ބީއެމްއެލް ސްކޮލާޝިޕް ފަންޑުގެ އެޕްލިކޭޝަން ހުޅުވާލައިފި

މި ފަންޑުގެ ދަށުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ހަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމަންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދިނުމަށް ކަނޑައެޅިފައިވެ އެވެ.

ބެންކް އޮފް މޯލްޑިވްސްގެ ސްކޮލާޝިޕް ފަންޑަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު އާންމުކޮށް ހުޅުވާލައިފި އެވެ.

ގައުމީ ބޭންކް، ބީއެމްއެލް އިން ބުނީ އެ ފަންޑަކީ ބޭންކިންގް އާއި ފައިނޭންސް ދާއިރާއިން ހުންރުވެރި ޒުވާނުން ބިނާ ކުރުމުގެ އަމާޒުގައި ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ހޯދައި ދިނުމަށް ހުޅުވާލި ފަންޑެއް ކަމަށެވެ.

ބޭންކްގެ މި ސްކޮލަޝިޕަށް ހުށަހަޅާ ޒުވާނުންގެ ތެރެއިން ހޮވާލެވޭ ތިން ދަރިވަރަކު ނަގާނެ އެވެ. 

ސްކޮލާޝިޕްގައި ހުރި ފުރުސަތުތައް

ބޭންކިންނާއި ފައިނޭންސްގެ ރޮނގުން އެކައުންޓިން އާއި ފައިނޭންޝަލް ޓެކްނޮލަޖީ އާއި ފައިނޭންޝަލް އިންޖިނިއަރިން އާއި ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލެޓިކްސް ފަދަ ދާއިރާއިން ޕްރޮގްރާމްތައް ފުރިހަމަ ކުރުމުގެ ފުރުސަތު މި ސްކޮލާޝިޕްގައި ލިބިގެންދާނެ އެވެ.

މި ފަންޑަށް އެދި ހުށަ އެޅޭނީ އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންގެ ތެރެއިން އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސް ވެފައިވާ ޒުވާނުންނަށެވެ. 

ފަންޑުގެ ދަށުން ޓިއުޝަން ފީ އާއި މަހުން މަހަށް ހިނގާނެ ހަރަދާއި ވިސާ ފީ އާއި ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމަންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދޭނެ އެވެ. 

މި ފަންޑަށް އެދި ހުށައަޅަން ބެނުންވާ ފަރާތްތައް އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތައް އަންނަ ނޮވެމްބަރު ހަތަރުވަނަ ދުވަހުގެ ރޭގަނޑު 12:00 އިގެ ކުރިން scholarships@bml.com.mv އަށް ފޮނުވަން ޖެހެ އެވެ.

މި ފަންޑުގައި ބައިވެރިވާ ފަރާތްކަށް ހުރި ޝަރުތުތަކާއި ދަރިވަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ބެހޭ މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓް  އިން ލިބޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.