ރަޝިޔާ ހުއްޓުވަން ދުނިޔެ އެކަތިގަނޑަކަށް ވާންޖެހޭ: ޒެލެންސްކީ

ރަޝިޔާއިން ޔުކްރޭނަށް އަރައިގަތްގަތުން ދުނިޔޭގެ ގިނަ ބަޔަކު ވަނީ ކުށްވެރިކޮށްފަ އެވެ. ނަމަވެސް އަމަލަކުން އެތަނެއް ނުއެއް ފެނެ އެވެ. އެންވެ ރަޝިޔާއިން ދުނިޔެއަށް ކުރިމަތިވާ ނުރައްކަލަށް ރައީސް ޒެލެންސްކީ ވަރަށް ބޮޑަށް އަލިއަޅުވާލެއްވި އެވެ.

އދ. އާންމު މަޖިލީހުގައި ޔުކްރޭންގެ ރައީސް ޒެލެންސްކީ ތަގުރީރު ކުރައްވަނީ

ނުބައި މީހުންނާއި އެ މީހުންގެ ނުބައި ކަމަށް އިތުބާރު ނުކުރެވޭނެ ކަމަށާއި ރަޝިޔާއިން އޭނާގެ ގައުމް، ޔުކްރޭނަށް ކުރާ ގެއްލުމާއި އެ ގައުމުގެ ރައްޔިތުންނަށް ކުރާ އަނިޔާ ނިމުމަކަށް ގެނައުމަށް ދުނިޔެ އެއްބައިވަންތަވެ އަތު ގުޅާލުމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ގޮވާލައްވައިފި އެވެ.

ޒެލެންސްކީ އެހެން ވިދާޅުވީ އދ. ޖެނެރަލް އެސެމްބްލީ / އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުންނެވެ، ރޭ  ޒެލެންސްކީ ވަނީ ނިއުޔޯކުގައި ޝައުގުވެރި ތަގުރީރެއް ކުރައްވާފަ އެވެ. 

ރައީސް ޒެލެންސްކީ ވިދާޅުވީ އެންމެ ފުރިހަމައަށް ނިއުކްލިއާ ހަތިޔާރު އަޅައިގެން އޮތް މޮސްކޯއިން "އެންމެ ފަހު ބޮޑު ހަނގުރާމަ" އިގެ ތެރެއަށް ދުނިޔެ ވައްޓާލަން ހިފާފައި އޮތް އޮތުން ހުއްޓުވަން ޖެހޭ ކަމަށެވެ. ކާބޯތަކެތިން ފެށިގެން ހަކަތައާ ހަމައަށް ހުރިހާ ވަސީލަތެއް ރަޝިޔާއިން ހަތިޔާރަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

ރަޝިޔާއިން ޔުކްރޭނަށް އަރައިގަތްގަތުން ދުނިޔޭގެ ގިނަ ބަޔަކު ވަނީ ކުށްވެރިކޮށްފަ އެވެ. ނަމަވެސް އަމަލަކުން އެތަނެއް ނުއެއް ފެނެ އެވެ. އެންވެ ރަޝިޔާއިން ދުނިޔެއަށް ކުރިމަތިވާ ނުރައްކަލަށް ރައީސް ޒެލެންސްކީ ވަރަށް ބޮޑަށް އަލިއަޅުވާލެއްވި އެވެ.  

އެ ތަގުރީރުގައި އޭނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތައް ފަދަ ދުނިޔެއަށް އޮތް އާންމު އެހެން ހުރިހާ ގޮންޖެހުންތަކާއި އެފަދަ އެހެން ކަންކަން ދުނިޔެއަށް ރަނގަޅަށް ހައްލު ކުރެވޭނީ މޮސްކޯ ފަހަތަށް ޖައްސައި ސައިޒަށް ތިރި ކޮށްގެން ކަމަށެވެ. 

"ދުނިޔޭގައި ހިނގާނެ އެންމެ ފަހުގެ ބޮޑު ހަނގުރާމައަށް ރަޝިޔާއިން ތަން ހަދާއިރު، ޔޫކްރޭނުން މަސައްކަތް ކުރަނީ ރަޝިޔާގެ އަނިޔާވެރިކަން ދުނިޔޭގެ އެއްވެސް މީހަކަށް އެއްވެސް ގައުމަކަށް އަމާޒު ނުކުރެވޭނެ ގޮތެއް ހަދަން،" އަހަރީ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަންނަވާ ދުނިޔޭގެ ލީޑަރުންނަށް ޒެލެންސްކީ ވިދާޅުވި އެވެ. ޒެލެންސްކީ އަދި ވިދާޅުވީ ނިއުކްލިއާ ހަތިޔާރު ނެގުމުގެ ހައްގު ރަޝިއާއަށް ނޯންނާނެ ކަމަށެވެ. 

"ހަތިޔާރު ބޭނުން ކުރުން ހިފަހައްޓާން ޖެހޭ! ހަނގުރާމައިގެ ޖަރީމާތަކަށް އަދަބުދޭން ޖެހޭ، ޑީޕޯޓްކޮށްފައިވާ މީހުން އެނބުރި ގައުމަށް އެނބުރި އަންނަން ޖެހޭ، އަދި ހިފާފައިވާ ބިންތައް އަނބުރާ ލިބެން ޖެހޭ... އެކަން ކުރުމަށް އަޅުގަނޑުމެން އެއްބައިވަންތަވާން ޖެހޭނެ، އަދި އެކަން ކުރާނަން!" ލެންސްކީ ވިދާޅުވިއެވެ.

ޔޫކްރޭނުން ކުޑަކުދިން ވަގަށް ނަގައިގެން މޮސްކޯއިން ނަސްލު ނައްތާލުންތައް ހިންގަމުންދާ ކަމަށް ވެސް ޒެލެންސްލީ ވަނީ ތުހުމަތު ކުރައްވާފަ އެވެ އޭނާގެ އެ ތުހުމަތައް އޮތް އިރު މިދިއަ މާޗް މަހު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ވަނީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފަ އެވެ.

މޮސްކޯއިން، ޔޫކްރޭންގެ އެ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކޮށް އިންކާރު ކުރެތެވެ. -- އެކަމަކު ބައިނަލްއަގްވާމީ ގިނަ ތަޖުރިބާކާރުންނާއި ޖަމާއަތްތަކުން ޔޫކްރޭންގައި ރަޝިޔާއިން ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމުގެ ހެކިތައް އިތުރުވަމުންދާ ކަމަށް ބުނެތެވެ. 

އދ. އާންމު މަޖިލީހުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ތަގުރީރު ކުރެއްވުމުން ޒެލެންސްކީ ވަނީ ވަރަށް ބޮޑަށް ތަރުހީބު ދެއްވާ އަތްތިލަބަޑި ޖައްސަވާފަ އެވެ. އެ ތަގުރީރުގައި ރަޝިޔާގެ އަނިޔާވެރިކަން ނުހުއްޓުވައިފިނަމަ ނުރައްކާތެރިކަން ބޮޑު ނަތީޖާތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ދެއްވި އެވެ.

"ރަޝިޔާ ގަބޫލުކުރާ ގޮތުގައި ދުނިޔެ ވަރުބަލިވެ، އެއްވެސް ނަތީޖާއެއް ނުނެރެވި ޔޫކްރޭނަށް އަނިޔާވެރިވުމުގެ ފުރުސަތު ދޭނެ. ޔޫކްރޭނަށް އެހެން ހަދަން ދޫކޮށްލައިފި ނަމަ އެއްވެސް ގައުމެއްގެ މިނިވަންކަން ރައްކާތެރި ވާނެތޯ؟" ބައިޑަން އެއްސެވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.