 މިލިއަން ސާޗް

ގޫގުލް އިން ރާއްޖެ 45 މިލިއަނަށްވުރެ ގިނަ ފަހަރު އެކި ގައުމުތަކުގައި ސާޗް ކޮށްފައިވެ އެވެ. ސާޗްގައި ރާއްޖެއާ އެހެން އެއްވެސް ގައުމަކަށް ކައިރިއެއް ނުކުރެ އެވެ. 

އެމެރިކާގައި ރާއްޖެ ވަރަށް މަގުބޫލު

މި ޑޭޓާ ދާއްކާ ގޮތުގައި ރާއްޖޭގެ މައުލޫމާތު ހޯދަން އެންމެ ގިނަ ބަޔަކު ސާޗް ކުރާ އެއް ގައުމަކީ އެމެރިކާ އެވެ. އެމެރިކާގެ 30 ސްޓޭޓެއްގެ އެންމެ ފޭވަރިޓް މަންޒިލަކީ ރާއްޖެ އެވެ. ރާއްޖެ މަގުބޫލު ސްޓޭޓް ތަކުގެ ތެރޭގައި ނެވާޑާ، ޓެކްސަސް އަދި ޔޫޓާ ހިމެނެ އެވެ. 

ގޫގުލް އިން އެންމެ ގިނަ މީހުން ސާކް ކުރި ތަންތަން

މި ލިސްޓުގައި އެންމެ ހައިރާން ކުރުވަނިވި ނަތީޖާއެއް ނުކުމެފައި ވަނީ އެފްރިކާ ބައްރުންނެވެ. އެ ބައްރުގެ 45 ގައުމެއްގެ ރައްޔިތުން އެންމެ ގިނައިން ސާޗްކޮށް މައުލޫމާތު ހޯދަނީ ރާއްޖޭގެ އެވެ. މި ގައުމުތަކުގެ ތެރޭން މިސްރާއި ޒިންބާބުއޭ ފަދަ ގައުމުތައްވެސް ހިމެނެ އެވެ. 

ޓޫރިޒަމްގައި މިހާރު ރާއްޖެ - ރާއްޖެއަށް ޓޫރިޒަމް އުފަންވީ 1970 ގެ ކުރީކޮޅު އެވެ. މިހާރު ޓޫރިޒަމަށް ބައި ގަރުނުވަނީ ވެފަ އެވެ. ރާއްޖެ ބްރޭންޑެއްގެ ގޮތުގައި އިސްތިހާރު ކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެ އެވެ. މި މަސައްކަތުގެ މުގުލުގައި އަބަދުވެސް އޮންނަނީ ޓޫރިޒަމް ޕްރޮމޯޝަން ބޯޓެވެ. މިހާތަނަށް ރާއްޖެއަށް މި އަހަރު އެކަނި 1.3 މިލިއަން މީހުން ވަނީ އައިސްފަ އެވެ. ސަރުކާރުގެ ޓާގެޓަކީ 1.9 މިލިއަން މީހުން މި އަހަރު ގެނައުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.