މުއިއްޒު ހުއްޓުމެއް ނެތް: މިއަދުވެސް ހަތް ރަށަށް ވަޑައިގެންފި

އެގޮތުން ބ. ފުޅަދޫއާ ފެހެންދޫއާ ގޮއިދޫއާ ހިތާދޫގެ އިތުރުން ދޮންފަނާއި ކިހަދޫ އަށް ވަނީ ވަޑައިގެންފައެވެ. އަދި މިއަދު އިރުއޮއްސުނު ވަގުތު ޅ އަތޮޅުގެ އޮޅުވެލިފުއްޓަށް ވަނީ ވަޑައިގެންފައެވެ.

ޑރ. މުއިއްޒު ބ އަތޮޅުގައި: އެ އަތޮޅުގެ ހަ ރަށަކަށް މިއަދު ވަނީ ވަޑައިގެންފައި

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބުގެ ދެވަަނަ ބުރުގެ ކެމްޕެއިނަށް މިއަދު ވެސް ހަތް ރަށަކަށް ވަޑައިގެންފި އެވެ.

މުއިއްޒު މިއަދު ވަޑައިގެންނެވީ ބ އަތޮޅު ހަ ރަށަކާއި ޅ އަތޮޅުގެ ރަށަކަށެވެ. އެގޮތުން ބ. ފުޅަދޫއާ ފެހެންދޫއާ ގޮއިދޫއާ ހިތާދޫގެ އިތުރުން ދޮންފަނާއި ކިހަދޫ އަށް ވަނީ ވަޑައިގެންފައެވެ.

އަދި މިއަދު އިރުއޮއްސުނު ވަގުތު ޅ އަތޮޅުގެ އޮޅުވެލިފުއްޓަށް ވަނީ ވަޑައިގެންފައެވެ.

ޑރ. މުއިއްޒު ބ އަތޮޅުގައި: އެ އަތޮޅުގެ ހަ ރަށަކަށް މިއަދު ވަނީ ވަޑައިގެންފައި
ޑރ. މުއިއްޒު ބ އަތޮޅުގައި: އެ އަތޮޅުގެ ހަ ރަށަކަށް މިއަދު ވަނީ ވަޑައިގެންފައި

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 101،000 ވުރެ ގިނަ ވޯޓް ހޯއްދެވި ޑރ. މުއިއްޒު ގެންދަވަނީ އަތޮޅުތެރޭގެ ގިނަ ރަށްތަކަށް މި ބުރުގައި ވެސް ވަޑައިގަންނަވަމުންނެވެ. އެ ގޮތުން ރ އަތޮޅުގެ ގިނަ ރަށްތަކަކަށް އިއްޔެ ވަނީ ވަޑައިގެންފައެވެ. އަދި ބ އަތޮޅުގެ ގިނަ ރަށްތަކަކަށް ވެސް ވަޑައިގެންނެވި އެވެ.

އޭގެ ކުރީން ހއ އަތޮޅާއި ހދ އަދި ށ އަތޮޅުގެ ބައެއް ރަށްތަކަށް ވަނީ ވަޑައިގެންފައެވެ.

ޑރ. މުއިއްޒު ބ އަތޮޅުގައި: އެ އަތޮޅުގެ ހަ ރަށަކަށް މިއަދު ވަނީ ވަޑައިގެންފައި
ޑރ. މުއިއްޒު ބ އަތޮޅުގައި: އެ އަތޮޅުގެ ހަ ރަށަކަށް މިއަދު ވަނީ ވަޑައިގެންފައި

މުއިއްޒު ގެންދަނީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކޮށްދެއްވުމަށް ޕީޕީއެމް/ޕީއެންސީ ސަރުކާރެއްގައި ކޮށްދެއްވާނެ ކަންކަން ފާހަގަ ކުރައްވަމުންނެވެ. މިއަދު ވަޑައިގެންނެވި ރަށްރަށުގައި ވެސް އެ ރަށްރަށަށް ކޮށްދެއްވާނެ ކަންކަން ހިއްސާ ކުރެއްވި އެވެ.

މުއިއްޒު ވަޑައިގަންނަވާ ކޮންމެ ރަށަކުން ގިނަ ބަޔަކު ނިކުމެ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.