މިހާތަނަށް އިލްހާމް ސިޔާސީ މަސައްކަތް ކުރައްވާފައި ވަނީ ޑީއާރްޕީ އާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީގަ އެވެ. އިލްހާމް އިޝާރާތް ކުރެއްވި ހިތި ތަޖުރިބާގެ 15 އަހަރު ނިސްބަތްވަނީ އެ ޕާޓީތަކަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑާޝިޕްގެ އިސް ބޭފުޅުން ރިޔާސީ އިންތިހާބު ދެވަނަ ބުރުގައި ވާދަ ކުރައްވާ ދެ ކެންޑިޑެޓުންގެ ދެ ކޭމްޕަށް ބެހެމުން ދާއިރު ގާސިމްގެ އެންމެ އަރިސް އެއް އެޑްވައިޒަރު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު މިހާތަނަށް ކުރެއްވުނު ސިޔާސީ ތަޖުރިބާތަކަށް ބަލައި ކުރިޔަށް ވަޑައިގަންނަވާނެ ގޮތެއް ވަރަށް އަވަހާ އިއުލާން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އޭނާ އެ އިޝާރާތަކީ ރިޔާސީ އިންތިޔާބުގެ ދެވަނަ ބުރުގައި އޭނާގެ ތާއީދު ދެއްވާނެ ކެންޑިޑެޓެއް ވަރަށް އަވަހާ ނިންމަވާ އިއުލާން ކުރެއްވުން ކަމަށް ބެލެެވެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ވަރަށް ދަށް ނަތީޖާއަކާއެކު ގާސިމް އިބްރާހިމް ބަލިވެ ވަޑައިގަތުމުން ދެވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުންގެ ޕާޓީއާއެކު ކޯލިޝަން ހަދަން އެ ޕާޓީން މަޝްވަރާތައް ކުރި ނަމަވެސް އެ ޕާޓީ އާއި ގާސިމް ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ޕާޓީން ތާއީދު ނުކޮށް، މެންބަރުން އަރާނެ ކޮޅެއް އަމިއްލަ އިހުތިޔާރަށް ދޫކޮށްލާށެވެ.
އޭގެ ފަހުން ގާސިމް އަރިހުގައި ތިއްބެވި ގިނަ ލީޑަރުން ގެންދަނީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ފަޅި އަށާއި ރައީސް އިބްރާހި މުހައްމަދު ސޯލިހުގެ ފަޅިއަށް ބެހެމުންނެވެ.
އަދި ގޮތެއް ނުންނިންމަވާ ހުންނެވި އިލްހާމް މިއަދު ވިދާޅުވީ 2008 ވަނަ އަހަރު އޭނާ ސިޔާސީ މައިދާނަށް ނުކުމެ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދުވަހުން ފެށިގެން ސިޔާސީ ގޮތުން ފާއިތުވެ ދިޔަ 15 އަހަރު ތެރޭގައި ތަފާތު ގިނަ ތަޖްރިބާތަކެއް ކުރަން ޖެހި ވަޑައިގަތް ކަމަށެވެ. އެގޮތުން އޭނާ އާއި އާއިލާއަށް ވަނީ އެކިފަހަރު މަތީން ފުރާނައަށް ނުރައްކާވާ ހާލަތްތަކާއި ކުރިމަތިވެފަ އެވެ.
"... ތަހައްމަލު ކުރަންޖެހުން ކަންތައްތަކުގައި ތެރޭގައި އަމިއްލައަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި ހުންނަންޖެހުމާއި، ކުށެއްނެތި ގިނަ ދުވަހު ހުރަގޭގައި ވަރަށް އަނިޔާވެރިކޮށް ބަންދުވެފައި އޮންނަންޖެހުނު ދުވަސްތަކެއްވެސް ދިޔަ،" އިލްހާމް އެކްސްގައި މިއަދު ވިދާޅުވެފައި ވެއެވެ.
"މި ހުރިހާ ހިތި ތަޖުރިބާތަކުގެ އަލީގައާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ ހައްގުގައި ސިޔާސީ ގޮތުން މުހިންމު ނިންމުމެއް އަޅުގަނޑުވަނީ ނިންމަންޖެހިފައި. އަދި ކުރިޔަށް އޮތްތަނުގައި އަޅުގަނޑުގެ ސިޔާސީ ހަޔާތް ތަރުތީބު ވެގެން ދާނީ މިދެންނެވުނު ނިންމުމުގެ މައްޗަށްވީމާ އަޅުގަނޑު ސިޔާސީ ގޮތުން ކުރިޔަށް ދާން ނިންމާފައި ވާގޮތް ދިވެހި ރައްޔިތުންނަށް ވަރަށް އަވަހަށް ހާމަކުރާނެ ވާހަކަ ދަންނަވަން،"
މިހާތަނަށް އިލްހާމް ސިޔާސީ މަސައްކަތް ކުރައްވާފައި ވަނީ ޑީއާރްޕީ އާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީގަ އެވެ. އިލްހާމް އިޝާރާތް ކުރެއްވި ހިތި ތަޖުރިބާގެ 15 އަހަރު ނިސްބަތްވަނީ އެ ޕާޓީތަކަށެވެ. އެހެން ކަމުން މިހާރު ބެލެވިފައި ވަނީ އިލްހާމް ތާއީދު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހަށް ދެއްވާނެ ކަމަށެވެ. އިލްހާމް އެންމެ އެކުވެރި ސިޔާސީ ބައިވެރިޔާ މަޖިލީހުގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދުގެ ތާއީދު ދެއްވީ ވެސް ރައީސް ސޯލިހަށެވެ.
ކީކުރަން ހާމަ ކުރާ އެއްޗެއް. ސިޔާސީ ގޮތުން މުޅިން ފެއިލެވަފައިވާ މީހުން