ގަމުން ދޫކުރި 400 ގޯތީގެ ރަޖިސްޓަރީ ދެނީ

ރައްޔިތުންގެ ޑިމާންޑްތަކާއި އެއްގޮތަށް 400 ގޯތި ކައުންސިލުުން މިހާރު ނިންމާފައިވާ ގޮތަށް ދޫކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވަނީ އަންގާފައެވެ.

ގަމު ކައުންސިލް އިދާރާ ކުރިމަތީގައި އިއްޔެ މުޒާހަރާ ކުރަނީ

ގޯތި ދިނުން ލަސްވާތީ ލ. މަގުގެ ރައްޔިތުން ނުކުމެ ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާކޮށް ހުށައެޅި ޑިމާންޑްތަކާއި އެއްގޮތަށް ދޫކުރި ގޯތިތަކުގެ ރަޖިސްޓްރީ ދޭން އެ ރަށު ކައުންސިލުން ނިންމާ އެކަން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށް އަންގައިފި އެވެ.

ގަމު ކައުންސިލްގެ ރައީސް އަހްމަދު ޒަކީ ސޮއިކޮށް ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ގަމުން ދޫކޮށްފައިވާ 400 ގޯތި، 4000 އަކަފޫޓަށް ބަދަލު ކުރަން ކައުންސިިލުން ނިންމާ އެކަމުގެ ހުއްދަ އަށް އެދި އެތައް ފަހަރަކު އެ މިނިސްޓްރީއާ ކަމާގުޅޭ އިދާރާތަކުގައި އެދިފައިވާ ކަމަށެވެ.

އެކަމަކީ ގިނަ ރައްޔިތުންތަކެއްގެ ހައްގު ހިމެނޭ ކަމެއް ކަމުން އެ ހައްގު ހޯދުމަށް ރައްޔިތުން އެކި ގޮތްގޮތުން މަސައްކަތް ފަށާފައިވާ ކަމަށާ އިއްޔެ ކައުންސިލްގައި ބޭއްވުނު ބައްދަލްވުމުގައި ރައްޔިތުންގެ ޑިމާންޑްތައް ހުށައަޅާފައިވާ ކަމަށެވެ. ރައްޔިތުންގެ ހުށައެޅުމަކީ މިހާރުން މިހާރަަށް 400 ގޯތީގެ ރަޖިސްްޓްރީ އެމީހުންނާއި ހަވާލު ކުރުމާއި ޝަރުތު ހަމަވާ ގަމުގެ ހުރިހާ ރައްޔިތުންނަށް ގޯތިދޭން އަވަހަށް އަލުން އިއުލާނު ކުުރުން ކަމަށެވެ. އަދި އެ ރަށުން އޭރުގެ މިނިސްޓްރީ އޮފް އެޓޯލްްސް އިން ގަމު ނޫން މީހުންނަށް ދޫކޮށްފައިވާ 521 ގޯތީގެ ތެރެއިން އެއްވެސް އުމްރާނީ މަސައްކަތެއް ނުކޮށް ހުރި ގޯތިތައް ވަކި ކުރުމަށް ވެސް ރައްޔިތުން އެދޭ ކަމަށެވެ.

ކައުންސިލްގެ ރައީސް އަހުމަދު ޒަކީ މުޒާހަރާ ކުރާ ފަރާތްތަކާ ބައްދަލު ކުރަނީ

އެހެން ކަމުން ރައްޔިތުންގެ ޑިމާންޑްތަކާއި އެއްގޮތަށް 400 ގޯތި ކައުންސިލުުން މިހާރު ނިންމާފައިވާ ގޮތަށް ދޫކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވަނީ އަންގާފައެވެ. އެ ސިޓީ ރައީސް އޮފީހާއި މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީއާ ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާއަށް ވެސް ވަނީ ކޮޕީ ކޮށްފައެވެ.

ކުރީން ނިންމާފައި އޮތީ 2،000 އަކަފޫޓްގެ ގޯތި ދޫކުރާ ށެވެ. ނަމަވެސް ކުއްލި ގޮތަކަށް އެ ނިންމުން ބަދަލުކޮށް ގޯތި ދެ ގުނަ ބޮޑުކޮށް ދޫކުރަން ކައުންސިލުން ނިންމީ އެވެ.

ކޮމެންޓް

1
450
ވައްލަ
7 months ago

ކޮން އިރަކުން ދޭން ދޯ އެ މަޑަކެރަނޫ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.