ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި

މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ ނިންމަވާފަ އެވެ.

ސުޕްރީމް ކޯޓު ހިންގާ ތީމުގެ: ކުރިއަށް އޮތް ތިން ދުވަހު ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރަން ވަނީ ނިންމާފައި --

ސިވިލް ކޯޓުގެ އިސް ގާޒީ ގާޒީ އަހުމަދު ނިމާލް ޖުނައިދު ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ބުނީ ސިވިލް ކޯޓުގެ އިސްގާޒީ އަވަހާރަވުމާ ގުޅިގެން ޝަރުއީ ދާއިރާގެ ދިދައާ ބެހޭ ގަވާއިދުގެ ދަށުން މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ނިންމަވާފައިވާ ކަމަށެވެ.

އުމުރފުޅުން 36 އަހަރުގެ ޒުވާން އިސްގާޒީ ހާޓްއެޓޭކެއް ޖެހި، އަވަހާރަވީ ރޭގެ ވަގުތެއްގަ އެވެ. އިސްގާޒީ އެ މަނިކުފާނުގެ ގެކޮޅުގައި އުޅުއްވަނިކޮށް ކުއްލިއަކަށް ހާލުކޮޅު ގޯސްވެގެން އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް އޮތީ އަވަހާރަ ވެފަ އެވެ.

އިއްޔެވެސް ކޯޓަށް ވަޑައިގެން މަސައްކަތުގައި އުޅުއްވެވި އިސްގާޒީ، ނިމާލްގެ މައްޗަށް ކުރާ ކަށުނަމާދާއި ޖަނާޒާ އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާގަ އެވެ.

ގއ. މާމެންދޫ، ނިމާލް ސިވިލް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރީ މިދިޔަ މާޗް މަހު އެވެ. އޭނާ އިސްގާޒީ ކަމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަލީ ރިޓަޔާ ކުރެއްވުމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.