ހައްޔަރުގައި ހުރި އިޓަލީގެ މާފިއާ ލީޑަރު މަރުވެއްޖެ

މެސީނާ ޑެނާރޯ 1993 ވަނަ އަހަރުން ފެށިގެން ފިލައިގެން އުޅުނު ނަމަވެސް، އޭނާ މަރުވުމާ ހަމައަށް އޭނާގެ ދަށުގައި ތިބޭ މީހުނަށް ސިއްރު ގޮތެއްގައި އަމުރު ނެރެ ޖަރީތައް ހިންގާފައި ވެއެވެ.

މެސީނާ ޑެނާރޯ

މި އަހަރު ކުރީކޮޅު އަތުލައިގަނެ ހައްޔަރު ކުރި ދުނިޔޭގެ އެންމެ ބޮޑު އެއް ގޭންގް ސްޓާރު އަދި އިޓަލީގެ މާފިއާގެ ވެރިޔާ މަޓިއޯ މެސީނާ ޑެނާރޯ މަރުވެއްޖެ އެވެ. އޭނާ އަތުލައިގަތުމާ ހަމައަށް އޭނާއަކީ އިޓަލީގެ ވޯންޓެޑް ލިސްޓްގެ އެންމެ ކުރީގައި އޮތް މާފިއާ ލީޑަރެވެ. 

އުމުރުން 61 އަހަރުގެ މި މާފިއާ ލީޑަރަކީ ނުރައްކާތެރި މާފިއާ ގޭންގް، ކޮސާ ނޮސްޓްރާ މާފިއާގެ ވެރިޔާ އެވެ. 

މި އަހަރުގެ ޖެނުއަރީ މަހު އޭނާ އަތުލައިގަނެ ހައްޔަރަށް ނެގުމުގެ ކުރިން އޭނާ ވަނީ ފިލައިގެން އެންމެ މަތީ ފެންވަރުގެ މުއްސަނދި ކަމުގައި 30 އަހަރު ހޭދަ ކޮށްފަ އެވެ.

އޭނާ ހައްޔަރު ކުރިއިރު އުޅެމުން ދިޔައީ ކެންސަރަށް ފަރުވާ ހޯދުމުގަ އެވެ. އަދި މިދިޔަ މަހު ވަނީ ޖަލުން ހޮސްޕިޓަލަކަށް ބަދަލު ކޮށްފަ އެވެ.

ޑެނާރޯއަކީ އެތައް ބައެއްގެ މަރުގެ ޒިންމާއެއް އުފުލަން ޖެހޭ ނުރައްކާތެރި މުޖުރިމެކެވެ. އަދި 1992 ވަނަ އަހަރު އެންޓި މާފިއާ ޕްރޮސެކިއުޓަރުން ކަމަށްވާ ޖިއޮވާނީ ފަލްކޯނޭ އާއި ޕައޮލޯ ބޯސެލިނޯ މަރާލި މައްސަލައިގައި ބައިވެރިވުން ހިމެނޭ ގޮތަށް 2002 ވަނަ އަހަރު އޭނާގެ މައްޗަށް ޝަރީއަތް ހިންގައި ޣައިރު ހާޒިރުގައި އުމުރަށް ޖަލަށްލުމަށް ހުކުމެއް ވެސް ކުރި އެވެ.

އޭނާ އާއި އޭނާގެ ކޯސާ ނޮސްޓްރާ އިން އޯގަނައިޒްޑް ކްރައިމް ހިންގާ ގަވައިދާ ހިލާފު ވިޔަފާރި އާއި ގެއްލުންދޭ ކުނި ބަންޑުން ކުރުމާއި މަނީ ލޯންޑަރިން އަދި މަސްތުވާތަކެތީގެ ވިޔަފާރި އިޓަލީގެ އިތުރުން ދުނިޔޭގެ އެތަން މިތާނގައި ހިންގަ އެވެ. 

މެސީނާ ޑެނާރޯ މިއަހަރުގެ ކުރީކޮޅު ހައްޔަރުކޮށްގެން ގެންދަނީ

މެސީނާ ޑެނާރޯ 1993 ވަނަ އަހަރުން ފެށިގެން ފިލައިގެން އުޅުނު ނަމަވެސް، އޭނާ މަރުވުމާ ހަމައަށް އޭނާގެ ދަށުގައި ތިބޭ މީހުނަށް ސިއްރު ގޮތެއްގައި އަމުރު ނެރެ ޖަރީތައް ހިންގާފައި ވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މާފިއާ ލީޑަރު މަރުވީ ހުކުރު ދުވަހު ހާލު ދެރަވަ ކޯމާއަކަށް ދިއުމަށް ފަހު އެވެ. އޭނާ އޮތީ އިޓަލީގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ލަކިލާގެ ހޮސްޕިޓަލެއްގަ އެވެ. ކެންސަރު ބަލީގެ ސަބަބުން ފާއިތުވި މަސްތަކުގައި އޭނާގެ އޮޕަރޭޝަނެއް ކުރި ނަމަވެސް އެންމެ ފަހުން ކުރި އޮޕަރޭޝަނަށް ފަހު ރަނގަޅުވެފައެއް ނުވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.