ބޭންކުގެ އަމާޒަކީ މުވައްޒަފުން އިޖްތިމާއީ ކަންކަމަށް ހޭލުންތެރި ކުރުވުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރު ކުރުމެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް ބްލަޑް ސާވިސަސް އާ ގުޅިގެން ލޭ ހިދިޔާ ކުރަން ކޭމްޕެއް މިއަދު ބާއްވައިފި އެވެ.
ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާ ކުރުމުގެ ބޭނުމުގައި ކޮންމެ ތިންމަހަކުން އެއް ފަހަރު މުވައްޒަފުންނަށް އަމާޒުކޮށް ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވަން 2021 ވަނަ އަހަރު ބޭންކުން ވަނީ ނިންމާފައެވެ.
މި ކޭމްގައި 46 މުވައްޒަފަކު ވަނީ ލޭ ހަދިޔާ ކޮށްފަ އެވެ. އަދި މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި 60 އަށް ވުރެ ގިނަ މުވައްޒަފުންނާއި އެފަރާތްތަކުގެ އާއިލާއިން ވަނީ ލޭ ހަދިޔާ ކޮށްފަ އެވެ.
ބޭންކުގެ އަމާޒަކީ މުވައްޒަފުން އިޖްތިމާއީ ކަންކަމަށް ހޭލުންތެރި ކުރުވުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރު ކުރުމެވެ.