ގުޅުން ގޯސްވެ ޔޫކްރޭނަށް ހަތިޔާރު ނުދޭން ޕޯލެންޑް ނިންމައިފި

ޔޫކްރޭނަށް ދެން ހަތިޔާރު ނުދޭން ނިންމިކަން ޕޯލެންޑްގެ ބޮޑުވަޒީރު މަޓިއުސް މޮރަވިއެކީ އިއުލާން ކުރެއްވީ ދަނޑުވެރިކަމުގެ ބާވަތްތައް އިމްޕޯޓް ކުރުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކުގެ ތެރެއިންނެވެ.

ޕޯލެންޑްގެ ބޮޑުވަޒީރު މަޓިއުސް މޮރަވިއެކީ

ދަނޑުވެރިކަމުގެ ބާވަތްތަކާ ގުޅޭ ޑިޕްލޮމެޓިކް މައްސަލަ އިންތިހާއަށް ބޮޑުވެފައި ވަނިކޮށް ޔޫކްރޭންގެ އެންމެ ވަރުގަދަ، އެއް އެކުވެރި ބައިވެރިޔާ، ޕޮލެންޑުން ދެން ޔޫކްރޭނަށް ހަތިޔާރު ފޯރުކޮށް ނުދޭން ނިންމައި އެކަން އިއުލާން ކޮށްފި އެވެ. 

ޕޯލެންޑްގެ ބޮޑުވަޒީރު މަޓިއުސް މޮރަވިއެކީ ވިދާޅުވީ ޔުކްރޭނަށް ހަތިޔާރު ފޯރުކޮށް ދިނުމުގެ ބަދަލުގައި ދެން ޕޯލެންޑުން ފޯކަސް ކުރާނީ އިތުރަށް ޒަމާނީ ހަތިޔާރުތައް ހޯދައި އަމިއްލަ ލަޝްކަރު ފުރިހަމައަށް ހަތިޔާރު އަޅައި ތައްޔާރުވެ ތިބޭން ކަމަށެވެ. 

ޕޯލެންޑްގެ ކުއްލި މި ފިޔަވަޅު އަޅާފައި ވަނީ ދެ ގައުމުގެ ދެމެދުގައި ފިތުނަގަނޑެއް އުފެދި އެކަން އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ. 

މިދިއަ އއަންގާރަ ދުވަހު ޕޯލެންޑުން ވަނީ ޔޫކްރޭންގެ ސަފީރު ހާޒިރުކޮށް، އދ. ގެ ޖެނެރަލް އެސްމެބްލީގައި ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ދެއްކެވި ވާހަކަފުތަކުގެ ބައެއް ތަންތަނާ ބެހޭ ގޮތުން ސުވާލު ކޮށްފަ އެވެ.

އދ. ގައި ތަގުރީރު ކުރެއްވި އިރު ޒެލެންސްކީ ވިދާޅުވި އެއް ވާހަކަފުޅަކީ ބައެއް ގައުމުތަކުން ބޭރުފުށަށް ޔޫކްރޭނާ އެއްބައިވަންތަކަން ދައްކާފައިވާ ކަމަށް ވިދާޅުވި ވާހަކަފުޅެކެވެ. މުޅި ވާހަކަފުޅުގެ މައިގަނޑަކީ ރަޝިޔާ ބަލި ކުރަން ގައުމުތަކަށް އަތްގުޅާލުމެވެ. 

ޕޯލެންޑުން ގަބޫލު ކުރާ ގޮތުގައި ޔުކްރޭނަށް ރަޝިއާ އަރައިގެނެ ހަނގުރާމައެއް ފެށި ފުރަތަމަ ދުވަހުން ފެށިގެން ޔޫކްރޭނަށް ތާއީދުކޮށް އެހީވެދީފައި ވާއިރު އެ ބަހަކީ ޕޮލެންޑާ ގުޅޭ ގޮތުން ވިދާޅުވީ ޖާއިޒު ނޫން ބަހެކެވެ. އަދި އެކަން ޕޯލެންޑްގެ ވެރިރަށް ވާސޯއިން ކުށްވެރި ކުރެ އެވެ. 

ރަޝިޔާއާ ދެކޮޅަށް ހަނގުރާމަކޮށް ދިފާއުވާން ޕޮލެންޑުން ވަނީ ޔޫކްރޭނަށް ވަރަށް ބޮޑު އެހީތެރިކަމެއް ދީ، ލިއޮޕާޑް 2 ހަނގުރާމަވެރި ޓެންކްތައް ފޯރު ކޮށްދިނުމަށް ޖަރުމަނަށް އިލްތިމާސްކޮށް އެ ގައުމަށް ފަޔާ ޖެޓް ދިނުމަށް ވައުދުވެ، ޔޫކްރޭނުގެ 1.5 މިލިއަނަށް ވުރެ ގިނަ ރެފިއުޖީންނަށް މަރުހަބާ ކިޔާފަ އެވެ.

ޔޫކްރޭނަށް ދެން ހަތިޔާރު ނުދޭން ނިންމިކަން ޕޯލެންޑްގެ ބޮޑުވަޒީރު މަޓިއުސް މޮރަވިއެކީ އިއުލާން ކުރެއްވީ ދަނޑުވެރިކަމުގެ ބާވަތްތައް އިމްޕޯޓް ކުރުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކުގެ ތެރެއިންނެވެ. 

"އަޅުގަނޑުމެން މިހާރު ޔޫކްރޭނަށް ހަތިޔާރު ބަދަލު ނުކުރަން... މިހާރު އަޅުގަނޑުމެން ހަތިޔާރު ހޯދައި ދެނީ ޕޯލެންޑަށް އެއީ އިތުރު ޒަމާނީ ކުރުމަށް" މޮރަވިއެކީ ވިދާޅުވި އެވެ.

ދަނޑުވެރިކަމުގެ މައްސަލަ ފެށުނީ ރަޝިޔާއިން ޔޫކްރޭނަށް ފުރިހަމައަށް އަރައިގަތުމުން ކަޅު ކަނޑުގެ މައި ޝިޕިން ލޭންތައް ބަންދުވެ، ބަދަލުގައި އެއްގަމު މަގުން އާ މަގުތައް ހޯދަން ޔޫކްރޭނަށް މަޖުބޫރުވުމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.