އަލީ ވަހީދު ޖުމްހޫރީ ޕާޓީން ވަކިވެއްޖެ

ކުރީން ޖުމްހޫރީ ޕާޓީގެ ރައީސްކަން ވެސް ކުރެއްވި އަލީ ވަހީދު ފަހުން ހުންނެވީ ގާސިމްގެ އެޑްވައިޒަރަކަށެވެ. ގާސިމަށް ބޮޑު ނާކާމިޔާބެއް ލިބިވަޑައިގެން ރިޔާސީ އިންތިހާބުގައި އަލީ ވަހީދު ހުންނެވީ އެންމެ އަރިހުގައެވެ.

އަލީ ވަހީދު، ގާސިމްގެ އަރިހުގައި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖުމްހޫރީ ޕާޓީން ވަކިވެއްޖެ އެވެ.

އަލީ ވަހީދު ވަނީ ޓްވީޓެއް ކޮށް އެކަން ދެންމެ ހާމަކޮށްފައެވެ. އޭނާ ވިދާޅުވީ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ގާސިމް އިބްރާހިމްގެ ⁦އަރިހުގައި މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ ނުހަނު އަގުހުރި ތަޖުރިބާއެއް ކަމަަށެވެ.

އަދި ވިދާޅުވީ މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީއިން އޭނާ ވަކިވެއްޖެ ކަަމަށެވެ. ދިވެހި ޤައުމާ ރައްޔިތުންގެ ސަފުގައި ދެމި ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކުރީން ޖުމްހޫރީ ޕާޓީގެ ރައީސްކަން ވެސް ކުރެއްވި އަލީ ވަހީދު ފަހުން ހުންނެވީ ގާސިމްގެ އެޑްވައިޒަރަކަށެވެ. ގާސިމަށް ބޮޑު ނާކާމިޔާބެއް ލިބިވަޑައިގެން ރިޔާސީ އިންތިހާބުގައި އަލީ ވަހީދު ހުންނެވީ އެންމެ އަރިހުގައެވެ.

ޖުމްހޫރީ ޕާޓީގެ ރައީސަކަށް ހުންނަވަނިކޮށް އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެން އެނބުރި ގައުމަށް ވަޑައިނުގެން ގިނަ ދުވަސްތަކަކު ހުންނެވީ ޓޫރިޒަމް މިނިސްޓަރަކަށް ހުންނަަވައިގެން އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒިފުންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތާއި ގުޅިގެން އެތައް ދައުވާއެއް ކުރެއްވުމާއި ގުޅިގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.