ޖިހާދާއެކު ޖޭޕީގެ އިސް ބޭފުޅުންތަކެއް ޕީޕީއެމަށް

މިރޭގެ ބައްދަލްވުމުގައި ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ މިނިސްޓަރު އިރުތިޝާމް އާދަމްއާ ޑރ. އައިޝަތު އަލީ ނާޒުގެ އިތުރުން ކުރީގެ މެންްބަރު ޔާމީން ރަޝީދުއާ ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވަނީ ޕީޕީއެމަށް ސޮއި ކުރައްވާފައެވެ.

މިރޭ ޕީޕީއެމާއި ގުޅިވަޑައިގެން ޖޭޕީގެ އިސް ބޭފުޅުންނާއި މުއިއްޒު އެންޑޯޒް ކުރެއްވި ބޭފުޅުންނާ އެކު ފޮޓޯއަކަށް ހުއްޓިގެން —

ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދު ހިމެނިވަޑައިގަންނަވާހެން ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންތަކެއް ޕީޕީއެމާއި ގުޅިވަޑައިގެން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން މިރޭ ނިންމަވައިފި އެވެ.

އެ ބޭފުޅުން ޕީޕީއެމާއި ގުޅިވަޑައިގެންފައި ވަނީ މިރޭ މާފަންނު -- ގިރާވަރު ސަރަހައްދުގައި ބޭއްވި ކެމްޕެއިން ބައްދަލްވުމެއްގައެވެ.

މިރޭގެ ބައްދަލްވުމުގައި ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ މިނިސްޓަރު އިރުތިޝާމް އާދަމްއާ ޑރ. އައިޝަތު އަލީ ނާޒުގެ އިތުރުން ކުރީގެ މެންްބަރު ޔާމީން ރަޝީދުއާ ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވަނީ ޕީޕީއެމަށް ސޮއި ކުރައްވާފައެވެ.

ޖިހާދާއި އިރުތިޝާމް އަދި މުޣުނީ އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނެވެ. ޔާމީން ރަޝީދަކީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ލީގުގެ ރައީސެވެ. މީގެ އިތުރުން ޖޭޕީގެ ކައުންސިލްގެ ބައެއް މެންބަރުން ވެސް މިރޭ ވަނީ ޕީޕީއެމާއި ގުޅިފައެވެ.

އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ހިމެނޭ ބައެއް މެންބަރުންނާއި އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ބޭފުޅުން ވަނީ މުއިއްޒަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ. އޭގެ ތެރޭގައި ދާދި ފަހުން އިކޮނޮމިކް މިނިސްޓްރިގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ހުސައިން ޒާމިރު ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓް

1
450
ނިއުޓްރަލް ނިއުމަތު
10 months ago

30 ސެޕްޓެމްބަރ ހަޔާތުގައި އެންމެ އިންތިޒާރު ކުރެވޭ އެއްދުވަސް. ދިވެހިން ގެ ނިންމުން. ހުރިހާކުދިން ވެސްވާނެ ވޯޓްލާން ދާން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.