އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އެމްއެންޑީއެފުން ބުނީ ޓްވީޓާ އެކައުންޓަށް ދިމާވި މައްސަލަ ބަލަމުންދާ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޓްވީޓާ އެކައުންޓަށް ދިމާވި މައްސަލަ ބަލަމުންދާ ކަމަށް ބުނެފި އެވެ.
އެމްއެންޑީއެފްގެ ޓްވީޓާ އެކައުންޓުން ހެކުކޮށްފައިވާ ކަމަށް ބުނެ ވާހަކަތައް ދަނީ ފެތުރެމުންނެވެ.
އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އެމްއެންޑީއެފުން ބުނީ ޓްވީޓާ އެކައުންޓަށް ދިމާވި މައްސަލަ ބަލަމުންދާ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެއެވެ.
ބަޔަކު ހެކުކުރިކަން ނުވަތަ ނޫން ކަމެއް ވެސް ނުބުނެ އެވެ. އަދި ހެކްކުރަން ބަޔަކު މަސައްކަތް ކުރާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނުބުނެއެވެ.