"މައިނޯރިޓީ ގެއްލުނަސް ސަރުކާރު ޖަވާބުދާރީ ކުރުވާނަން"

މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް މިއަދު ޑިމޮކްރެޓްސް ވެގެން ދިޔައިރު މިހާރު މައިނޯރިޓީ ލީޑަރަކީ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

މެންބަރު އާދަމް ޝަރީފް އުމަރު

ޕީޕީއެމަށް މަޖިލީހުގެ މައިނޯރިޓީ ގެއްލުނު ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ކުރާ މަސައްކަތަށް ބުރޫ ނާރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޕީއެންސީގެ މެންބަރު އަދި އެ ޕާޓީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅު ވެއްޖެ އެވެ.  

ޕީއެންސީއަކީ ޕީޕީއެމްގެ ހިޔަނީގައި އެ ޕާޓީގެ ބައެއްގެ ގޮތުގައި މަސައްކަތް ކުރާ ކުޑަ ޕާޓީއެކެވެ. 

އާދަމް ޝަރީފު ވިދާޅުވީ މައިނޯރިޓީ ލީޑަރުކަން ޕީޕީއެމަށް ގެއްލުނަސް ޒިންމާ ކުރުވުމުގެ މަސައްކަތަށް އެއްވެސް ބަދަލެއް ނުގެނެސް ޒިންމާދާރު ކަމާއެކު އެ ޒިންމާތައް އަދާ ކުރަމުން ގެންދާނެ ކަމަށެވެ. އެކަން ކުރުމުގައި ދަ ޑިމޮކްރެޓްސް ގެ ފުރިހަމަ އެއްބާރުލު ލިބޭނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށެވެ.

"އެވެރިން ތިބީ 'އިބޫ ނޫން ގޮތެއް' ހޯދަން ތައްޔާރަށް" އާދަމް ޝަރީފު ވިދާޅުވެފައި ވެއެވެ.  

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ ގޮތުގައި މިހާތަނަށް ހުންނެވީ ޕީޕީއެމްގެ ޕީޖީ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. 

މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް މިއަދު ޑިމޮކްރެޓްސް ވެގެން ދިޔައިރު މިހާރު މައިނޯރިޓީ ލީޑަރަކީ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

މަޖިލީހުގެ މެންބަރުން ތިއްބެވި ގޮތް

  •  އެމްޑީޕީ: 56 މެންބަރުން
  •  ދަ ޑިމޮކްރެޓްސް: 13 މެންބަރުން
  •  ޕީޕީއެމް: 5 މެންބަރުން
  •  ޕީއެންސީ: 3 މެންބަރުން
  •  އެމްއެންޕީ: 3 މެންބަރުން
  •  އެމްޑީއޭ: ދެ މެންބަރުން
  •  ޖޭޕީ: ދެ މެންބަެރުން
  •  ވަކި ޕާޓީ އަކަށް ނިސްބަތް ނުވާ: 3 މެންބަރުން

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.