މިދިޔަ މަހު އެލައިޑުގެ އިންޝުއަރެންސް ބަދަލު 22 މިލިނުން މަތީގަ

އެލައިޑަކީ 1980 ގެ އަހަރުތަކުން ފެށިގެން ރާއްޖޭގެ އެންމެ ވަރުގަދަ އިންޝުއަރެންސް ކުންފުންޏެވެ. އެ ކުންފުނިން ދޭ ކްލެއިމްގެ ތެރޭގައި ހެލްތް އިންޝުއަރެންސް ބޮޑު އަދަދެއް ހިއްސާ ކުރެ އެވެ.

ސިފައިން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަނީ : އެލައިޑުން އިންޝުއަރެންސް ބަދަލަށް ބޮޑު އަދަދެއް ކޮންމެ އަހަރަކުވެސް ދެމުން ގެންދޭ

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި، އެލައިޑުން މިދިޔަ މަހު އިންޝުއަރެންސަށް ކަސްޓަމަރުންނަށް ބަދަލުގެ ގޮތުގައި ދެއްކި އަދަދު 22 މިލިއަނަށްވުރެ ބޮޑެވެ.

އެލައިޑް އިންޝުއަރެންސުން ބުނި ގޮތުގައި އެ ކުންފުނިން މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ކްލެއިމް ނުވަތަ އިންޝުއަރެންސް ބަދަލުގެ ގޮތުގައި 22 މިލިއަނަށްވުރެ ބޮޑު އަދަދެއް ދައްކާފައިވާނެ ކަމަށެވެ.

ރާއްޖޭގެ އިންޝުއަރެންސް މާކެޓުގައި އެންމެ ފުޅާކޮށް ހިދުމަތްދޭ ކުންފުނި ކަމަށްވާ އެލައިޑުގެ އިސް އޮފިޝަލަކު "މި" ނޫހަށް ވިދާޅުވި ގޮތުގައި ކޮންމެ މަހަކު ވެސް އެ ކަސްޓަމަރުންނަށް ދޭ ކްލެއިމްގެ އަދަދު އާއްމު ކުރަމުންދާ ކަމަށާ ނަމަވެސް ބްރޭކަމަށްފަހު އަލުން އެ ހިސާބުތައް އާއްމު ކުރަން ފަށާފައިވާނެ ކަމަށެވެ. 

"މީގައި ހިމެނޭނެ ލައިފް އިންޝުއަރެންސުވެސް. މިއީ އެންމެ ކަސްޓަމަރެއްގެ ކްލެއިމް އެކަންޏެއް ނޫން. މީގެން އެނގެނީ އެލައިޑު މި މާކެޓުގައި ވަރުގަދަ މިންވަރު،" އޮފިޝަލް ވިދާޅުވި އެވެ. 

އެލައިޑް އިންޝުއަރެންސް - އެލައިޑް އިންޝުއަރެންސް އުފެދިފައިވަނީ 1985 ވަނަ އަހަރު މޯލްޑިވްސްގެ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ފަށައިގަތީ އިނގިރޭސިވިލާތުގެ ކޮމާޝަލް ޔޫނިއަން އެޝުއަރެންސް ކޮމްޕެނީ އާއި މޯލްޑިވްސްގައި ވިޔަފާރީގެ ހުރިހާ ހަރަކާތެއް ހިންގާ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެންނެވެ.

އަދި 1987 ވަނަ އަހަރުގެ ކުރީކޮޅު އެސްޓީއޯއިން ވަނީ އެލައިޑް އިންޝުއަރެންސް ޗާޓަރުކޮށްގެން ކޮމާޝަލް ޔޫނިއަން އެޝުއަރެންސްގެ ހިއްސާ އަނބުރާ ގަނެ ދިވެހިންގެ އަމިއްލަ ކުންފުންޏަކަށްވި އެވެ. މިއަދު މި ކުންފުންޏަކީ ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް ހިއްސާކުރާ އެންމެ ބޮޑު އެއް ފައިނޭންޝަލް އިންސްޓިޓިއުޓް އަދި އެންމެ ފާހަގަކޮށްލެވޭ އިންޝުއަރެންސް ބްރޭންޑެވެ. އެލައިޑް އަކީ ފާއިތުވި އަހަރުތަކުގައި އެ ކުންފުނީގެ ވޮލިއުމް އާއި ވިޔަފާރީގެ ފައިދާގެ ގޮތުން ވެސް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކުންފުންޏެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.