އިންޑިއާގެ ބަރުލަމާނީ މަރުހަލާތައް އޮންނަ ގޮތުން ލޯކްސަބާގައި ފާސް ކުރާ ބިލު ގާނޫނަކަށް ހަދަން މަތިގެ، ރަޖްޔާސަބާ ގައި ވެސް ފާސް ވާން ޖެހެ އެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން 33 ޕަސެންޓްގެ ކޯޓާއެއް ގޮނޑި އަންހެނުންނަށް ހާއްސަ ކުރަން ފާސް ކޮށްފި އެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ އާ އިމާރާތަށް ބަދަލުވުމަށް ފަހު ބޭއްވި ސެޝަންގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ހުށަހެޅި މި ބިލް ފާސް ކުރީ އެކަމަށް ވަކާލާތު ކުރާތާ އެތައް އަހަރެއް ފަހުންނެވެ. މީގެ ކުރީން ކޮންމެ ފަހަރަކު ވެސް ފުރަތަމަ ކިޔުން އިއްވައި ބަހުސް ކުރުމަށް ފަހު ބިލް ބޭރު ކޮށްލަނީ އެވެ. އެންމެ ފުރަތަމަ މި ބިލް ހުށަހެޅީ 1996 ވަނަ އަހަރު އެވެ.
މި ބިލް ފާސް ކުރީ ޕާޓީލައިނަށް ބެލުމެއް ނެތި ލޮކް ސަބާގެ 454 މެންބަރުންގެ ތާއީދާއެކު އެވެ. އެ ބިލް ދެކޮޅުވީ ދެ މެންބަރެކެވެ. ގާތްގަނޑަކަށް 80 މެމްބަރުން ހާޒިރުވެފައެއް ނުވެ އެވެ. ވޯޓަށް ފަހު ޕާލަމެންޓްގެ ރައީސް އޯމް ބިރްލާ ވިދާޅުވީ ބިލް ފާސްވެފައި ވަނީ މަޖިލީހަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އަންގާރަ ދުވަހު މަޖިލިސް އާ އިމާރާތުގައި ކުރި ހާއްސަ ޖަލްސާއަށް ހުށަހެޅި މި ބިލަށް އިދިކޮޅު ހުރިހާ ޕާޓީތަކުގެ ލީޑަރުންގެ ތާއީދު ވެސް ލިބިފައި ވެއެވެ.
ލޮކްސަބާއަކީ ތިރިގެ އެވެ. އެ ބިލު ރަޖްޔާ ސަބާ ގައި މިއަދު އަދި ކުރިއަށް ގެންދާނެ އެވެ. އެއީ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ އެވެ.
އިންޑިއާގެ ބަރުލަމާނީ މަރުހަލާތައް އޮންނަ ގޮތުން ލޯކްސަބާގައި ފާސް ކުރާ ބިލު ގާނޫނަކަށް ހަދަން މަތިގެ، ރަޖްޔާސަބާ ގައި ވެސް ފާސް ވާން ޖެހެ އެވެ. މަތިގެ އޮންނަނީ 245 މެންބަރުންގެ މައްޗަށެވެ. މަތި ގޭގައި މި ވަގުތު އޮންނަނީ ބީޖޭޕީގެ މެޖޯރިޓީ އެވެ. ރޫހު އޮތް ގޮތު މަތިގޭގައި ބިލު ފާސްވާނެ އެވެ.
އިންޑިއާގެ 950 މިލިއަން ރަޖިސްޓަރީ ވޯޓަރުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ އަންހެނުންނެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި 15 ޕަސެންޓް އަދި ސްޓޭޓް އެސެމްބްލީތަކުގައި ހިމެނެނީ 10 ޕަސެންޓް އަންހެނުންނެވެ. ގާނޫނު ހަދާ މަޖިލީހުގައި ޖިންސުގެ ހަމަ ހަމަ ކަމުގެ ދުނިޔޭގެ ރޭންކިންގެ އެންމެ ފުލުގައި އޮތް އެއް ގައުމަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އިންޑިއާ އެވެ.
"މިއީ އަންހެނުންނަށް ހަމަހަމަ ސިޔާސީ ހައްގުތައް ހޯދުމަށް ކުރި ދިގު އަދި ވަރުބަލި ދަތުރެއް، އެންމެ ފަހުން މިއަދު ތާރީހެއް ލިޔެވިއްޖެ،" ގިނަ އަހަރުތަކެއް ވަންދެން އެ ގާނޫނަށް ވަކާލާތު ކުރެއްވި ކުރީގެ ފެޑެރަލް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނަޖްމާ ހެޕްޓޫލާ ވިދާޅުވި އެވެ.
އިންޑިއާގައި ވޯޓުލާ އަންހެނުންގެ އާބާދީ އިތުރުވަމުންދާ މިންވަރުގެ ތާއީދު ހޯދަން ބޮޑުވަޒީރު މޯދީގެ ޕާޓީން ރާވާފައި އޮތީ މި ބިލް ހުށަހެޅުމުގެ ކުރިން ވެސް 2024 ވަނަ އަހަރުގެ އާންމު އިންތިހާބުގައި ވާދަކުރި ގޮނޑިތަކުގެ ތިންބައިކުޅަ އެއްބައި އަށް އަންހެނުން ނޮމިނޭޓް ކުރާށެވެ.
"އަންހެނުންގެ ރިޒާވޭޝަން ބިލަކީ އިހުތިރާމްގެ ނިޝާނެއް އަދި އާ ޒަމާނެއްގެ ފެށުން،" ހޯމް މިނިސްޓަރު އަމީތު ޝާހު ޕާލަމެންޓްގައިު ވިދާޅުވި އެވެ.