އީރާނު ޖަލުގައި ތިބި އެމެރިކާގެ ފަސް މީހަކު މިނިވަން ކުރަނީ

މި ޑީލަކީ އެއީ އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ގިނަ އިސް މެންބަރުންނާއި އީރާނުގެ ގިނަ އެކްޓިވިސްޓުން ވެސް ކުށްވެރި ކުރަމުން އަންނަ ކަމެކެވެ.

އީރާނުން ދޫކޮށްލާ ފަސް މީހުންގެ ތެރޭގައި ހިމެނޭ ތިން މީހުން: މި އެންމެނަކީ އިރާނުގެ ޕާސްޕޯޓްވެސް އޮންނަ މީހުން

އީރާނުގައި ހައްޔަރުކޮށް ޖަލު ބަންދުގައި ބައިތިއްބާފައި ތިބި އެމެރިކާގެ ފަސް މީހަކު މިވަންކޮށް ގައުމަށް ފުރުވާލަން އީރާން އެއްބަސްވެއްޖެ އެވެ. އެމެރިކާ އާއި އީރާނާ ދެމެދު އެއްބަސް ވެވުނު ޑީލެއްގެ ތެރެއިން މި އެއްބަސްވުން ހެދުނީ ގަތަރު އިސްވެ އޮވެގެން މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށް ދެ ގައުމުގެ މެދުގައި ދެކެނު ވާހަތަކުގެ ނަތީޖާއިންނެވެ.

އީރާނުން މިނިވަން ކޮށްދޭ އެމެރިކާގެ ފަސް މީހުނަކީ އީރާނުގެ ޕާސްޕޯޓް ވެސް ގެންގުޅޭ ހަތަރު ފިރިހެނަކާއި އަންހެނެކެވެ. އެ ފަސް މީހުން މިނިވަންކޮށް އެމެރިކާއަށް ފުރުވާލައި ދިނުމުގެ ޑީލަކީ ދެކުނު ކޮރެއާގައި ހިފަހައްޓާފައިވާ އީރާނުގެ ހަ ބިލިއަން ޑޮލަރު ގަތަރުގެ ދޯހާގެ ބޭންކުތަކަށް ވައްދައި ދިނުމެވެ. 

ގަތަރު ލީޑް ކުރާ މި ޑީލުގެ އެއް ބަޔަށް އެއްބަސް ވެވުނީ އަހަރެއްހާ ދުވަހުގެ ނުސީދާ މަޝްވަރާތަކަށް ފަހު މިދިޔަ މަހު އެވެ. މި ޑީލްގެ ތެރެއިން ގޮސް، އެމެރިކާގެ ޖަލުތަކުގައި ބަންދު ކޮށްފައިވާ އީރާނުގެ ފަސް މީހަކު ވެސް ވީއްލައި މިނިވަންކޮށް ދޫކޮށްލާނެ އެވެ.

އީރާނުގައި އަނިޔާވެރިވާ ކަމަށް މަޝްހޫރު އެވިން ޖަލުގައި ބަންދު ކޮށްފައި ތިބި އެމެރިކާ މީހުން ވަރަށް އަވަހަށް މިނިވަންކޮށް ޖަލުން ނެރޭނެ ކަމަށް އެތައް ފަހަރަކު ކުރިން ވެސް ބުނެފައި ވެއެވެ. ނަމަވެސް މި ޑީލްގައި އެކަން ވަނީ ފައިނަލް ވެފައެވެ. 

ދޫކޮށްލާ މީހުންގެ ތެރޭގައި އުމުރުން 51 އަހަރުގެ ސިޔާމަކް ނަމާޒީ އާއި އުމުރުން 59 އަހަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ އީމާދު ޝަރުގީ އާއި އިނގިރޭސި ރައްޔިތުކަން ވެސް އޮންނަ އުމުރުން 67 އަހަރުގެ މޮރާދު ތަހުބާޒް ހިމެނެ އެވެ. އޭނާއަކީ ތިމާވެށީގެ މާހިރެކެވެ.

އީރާނުން ރަހީނުންގެ ގޮތުގައި ގޭންގުޅޭ ކަމަށް ގިނަ ބަޔަކު ދެކޭ އެމެރިކާ މީހުން މިނިވަން ކުރުމަށް ރައީސް ޖޯ ބައިޑަން އިލްތިމާސްތައް ކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައި ވެއެވެ. 

އީރާނަށް މި ޑީލްގެ ސަބަބުން ދެކުނު ކޮރެއާއަށް ތެޔޮ ވިއްކައިގެން ލިބުނު ފައިސާ އެ ގައުމަށް ދެން ލަހެއް ނުވެ ދޯހާ މަގުން ލާފައި ލިބިދާނެ އެވެ. ދެކުނު ކޮރެއާއިން ގަތަރުގެ ބޭންކުތަކަށް ޖަމާކުރާ ފައިސާ ބޭނުން ކުރެވޭނީ ކާބޯތަކެއްޗާއި ބޭސް ފަދަ މުދާ ގަތުމަށެވެ. 

މި ޑީލަކީ އެއީ އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ގިނަ އިސް މެންބަރުންނާއި އީރާނުގެ ގިނަ އެކްޓިވިސްޓުން ވެސް ކުށްވެރި ކުރަމުން އަންނަ ކަމެކެވެ. އެކަމަކު މިއީ ގައިދީންނާއި އެމީހުންގެ އާއިލާތަކުގެ މީހުނަށް ވަރަށް ބޮޑު ލުޔަޖާ އުފަލެއް ލިބޭނެ ޑީލެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.