އިންތިހާބުގެ ކުރިން ޔާމީންގެ މައްސަލަ ނިމޭކަށް ނެތް: ޕީޕީއެމް

"އަޅުގަނޑުމެން ކެމްޕޭނުގަ މައިގަނޑު ގޮތެއްގަ އަޅުގަނޑުމެން ދެއްކި ވާހަކައަކީ ރައީސް ޔާމީނަށް އަނިޔާ ކުރައްވާ ވާހަކަ. އެކަން ރައްޔިތުން ގަބޫލުކޮށްފި އަނިޔާކަން ކުރަނީ، އެ އަނިޔާ ކުރުމާ ދެކޮޅުކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ލީޑާޝިޕުން މިއަދު ހައިކޯޓް ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލަ ތާވަލު ކުރެވެން ނެތް ކަމަށް ހައިކޯޓާ ހަވާޅާދީ ޕީޕީއެމް އިން ބުނެފި އެވެ.

ވ. އާރަށު މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާފައިވާ މައްސަލައިގެ އިސްތިއުނާފް ލަސްވާތީ ޕީޕީއެމްގެ ލީޑާޝިޕުން މިއަދު ވަނީ ހައިކޯޓަށް ވަޑައިގެންފަ އެވެ. މައުލޫމާތު ސާފު ކުރުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން އިތުރު އަޑު އެހުމެއް ތާވަލު ކުރެވެން ނެތް ކަމަށެވެ.

ހައިކޯޓާ ހަވާލާދީ އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ މައްސަލަ ބައްލަވާ އެއް ފަނޑިޔާރަކު މިމަހުގެ 23 ވަނަ ދުވަހު ޗުއްޓީއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި 25 ވަނަ ދުވަހު ފަނޑިޔާރުން ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ. އެހެންކަމުން، އިންތިހާބުގެ ކުރިން އެމަނިކުފާނުގެ މައްސަލަ ނުނިމޭނެ ކަމަށް ލަފާކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަބްދުއްރަހީމް ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުން ދިން ވޯޓުން ހާމަވަނީ ރައީސް ޔާމީނަށް އަނިޔާ ކުރުން ރައްޔިތުން ބަލައިނުގަންނަ ކަމަށެވެ. ސަރުކާރުގެ މުއައްސަސާތަކާއި ޝަރުއީ ދާއިރާގައި އުޅުއްވާ ބޭފުޅުން ރައްޔިތުންގެ ބަސް އަޑު އަހަންޖޭހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކެމްޕޭނުގަ މައިގަނޑު ގޮތެއްގަ އަޅުގަނޑުމެން ދެއްކި ވާހަކައަކީ ރައީސް ޔާމީނަށް އަނިޔާ ކުރައްވާ ވާހަކަ. އެކަން ރައްޔިތުން ގަބޫލުކޮށްފި އަނިޔާކަން ކުރަނީ، އެ އަނިޔާ ކުރުމާ ދެކޮޅުކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައިކޯޓް އަޑުއެހުމެއްގައި ވާހަކަދައްކަވަނީ

އޭނާ ވިދާޅުވީ ޝަރުއީ ތިން މަރުހަލާ އޮންނަނީ އިންސާފު ގާއިމް ކުރުން އަވަސްކޮށް، އެކަމަށް މަގުފަހި ކޮށްދިނުމަށް ކަމަށެވެ. އެކަމަކު އިންޑިއާއިން އަންގައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޑީގައި ހުންނަވައިގެން ރައީސް ޔާމީނަށް އިންސާފު ލިބުމުގެ ދޮރުތައް ބަންދުކޮށްފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަ ކުރެއްވި ނަމަ ދެވަނަ ބުރަކަށް ނުގޮސް ބޮޑުތަކުން އިންތިހާބު ކާމިޔާބު ކުރެއްވީސް ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް އަނިޔާކުރާ މައިގަނޑު ސަބަބަކީ އިންޑިއާގެ އަޅުވެތިކަމަށް މިގައުމު ގެންދިއުމާ އެމަނިކުފާނު ދެކޮޅު ހެއްދެވި ހެއްދެވުން، އެއީ ދެވަނަ ފަހަރަށް ޖަލަށް ދާން ޖެހުނު ސަބަބު. ފުރަތަމަ ފަހަރު މައްސަލައިގަ މިނިވަން ވުމާއެކީގަ އިންޑިއާ އައުޓް ޖައްސަވައިގެން ނިކުމެވަޑައިގެން ރާއްޖޭގެ ކަންކޮޅުތަކުގަ އަޑުއުފުލަން ފެށީމަ އަނެއްކާ އިތުރު މައްސަލައެއް ވައްދައިގެން، އެ މައްސަލައިގެ ތެރެއިން ގެންގޮސް ޖަލުގަ ހައްޔަރު ކޮށްގެން އަނިޔާ ކުރަމުން މިދަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކަށް އައިސްފަ އެވެ. ދެން އޮންނާނީ އެންމެ ފަހުން ދައުލަތުން ދެއްކި ވާހަކަތަކަށް ޔާމީންގެ ފަރާތްޕުޅުން ރައްދު ދިނުމަށް ފަހު ހުލާސާކޮށް ވާހަކަ ދެއްކުމެވެ. އޭގެ ފަހުން އޮންނާނީ ހުކުމް ކުރުމެވެ. މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ މިމަހުގެ ހަވަނަ ދުވަހު އެވެ.

ކޮމެންޓް

1
450
ވަލީދު
7 months ago

" ޔާމީންގެ މައްސަލަ ބައްލަވާ އެއް ފަނޑިޔާރަކު މިމަހުގެ 23 ވަނަ ދުވަހު ޗުއްޓީއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި 25 ވަނަ ދުވަހު ފަނޑިޔާރުން ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ" މިއީ ގަސްތުގަ ރާވައިގެން ހިންގާ ވަރަށް ބޮޑު ޖަރީމާއެއް. ހަމަ މިދުވަސްކޮޅާ ދިމާވާގޮތަށް ފަނޑިޔާރުން ގެ ކަންތައްތައް އެހެން ބެހެއްޓީމަ އެނގެނީ އެބޭފުޅުންގެ އިހްލާސްތެރިކަން ނެތް ވަރު.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.