ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ މީހުން މަގާމުން ވަކި ކުރާނަން: މުއިއްޒު

މުއިއްޒު ވިދާޅުވ ރާއްޖެއަށް ހަމަޖެހުން ގެނައުމަށް އެ ވާހަކަތައް އެ މަނިކުފާނު ދައްކަވަނީ ހިތުގެ އަޑިން އެކަން ގަބޫލުފުޅު ކުރައްވައިގެން ކަމަށާއި ވެރިކަން ލިބި ވަޑައިގެންފި ނަމަ އެކަން އަމަލުން ދައްކަން ދައްކަވާނެ ކަމަށެވެ.

ސަރުކާރުގެ މަގާމުތަކުގައި ތިއްބަވައިގެން ރާއްޖޭގައި ހިނގާ ޝަރީއަތްތަކަށާއި މުޅީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ، ބޭފުޅުން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރި ކަމެއްގައި މަގާމުން ވަކި ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.

މުއިއްޒު ވިދާޅުވީ މިހާރަށްވުރެ އިންސާފުވެރި އަދަލުވެރި ވެރި ކަަމެއް ރާއްޖޭގައި ކުރެވެން ޖެހޭނެ ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި އެ ޔަގީންކަން ހޯއްދަވައި ދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރެއްގައި ޖުޑިޝަރީ އޮންނާނީ ހަގީގީ މާނައިގައި މިނިވަން ބާރެއްގެ ގޮތުގައި ކަމަށާއި ހިނގާ ޝަރީއަތްތަކުގެ ތެރެއަށް އެ މަނިކުފާނުގެ ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަަމަށެވެ. އެ ފުރުސަތު ވެސް ނުދެއްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވި އެވެ: "އެފަދަ ކަމެއް ކުރާ އެއްވެސް މީހަކު، އެެއްވެސް މަގާމެއް ހުރެއްޖެނަމަ، އެ މީހަކު އަޅުގަނޑަށް ފެންނަ ހިސާބުން ވަޒީފާއިން ވަކި ކުރާނަން."   


މުއިއްޒު ވިދާޅުވ ރާއްޖެއަށް ހަމަޖެހުން ގެނައުމަށް އެ ވާހަކަތައް އެ މަނިކުފާނު ދައްކަވަނީ ހިތުގެ އަޑިން އެކަން ގަބޫލުފުޅު ކުރައްވައިގެން ކަމަށާއި ވެރިކަން ލިބި ވަޑައިގެންފި ނަމަ އެކަން އަމަލުން ދައްކަން ދައްކަވާނެ ކަމަށެވެ.

"މިނިވަން ޖުޑިޝިއަރީއެއް މި ގައުމަށް އިރާދަ ކުރެވިއްޔާ ގާއިމް ކޮށްދޭނަން، އެއިރުން ރައީސް ޔާމީނަށްވެސް މިނިވަންކަން ލިބިގެން ދާނެ،، ރައީސް ނަޝީދަށް ކުރިމަތިވި އުދުވާނީ ހަމަލާގައި މިހާތަނަށް ނުބެލި އޮތް މައްސަލަ ބެލި، އެމަނިކުފާނަށް ވެސް އިންސާފު ލިބޭނެ. ކުޑަ މީހެއް ބޮޑު މީހެއް ބެލުމެއް ނެތި މަގާމުގެ ތަފާތު ކަމެއް ބެލުމެއް ނެތި އިންސާފުން ހަމަހަމަ ކަމާއި އެކީގައި އެ ޖުޑިޝަރީ ތެރެއިން ފޯރުވާދިނުމުގައި ޖުޑިޝިއަރީގައި ތިއްބެވި ފަނޑިޔާރުންނަށް ފުރިހަމަ މިނިވަންކަން ލިބިގެން ދާނެ."

ކޮމެންޓް

1
450
ނަސްރީން
7 months ago

އޯހް، ޔާމީން މިނިވަން ކުރާނީ ދެން އެހެން ކޮން ގޮތަކުން؟؟ ޖުޑިޝަރީއަށް އަތްނުބާނާ. ތީ ވެރިކަމާ ހެދި އުޅޭގޮތް . ލިބުނީމަ ހަމަ ވާނީ އެއްގޮތް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.