ކޮވިޑް ލޯނުތަކުގެ އިންޓްރެސްޓް ކަނޑާލާ ދެއްކި ފައިސާ އަނބުރާ ދެނީ

އެމަނިކުފާނު ވަނީ ލޯނު އަނބުރާ ދައްކަން އޮތް 10 އަހަރުގެ މުއްދަތު އިތުރަށް ދަންމާލައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ކިހާ މުއްދަތެއް ކަމެއް ވިދާޅެއް ނުވެއެވެ.

އެސްއެމްއީ ބޭންކް ނުވަތަ އެސްޑީއެފްސީ އިފުތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ -- ފައިލް ފޮޓޯ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ކޮވިޑް ދުވަސްވަރު ވިޔަފާރިތަކަށް ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް ކަނޑާލަން ނިންމާފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އިއުލާނު ކުރައްވައިފި އެވެ.

އެމްޑީޕީގެ ކެމްޕެއިން ޖަލްސާ އެއްގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑްގައި ދިމާވި ދަތިތަކުން އަރައިގަތުން އެސްޑީއެފްސީ އިން ދޫކުރި 373 މިލިއަން ރުފިޔާ ލޯނުގެ އިންޓަރެސްޓް ކަނޑާލަން ނިންމާފައިވާ ކަމަށެވެ. އެ ނިންމުން ނިންމީ އެ ލޯނަށް ލުޔެއް ދިނުމަށް އާންމުން އެދެމުންދާތީ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކެމްޕެއިނަށް ގޭގެއަށް ވަޑައިގަތުމުން އެސްޑީއެފްސީން ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށް ދިނުމަށާއި ލޯނު ދެއްކުމަށް އޮތް މުއްދަތު އިތުުރުކޮށްދޭން އެދިފައިވާ ކަމަށެވެ.

އެމަނިކުފާނު ވަނީ ލޯނު އަނބުރާ ދައްކަން އޮތް 10 އަހަރުގެ މުއްދަތު އިތުރަށް ދަންމާލައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ކިހާ މުއްދަތެއް ކަމެއް ވިދާޅެއް ނުވެއެވެ. އަދި ވިދާޅުވީ އެސްޑީއެފުން ނަގާފައިވާ ލޯނުތަކަށް ދައްކަން ޖެހޭ އިންޓްރަސްޓް ދެން ދައްކަން ނުޖެހޭނެ ކަމަށެވެ.

"އަދި މިހާތަނަށް އެ ފައިސާ ދައްކާފައިވާ މީހުންނަށް އެ ފައިސާ އަޅުގަނޑުމެން ދޭނަން،" ރައީސް ވިދާޅުވި އެވެ.

ކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އެސްއެމްއީ ބޭންކުން ވަނީ ވިޔަފާރިތަކަށް އެހީވާން ކޮވިޑްގެ ދުވަސްވަރު ލޯނު ދޫކޮށްފައެވެ.

ބޭންކުގެ މަގުސަދު؟ އެސްޑީއެފްސީ އުފެއްދުމުގެ މަގުސަދު އެސްޑީއެފްސީ އުފެއްދުމުގެ މަގްސަދަކީ އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިގޮތުން މިވިޔަފާރިތަކަށް ލޯނު ދިނުމުގެ އިތުރަށް މާރކެޓްގައި ހުރި ފުރުސަތުގެ މަޢުލޫމާތު ފޯރުކޮށްދީ، މިފަރާތްތަކުގެ ފައިނޭންޝިއަލް ލިޓެރަސީ އިތުރުކުރުމަށް މަސައްކަތްކޮށް އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތުތައް ތަނަވަސްކޮށް ދިނުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.