ޑިިމޮކްރެޓްސްގެ އެންމެންގެ ތާއީދު ދަނީ ލިބެމުން: ރައީސް

"މިހާތަނަށް މި ކުރެވުނު މަަސައްކަތުން ޑިމޮކްރެޓްސްގެ ބޮޑު ބައެއް އަޅުގަނޑުމެންނާއެކު މަސައްކަތް ކުރަން ނިކުމެވެސް އެބަ ތިބި. ގާތްގަނޑަކަށް އަޅުގަނޑު ދަންނަވާނީ އެންމެންގެ ތާއީދު މިހާރު ލިބެމުންދާ ވާހަކަ"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިލިގިއްޔަށް ވަޑައިގެންނެވުން

ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ހުރިހާ މެންބަރުންގެ ތާއީދު މިހާރު ލިބެމުންދާ ކަމަށާ އެއީ އިންތިހާބު ކާމިޔާބު ކުރުމަށް ވަރަށް ބޮޑުތަނުން ފަސޭހަ ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ / އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވިލިމާލޭގައި ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތް ކުރިއަށް ގެންދެވުމަށް ފަހު ނޫސްވެރީންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅު ގައެވެ.

ރައީސް ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި މިހާތަނަށް ކުރެވުނު މަސައްކަތުން ޑިމޮކްރެޓުންގެ ތާއީދު ލިބެމުންދާ ކަމަށެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ޑިމޮކްރެޓްސް އަށް ނިސްބަތްވާ ހުރިހާ މެންބަރުންްގެ ތާއީދު ވެސް ލިބެމުންދާ ކަމަށެވެ.

"މިހާތަނަށް މި ކުރެވުނު މަަސައްކަތުން ޑިމޮކްރެޓްސްގެ ބޮޑު ބައެއް އަޅުގަނޑުމެންނާއެކު މަސައްކަތް ކުރަން ނިކުމެވެސް އެބަ ތިބި. ގާތްގަނޑަކަށް އަޅުގަނޑު ދަންނަވާނީ އެންމެންގެ ތާއީދު މިހާރު ލިބެމުންދާ ވާހަކަ. އެއާއެކީގައި މި އިންތިހާބު ކާމިޔާބު ކުރުމަށް ދެވަނަ ބުރު ކާމިޔާބު ކުރުމަށް ވަރަށް ބޮޑުތަން ފަސޭހަ ވެގެން އެބަ ދޭ،" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިލިގިއްޔަށް ވަޑައިގެންނެވުން

ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަފާތެރި މެންބަރުން އިސްވެ އުފައްދާފައިވާ ޕާޓީ އެކެވެ. އެ މެންބަރުން އެމްޑީޕީން ވަކިވީ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވުމުންނެވެ.

މި މަހުގެ ނުވަވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓުން ވެސް ވާދަކުރި އެވެ. 15،000 ވުރެ ގިނަ ވޯޓާއެކު ޑިމޮކްރެޓުންގެ ކެންޑިޑޭޓުން ދިޔައީ ތިންވަނަ އަށެވެ. އެހެން ކަމުން އިންތިހާބުގެ ދެވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުންނަށް ވެސް ޑިމޮކްރެޓުންގެ ވޯޓް ވަރަށް މުހިންމެވެ.

ޑިމޮކްރެޓުންގެ ރަސްމީ ނިންމުމަކީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމެވެ. އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ބައެއް އާންމު މެންބަރުން ގެންދަނީ ރައީސަށް ތާއީދު ކުރާކަން ހާމަ ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިލިގިއްޔަށް ވަޑައިގެންނެވުން

ރައީސް ވަނީ ނިޒާމީ ވޯޓް ނެގުމަށް ޑިމޮކްރެޓުން ހުށައަޅާފައިވާ ހުށައެޅުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި ޑިމޮކްރެެޓްސް ގައި ތިބީ އެމްޑީޕީގެ ވިސްނުމުގައި ތިބި ބައެކެވެ.

އަދި ނިޒާމީ ވޯޓަކާއި ގުޅޭގޮތުން މީގެ އަހަރެއް ދެ އަހަރު ކުރީން ވެސް ވާހަކަ ދެއްކެވުނެވެ. އަދި އޭރުވެސް ވާހަކަ ދެކެވުނީ ރިޔާސީ އިންތިހާބަށް ފަހު ވޯޓަކަށް ދާން ބޭނުންނަމަ އެކަން ކުރުމަށް ކަމަށް ވިދާޅުވި އެވެ.

އަދި އިންތިހާބަށް ފަހު ނިޒާމީ ވޯޓަކަށް ދާން އެމަނިކުފާނާއި އެމްޑީޕީން ނިންމީ ކުއްލިއަކަށް ނޫން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.