އަދީބުގެ ބޭސްފަރުވާގެ މުއްދަތު އަނެއްކާ އިތުރުކޮށްދީފި

މީގެ ކުރިން 2019 ވަނަ އަހަރުގެ ތެރޭގައި ވެސް އަދީބަށް ވަނީ ބޭސްފަރުވާއަށް އިންޑިއާއަށް ދިއުމަށް ފުރުސަތު ދީފަ އެވެ. އެފަހަރު ފަރުވާ ފުރިހަމަ ކުރެއްވުމަށް ފަހު، ކަރެކްޝަންސްއިން ދިން މުއްދަތުގެ ތެރޭގައި އޭނާ އަލުން ރާއްޖެ ވަޑައިގަތެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބް ސިންގަޕޫރުން ހޯއްދަވާ ފަރުވާ ނުނިމޭތީ އޭނާއަށް ދިން މުއްދަތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ތިންވަނަ ފަހަރަށް އިތުރުކޮށްދީފި އެވެ.

އަދީބު ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކަރެކަޝަނުން ދީފައި ވަނީ ރާއްޖޭގެ ފަރުވާ ދެވެން ނެތް ބަޔަކަށް ފަރުވާ ހޯއްދަވާށެވެ. އެ ހުއްދަ ލިބުމުން މި މަހުގެ 12 ވަނަ ދުވަހުގެ ރޭ އަދީބު ވަނީ ފުރާވަޑައިގެންފަ އެވެ. ކަރެކްޝަނުން ހުއްދަ ދިނީ 10 ދުވަހަށް ސިންގަޕޫރުގައި ހުންނެވުމަށެވެ. 

އެ މުއްދަތު ހަމަވިއިރު ބޭސްފަރުވާގެ ކަންކަން ނުނިމޭތީ ފުރަތަމަ މުއްދަތު އިތުރުކޮށްދިނީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހާ ހަމަޔަށެވެ. އޭގެ ފަހުން މިމަހުގެ 15 ވަނަ ދުވަހަށެވެ. އަދިވެސް ބޭސްފަވާގެ ކަންކަން ނުނިމޭތީ އަނެއްކާވެސް އަދީބު ފަރާތްޕުޅުން މުއްދަތު އިތުރުކޮށްދިނުމަށް ކަރެކްޝަންގައި އެދިވަޑައިގެންފައިވެ އެވެ.

ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމަޔަށް ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.

ވިހި އަހަރުގެ ޖަލު ހުކުމެއް އޮތަސް ސިއްހީ ހާލުކޮޅު ހުރި ގޮތުން އަދީބު، ޖަލު ހުކުމް ތަންފީޒު ކުރައްވަނީ ގޭގަ އެވެ.

މީގެ ކުރިން 2019 ވަނަ އަހަރުގެ ތެރޭގައި ވެސް އަދީބަށް ވަނީ ބޭސްފަރުވާއަށް އިންޑިއާއަށް ދިއުމަށް ފުރުސަތު ދީފަ އެވެ. އެފަހަރު ފަރުވާ ފުރިހަމަ ކުރެއްވުމަށް ފަހު، ކަރެކްޝަންސްއިން ދިން މުއްދަތުގެ ތެރޭގައި އޭނާ އަލުން ރާއްޖެ ވަޑައިގަތެވެ.

އެމްއެމްޕީއާރުސީގެ ހިޔާނަތާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން ދައުވާކުރީ ހިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށް ބުނާ ދެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާ އެކެވެ. މަނީ ލޯންޑަރިންގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރިކަމުގެ ދައުވާއެއް ވެސް އުފުލި އެވެ. އެ މައްސަލަތައް ސާބިތުކުރުމަށް ދައުލަތުން ވަނީ އަދީބާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.