އިލްހާމްގެ ތާއީދު ރައީސް ސޯލިހަށް

އީސުލް ޖުމްހޫރިއްޔާގެ މަގާމަށް މި ވަގުތު އިންތިހާބު ކުރަން އެންމެ އެކަށޭނެ ގާބިލް ބޭފުޅަކީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް އޭނާއަށް ފެންނާތީ ރައީސް ސޯލިހަށް ތާއީދުކުރަން ނިންމާ ކަމަށެވެ.

އިލްހާމް، ރައީސް ސޯލިހާ އެކު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަަރެއްގެ ގޮތުގައި ހުންނެވި ކުރީގެ މަޖިލީސް މެންބަރު އިލްހާމް އަހްމަދު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ކުރަން ނިންމައިފި އެވެ.

އޭނާ ވަނީ ރައީސް ސޯލިހަށް ތާއީދު ކުރާކަން ހާމަކޮށް އެމަނިކުފާނާއެކު ނަންގަވާފައިވާ ފޮޓޯއަކާއެކު ދިގު ޓްވީޓެއް ކުރައްވާފައެވެ. އިލްހާމް ވިދާޅުވީ ގައުމު މިއަދު މިއޮތް ހާލަތަށް ބަލައި އަނިޔާވެރިކަމާއި ބަދަލު ހިފުމުގެ ރޫހު މާޒީން ފެނިފައިވާތީ އަދި ބަދަލު ހިފުމުގެ ގޮތުން ކަންކަން ކުރާނެ ކަމަށް މިހާރު ވެސް ބުނަމުން ދާތީ އެފަދަ ބަޔަކު ވެރިކަމަށް އައިސްފިނަމަ ނުކުންނާނެ ނަތީޖާއާމެދު ވިސްނާ ސިޔާސީ ބޭފުޅުންނާއި އަދި އެހެނިހެން ފަރާތްތަކާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް މި ވަގުތު އިންތިހާބު ކުރަން އެންމެ އެކަށޭނެ ގާބިލް ބޭފުޅަކީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް އޭނާއަށް ފެންނާތީ ރައީސް ސޯލިހަށް ތާއީދުކުރަން ނިންމާ ކަމަށެވެ.

"އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ފާއިތުވެ މިދާ ރިޔާސީ ދައުރު ގައި ގައުމު ހަލަބޮލި ނުކޮށް ސުލްހަވެރި ކަމާއި އެކު ވެރިކަން ކުރެއްވޭނެ ކަން ސާބިތު ކޮށްދެއްވާފައި. ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގަން ފުރުސަތު ދެއްވައިގެން ވެސް ވެރިކަން ކުރެއްވިދާނެކަން ދައްކަވާފައި،" ރައީސަށް ތާއީދު ކުރާ ސަބަބުތައް ހާމަކޮށް އިލްހާމް ވިދާޅުވި އެވެ.

އިލްހާމްގެ ތާއީދު ރައީސް ސޯލިހަށް އޮތްކަން ހާމަ ކުރައްވާފައި މިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އޭނާ ނިސްބަތްވާ ޖުމްހޫރީ ޕާޓީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމާ ޕާޓީގެ ނަން ބޭނުންނުކޮށް ތާއީދު ކުރާ ކެންޑިޑޭޓަކަށް މަސައްކަތް ކޮށްދިނުމުގެ އިހްތިޔާރު ޕާޓީގެ މެންބަރުންނަށް އޮންނާނެ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނިކޮށެވެ.

ގާސިމަށް ބޮޑު ނާކާމިޔާބެއް ލިބިވަޑައިގެން ރިޔާސީ އިންތިހާބުގައި އިލްހާމް ހުންނެވީ އެންމެ އަރިހުގައެވެ. މި އިންތިހާބުގައި އިލްހާމް ނިސްބަތްވާ ގެމަނަފުށީން ގާސިމަށް ލިބިވަޑައިގަތީ 45 ވޯޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.