މުއިއްޒަށް ތާއީދު ކުރި ބޭފުޅުން ސަރުކާރުގެ މަގާމުތަކުން ވަކިކޮށްފި

ރައީސް އޮފީހުން މިއަދު ވަނީ އެ ހުރިހާ ބޭފުޅުން މަގާމުތަކުން ވަކިކުރައްވާ އެކަން އަންގަވާފައެވެ. އެނގިފައިވާ ގޮތުގައި ބައެއް ބޭފުޅުން އިއްޔެ މުއިއްޒު އެންޑޯޒް ކުރެއްވުމަށް ފަހު މަގާމުން ވަނީ އިސްތިއުފާ ހުށައަޅުއްވާފައެވެ.

މުއިއްޒަށް ތާއީދު ކުރެއްވި އެމްއާރްއެމްގެ އިސް ބޭފުޅުން

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް ނިސްބަތްވާ ބައެއް ބޭފުޅުން، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރާކަން ހާމަކޮށްފައި ވަނިކޮށް އެ ބޭފުޅުން ތިއްބެވި ސަރުކާރުގެ މަގާމުތަކުން މިއަދު ވަކިކޮށްފި އެވެ.

އެ ބޭފުޅުންގެ ތާއީދު، މުއިއްޒަށް އޮތް ކަން ހާމަކޮށްފައި ވަނީ އިއްޔެ ގަލޮޅު ކަންމަތީ އޮތް ބައްދަލްވުމެއްގައެވެ. މުއިއްޒަށް ތާއީދު ކުރެއްވި ބޭފުޅުންގެ ތެރޭގައި އެމްއާރްއެމްގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުންނާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ހިމެނެއެވެ.

އެގޮތުން ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއާ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ އަނީފްއާ އަހްމަދު ޒިޔާމް ވަނީ މުއިއްޒަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ. މީގެ އިތުރުން ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރުންގެ ގޮތުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި އަލީ ތޯއިފާއި އިސްމާއީލް ރައޫފު ވެސް ވަނީ މުއިއްޒަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ.

ރައީސް އޮފީހުން މިއަދު ވަނީ އެ ހުރިހާ ބޭފުޅުން މަގާމުތަކުން ވަކިކުރައްވާ އެކަން އަންގަވާފައެވެ. އެނގިފައިވާ ގޮތުގައި ބައެއް ބޭފުޅުން އިއްޔެ މުއިއްޒު އެންޑޯޒް ކުރެއްވުމަށް ފަހު މަގާމުން ވަނީ އިސްތިއުފާ ހުށައަޅުއްވާފައެވެ. ނަމަވެސް އެ ހުށައެޅުމަށް އެއްވެސް ޖަވާބެއް ނުދެއްވާ މަގާމުތަކުން ވަކިކުރެއްވީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.