ކޮތަޅު ޓެކުހުން ލިބޭ އާމްދަނީ މައްޗަށް

މި ޓެކްސް ނަގަން ފެށި ފުރަތަމަ މަހު ޕްލާސްޓިކް ކޮތަޅުން މަދު އަދަދެއްގެ އާމްދަނީ ލިބުނު ނަމެސް މިހާރު ލިބޭ އާމްދަނީ ދަނީ މަތިވަމުންނެވެ.

ފިހާރައަކުން ވިޔަފާރިކޮށްގެން މީހަކު ނުކުންނަނީ: ކޮތަޅު ޓެކްހުގެ އާމްދަނީ ދަނީ މައްޗަށް -- ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ސިންގަލް ޔޫސް ޕްލާސްޓިކުން ސަލާމަތް ވާން ސަރުކާރުން ނަގަން ފެށި ކޮތަޅު ޓެކުހުން ދައުލަތަށް ލިބޭ އާމްދަނީ މައްޗަށް ޖެހެން ފަށައިފި އެވެ. 

ރާއްޖޭގައި ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށީ މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެންނެވެ. 

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ކޮތަޅު ޓެކްސް ނަގަން ފެށި، މިދިއަ މެއި މަހު އެ ޓެކުހުން 1.7 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. 

ނަމަވެސް މިދިއަ އޮގަސްޓް މަހު ކޮތަޅު ޓެކްހުގެ ގޮތުގައި އަށް މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. 

ސަރުކާރުން ވަނީ ޕްލާސްޓިކުގެ 11 ބާވަތެއް ރާއްޖެ އެތެރެ ކުރުން މަނާ ކޮށްފަ އެވެ. 

ސިންގަލް ޔޫސް ޕްލާސްޓިކް ސިޔާސަތު - އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކުގެ ތެރެއިން ކަނޑައެޅޭ ވަކި ބާވަތްތަކެއް އުފެއްދުމާއި އިމްޕޯޓު ކުރުމާއި ވިއްކުން މަނާކުރުމާ ބެހޭ ސިޔާސަތު އިމްޕޯޓް ޑިއުޓީއާއި ޓެކްސް ނެގުމާއި ވަކި ކަމެއް ކުރުވުމަށް ބާރުއަޅާފަދަ އެހީތެރިކަން ދިނުމުގެ ސިޔާސަތުގެ އިތުރުން ކުންޏާ ބެހޭ ތަފާސްހިސާބު ގައުމީ ފެންވަރެއްގައި އެއްކޮށް ބެލެހެއްޓުމުގެ ސިޔާސަތު ހިމެނެ އެވެ.

މީގެ އިތުރުން މުދާ ބަންދުކުރުމާ ގުޅޭގޮތުން އުފައްދާ ފަރާތުގެ ދެމިގެންދާ ޒިންމާ އާއި ގުޅޭ ގާނޫނު ފާސްކުރެވިގެންދާނެ އެވެ އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބަދަލުގައި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ތިމާވެއްޓާ ރައްޓެހި ބާވަތްތައް ތައާރަފްކުރުންވެސް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.