ރައީސް ޔާމީންގެ އިސްތިއުނާފު އަޑު އެހުން ކެންސަލް

އާރަށް މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާފައިވާއިރު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ވެސް އެ ހުކުމުގައި ހިމެނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައިކޯޓް އަޑުއެހުމެއްގައި ވާހަކަފުޅު ދައްކަވަނީ

ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުން ހައި ކޯޓުން މިއަދު ކެންސަލް ކޮށްފި އެވެ. 

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލް ކޮށްފައި އޮތީ މިއަދު މެންދުރު ފަހަށެވެ. މި އިސްތިއުނާފަކީ ވ. އަތޮޅު އާރަށުގެ މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމްގެ މައްސަލަ އެވެ. 

އަޑު އެހުން ކެންސަލް ކުރީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދިގެނެވެ. އެހެން ނަމަވެސް އެއީ ކޮން ސަބަބަކާ ހުރެ ކަމެއް ހައިކޯޓަކުން ސާފުކޮށް ބުނެފައެއް ނުވެއެވެ. 

އިސްތިއުނާފްގެ މި މައްސަލަ ލަސްވެ ދިގުލައި ދާތީ ރައީސް ޔާމީންގެ ފަރާތްޕުޅުން ފެށުނީއްސުރެ ދަނީ ކަންބޮޑުވުން ފާޅުކޮށް އެ ޝަކުވާ ކުރަމުންނެވެ. މިއަދަށް ތާވަލް ކުރި އަޑު އެހުން ކެންސަލްވި އިރު އެންމެ ފަހުން އެ މައްސަލައިގެ އަޑު އެހުމެއް ބާއްވާފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. 

އާރަށް މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާފައި ވާއިރު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ވެސް އެ ހުކުމުގައި ހިމެނެ އެވެ. އެ ހުކުމް ޖެހީ ޑިސެމްބަރު 25، 2022 ގައެވެ. އެ ހުކުމުގެ ސަބަބުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަ ކުރެއްވުމުގެ ޝަރުތު ހަމައެއް ނުވި އެވެ. 

ރައީސް ޔާމީން ޖަލުގައި ދުވަސް ހޭދަ ކުރައްވާތާ ހާކަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މިހާރު އެ މަނިކުފާނު ވެވަޑައިގެންފައި ވަނީ އެންމެ ގިނަ ދުވަސް ޖަލުގައި ހޭދަ ކުރެއްވި ކުރީގެ ރައީސަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.