އިމްރާންގެ ދޮގު ވާހަކަތައް ރައްޔިތުން އަޑެއް ނާހާނެ: އުޝާމް

އުޝާމް ވަނީ ދިވެހި ރައްޔިތުންނަކީ ތަންދޮރު ދަންނަ ބައެއް ކަމަށާ އިމްރާން ދައްކާ ދޮގު ވާހަކަތައް މިއަދު މި ގައުމުގެ ރައްޔިތުން ބަލައި ނުގަންނަ ކަމުގައި ވިދާޅުވެފައެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދައްކާ ދޮގު ވާހަކަތައް ރައްޔިތުން މިއަދު އަޑު ނާހާނެ ކަމަށް ވިދާޅުވެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް، އިމްރާނަށް ފާޑު ވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވީ އިމްރާން މިއަދު ކުރެއްވި ޓްވީޓަށް ދެއްވި ރައްދެއްގައެވެ. އިމްރާން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވައިފި ނަމަ މުޅި ގައުމު ހިތާމައިގެ ފުން ކަނޑަކަށް ގަރަގު ވުމުގެ ފުރުސަތު އެތައް ގޮތަކުން ވަރަށް ބޮޑު ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން ހުރިހާ ބޭފުޅުން ނިކުންނަވާ ގައުމާއި ރައްޔިތުން ސަލާމަތް ކޮށްދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އިމްރާންގެ އެ ވާހަކަތަކަށް ރައްދު ދެއްވާ އެމްްއެންޕީގެ ނާއިބު ރައީސްކަން ވެސް ކުރައްވާ އުޝާމް ވަނީ ދިވެހި ރައްޔިތުންނަކީ ތަންދޮރު ދަންނަ ބައެއް ކަމަށާ އިމްރާން ދައްކާ ދޮގު ވާހަކަތައް މިއަދު މި ގައުމުގެ ރައްޔިތުން ބަލައި ނުގަންނަ ކަމުގައި ވިދާޅުވެފައެވެ.

"މި ގައުމުގެ މިނިވަންކަމާ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް މި ފަހަރު މުއިއްޒު ނޫން ޗޮއިސްް އެއް ނެތް،" އުޝާމް ވިދާޅުވި އެވެ.

އިމްރާން ގެންދަވަނީ ކެމްޕެއިން ރެލީތަކުގައި ވެސް މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ މިވެނި އެވެނި ކަންތައްތަކެއް ކުރައްވަން ރާއްވަވަމުން ގެންދަވާ ކަމަށް ވިދާޅުވެ ތަފާތު ވާހަކަތައް ދައްކަވަމުންްނެވެ. ވާދަވެރީންގެ ބޮލުގައި ދޮގު އިލްޒާމްތައް އެޅުވުމާއި އަދި ބައެއް ބޭފުޅުންނަށް ނިސްބަތްކޮށް އެ ބޭފުޅެއްގެ ހިތުގައި އޮތީ މިވެނި ވާހަކަ އެއް ކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އިމްރާން ދައްކަވާ ވާހަކަތަަކާއި ގުޅިގެން ވަރަށް ގިނަ އިލްމުވެރީން ގެންދަވަނީ އިމްރާނަށް ފާޑު ވިދާޅުވަމުންނެވެ. ބައެއް އިލްމުވެރީން ވަނީ އިމްރާނަކީ ކަހީނެއްތޯ ނުވަތަ ސިހުރުވެރިއެއްތޯ ވެސް ސުވާލު ކުރަމުންނެވެ.

ކޮމެންޓް

1
450
މަހޭބެ
9 months ago

އިމްރާން ބުންޏަސް ގަބޫލުކުރެވޭ ކަމެއްވެއްޖެއްޔާ ގަބޫލުކުރަންޖެހޭނެ... ރައްޔިތުންގެ ގިނަބަޔަކީ ސީދާ އެމީހުންގެ ސިކުޑިން ވިސްނައިގެން ކަންކަން ނިންމާ ބައެއްނޫން އެހެންވީމާ އުޝާމެންކަހަމަ މީހުންގެ މަޅީގައި ޖެހިގެން މުޢިއްޒުއަށް ވޯޓްދީފާނެ... އިމްރާން ބުނާގޮތަށް ފަހުން އެކަމާ ހިތާމަކުރަންޖެހޭނެ...

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.