މިހާތަނަށް 1.3 މިލިއަން | އަހަރު ނިމުމުގެ ކުރިން ޗައިނާ އެއްވަނައަށް

ދިވެހިރާއްޖޭގެ ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން ޗައިނާ އާއި އަދި ރާއްޖޭގެ އެއް ވަނާގައި އޮތް ރަޝިއާއާ ދެމެދު ހުރި ފަރަގު ބޮޑެއް ނޫނެވެ. އެ ފަރަގު ވަނީ 19،000 އަށް ކުޑަވެފަ އެވެ.

ކޮވިޑް-19 އަށްފަހު ބޯޑަރު ހުޅުވައި އައި ޗައިނާ ޓޫރިސްޓެއް -- ސަން

މިހާރު ރާއްޖޭގެ ޓޫރިޒަމްގެ އެއް ވަނާގައި އޮތީ ރަޝިއާ އެވެ. އަދި ދެވަނާގައި އޮތީ އަވަށްޓެރި އިންޑިއާ އެވެ. ނަމަވެސް މިހާރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު ނިމުމުގެ ކުރިން ޗައިނާ ރާއްޖޭގެ ޓޫރިޒަމްގެ އެއްވަނަ މާކެޓަކަށް ވެދާނެ އެވެ. 

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖޭގެ އެއް ވަނާގައި އޮތް ރަޝިއާގެ ޓޫރިޒަމް ހިއްސާއަކީ 11.7 ޕަސެންޓެވެ. އަދި ދެ ވަނާގައި އޮތް އިންޑިއާއިން ރާއްޖޭގެ ޓޫރިޒަމްގެ ހިއްސާކުރަނީ 11 ޕަސެންޓެވެ. އަދި ޗައިނާގެ ހިއްސާ އުޅެނީ 10 ޕަސެންޓުގަ އެވެ. 

ތިން ގައުމުން ޓޫރިސްޓުން އައި އަދަދު

  •  ރަޝިއާ - 152,967
  •  އިންޑިއާ - 144,041
  •  ޗައިނާ - 133,962

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި ރަޝިއާ އިން މިހާތަނަށް އައިސްފައި ވަނީ 152,967 ޓޫރިސްޓުންނެވެ. އަދި ޗައިނާ މީހުންގެ އެރަވައިލް އުޅެނީ ޗައިނާ - 133,962 ގަ އެވެ. މި ދެ ގައުމުގެ ދެމެދުގައި އޮތް ފަރަގަކީ ގާތްގަނޑަކަށް 19،000 ޓޫރިސްޓުންނެވެ. އެހެންވެ މިހާރު ފްލައިޓްތަކުގެ ދަތުރުތައް ހުރި ގޮތުން ޗައިނާ މާކެޓު ރާއްޖޭގެ އެއްވަނައަށް އެރުމުގެ ފުރުސަތު އޮތީ ވަރަށް ފުޅާ ކޮށެވެ. 

ގައުމީ ބޯޓިން އެސޯސިއޭޝަނުން ހޮޓެލް ޖެންގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު މައުސޫމް ވާހަކަ ދައްކަވަނީ -- އެމްއެމްއައިއެފް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ މި އަހަރުގެ ނިމުމުގެ ކުރިން ޗައިނާ މާކެޓު ރާއްޖޭގެ އެއްވަނައަށް އަރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. 

ރާއްޖެ އަށް މިހާތަނަށް އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ. ކޮވިޑުގެ ކުރީގައި އަހަރެއްގެ މައްޗަށް 300،000 ޓޫރިސްޓުން އެ ގައުމުން އާދެ އެވެ. ނަމަވެސް ކޮވިޑުގެ ބަލި ފެނުމާއެކު މެދުކެނޑުމަށްފަހު އަލުން އެ މާކެޓު ހުޅުވުނީ މިދިޔަ  އަހަރު އެވެ. 

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައި 1.1 މިލިއަން ޓޫރިސްޓުންނާ އަޅާބަލާނަމަ 14 ޕަސެންޓުގެ އިތުރުވުމެކެވެ.  މި އަހަރު ސަރުކާރުން ވަނީ 1.9 މިލިއަން ނުވަތަ ދެ މިލިއަން ޓޫރިސްޓުން ގެނައުމުގެ ޓާގެޓެއް ކަނޑައަޅާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.