އަމިއްލަ ރަށް ނޫން ރަށެއްގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށް އިތުރު 7،000 ރުފިޔާ

"އަމިއްލަ ރަށް ނޫން ރަށުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށް ހައުސިން އެލަވަންސް އެއްގެ ގޮތުގައި އިތުރު 7،000 ރުފިޔާ އަޅުގަނޑުމެން ދޭން މިހާރު ނިންމައިފިން،" ރައީސް ވިދާޅުވި އެވެ.

ރަައީސް ސޯލިހް ބައެއް ޕްރިންސިޕަލުންނާއެކު ސެލްފީއެއް ނަންގަވަނީ

އަމިއްލަ ރަށް ނޫން ރަށެއްގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށް އިތުރު އިނާޔަތެއް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިން ގައި ރައީސް މިރޭ ވަނީ މާލޭގެ މަވެޔޮމަގު ގައި ހަދާފައިވާ އެމްޑީޕީގެ ކެމްޕެއިން ޖަގަހައެއް ހުޅުވައި ދެއްވާފައެވެ. އެ ޖަގަހަ ހުޅުވައި ދެއްވާ ވާހަކަ ފުޅު ދައްކަވަމުން ރައީސް ވަނީ މިދިޔަ ފަސް އަހަރު ތައުލީމީ ދާއިރާއަށް ގެނެސްފަައިވާ ތަރައްގީ ފާހަގަ ކުރައްވާފައެވެ.

އެ މަސައްްކަތުގެ ދަށުން ދިވެހި ޕްރިންސިޕަލުން ޓްރެއިން ކޮށްގެން ހުރިހާ ސުކޫލުތަކަކަށް ފޮނުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށް އެ ރަށްރަށުގައި ކުއްޔަށް އުޅެން ޖެހުމަކީ ލިބޭ މުސާރައިން ކުރަން ޖެހޭ ކަމަކަށް ވުމުން އެއީ ޕްރިންސިޕަލުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އެކަން ޕްރިންސިޕަލުން ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވެ އެ މައްސަލަ ހައްލު ކޮށްދެއްވަން ނިންމަވާފައިވާކަން އިއުލާނު ކުރެއްވި އެވެ.

"އަމިއްލަ ރަށް ނޫން ރަށުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށް ހައުސިން އެލަވަންސް އެއްގެ ގޮތުގައި އިތުރު 7،000 ރުފިޔާ އަޅުގަނޑުމެން ދޭން މިހާރު ނިންމައިފިން،" ރައީސް ވިދާޅުވި އެވެ.

އަތޮޅުތެރޭގެ ސުކޫލުތަކަށް ފެންވަރު ރަނގަޅު ދިވެހި ޕްރިންސިޕަލުން ނުލިބުމަކީ ވަރަށް ބޮޑު މައްސަލަ އެކެވެ. އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި އާންމު މުސާރާގައި މަަސައްކަތް ކުރަން ޖެހުމަކީ ޕްރިންސިޕަލުން ނުލިބޭ އެއް ސަބަބެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.