ގާސިމްގެ އެޑްވައިޒަރު އިލްހާމް އެމްޑީޕީއާ ގުޅިއްޖެ

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަމުން އިލްހާމް ވަނީ ކުރީ ސަރުކާރުގެ އަނިޔާވެރިކަން ތަޖުރިބާ ކުރި އެއްވެސް މީހެއްގެ އާއިލާ ޕީޕީއެމަށް ވޯޓް ނުދޭނެ ކަމަށް ވިދާޅުވެފައެވެ.

ދަަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހްމަދު އެމްޑީޕީއާ ގުޅުން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ދަަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހްމަދު އެމްޑީޕީއާ މިރޭ ގުޅިވަޑައިގެންފި އެވެ.

އިލްހާމް، އެމްޑީޕީއާ ގުޅިވަޑައިގެންފައި މިވަނީ މިރޭ "ހުވަދޫ ޖަގަހަ" ހުޅުވަން މާވެޔޮމަގުގައި ބޭއްވި ޖަލްސާއެއްގައެވެ. އޭނާ ވަނީ އެމްޑީޕީއާ ގުޅިވަޑައިގެން މެންބާޝިޕް ފޯމް ރައީސް ސޯލިހާއި ހަވާލު ކުރައްވާފައެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަމުން އިލްހާމް ވަނީ ކުރީ ސަރުކާރުގެ އަނިޔާވެރިކަން ތަޖުރިބާ ކުރި އެއްވެސް މީހެއްގެ އާއިލާ ޕީޕީއެމަށް ވޯޓް ނުދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ވަނީ ފުލުހުންނާއި ސިފައިންނާއި ޖުޑީޝަރީގައި ތިއްބެވި ހުރިހާ ބޭފުޅުން މަގާމުން ދުރުކުރަން ޕީޕީއެމުން ރާވަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ސިފައިންނާއި ފުލުހުންގެ ވޯޓް ރައީސް ސޯލިހަށް ދެއްވަން އެދިވަޑައިގަތެވެ.

"މިއަދު ޕީޕީއެމުން ގޮވަމުން ދަނީ ކޮންމެވެސް ބޭފުޅުންތަކެއް ބަޔަކު ޖަލަށް ލާ ވާހަކަ. އެހެންވީމަ މި ޕޯޑިއަމަށް [އެމްޑީޕީއަށް] އަންނަން ޖެހުނީ،" އިލްހާމް ވިދާޅުވި އެވެ.

އިލްހާމަކީ ކުރީން ޑީއާރުޕީއާ ޕީޕީއެމްގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ކުއްލި ގޮތަކަށް އެމްޑީޕީއަށް ވަޑައިގެންނެވީ ގާސިމް އަރިހުގައި ގިނަ ދުވަސްތަކަކު ހުންނެވުމަށް ފަހު އެވެ. ގާސިމަށް ބޮޑު ނާކާމިޔާބެއް ލިބިވަޑައިގެން ރިޔާސީ އިންތިހާބުގައި އިލްހާމް ހުންނެވީ އެންމެ އަރިހުގައެވެ. މި އިންތިހާބުގައި އިލްހާމް ނިސްބަތްވާ ގެމަނަފުށީން ގާސިމަށް ލިބިވަޑައިގަތީ 45 ވޯޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.