ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ޕްރޮމޯޝަނެއް

ބީއެމްއެލްގެ މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 19 އިން އަންނަ ޑިސެމްބަރު މަހުގެ 18 އިގެ ނިޔަލަށެވެ.

ބެންކް އޮފް މޯލްޑިވްސް އިން އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. 

މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ތިން ފަރާތްތަކަށް އިނާމެއްގެ ގޮތުގައި 1500ރ. ގިފްޓް ކާޑެއް ދޭން ވަނީ ނިންމާފަ އެވެ. އަދި މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ނުވަ ފަރާތެއް ގުރުއަތުން ހޮވާނެ އެވެ. 

ޕްރޮމޯޝަންގައި ލިބޭ އިނާމުތައް

  • 1.500 ޑޮލަރުން ދަށުގެ ޓްރާންސެކްޝަން ތަކުގައި ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 750ރ. ގެ ގިފްޓް ކާޑެއް
  • 2.501 - 1000 ޑޮލަރާއި ދެމެދުގެ ޓްރާން ސެކްޝަން ތަކުގައި ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 2000ރ. ގެ ގިފްޓް ކާޑެއް
  • 3.1000 ޑޮލަރުން މަތީ ޓްރާންސެކްޝަން ތަކުގައި ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 3500ރ. ގެ ގިފްޓް ކާޑެއް

ބީއެމްއެލްގެ މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 19 އިން އަންނަ ޑިސެމްބަރު މަހުގެ 18 އިގެ ނިޔަލަށެވެ. ޕްރޮމޯޝަންއާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެެބްސައިންޓް އިން ލިބެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.