މިހާރުވެސް ވެރިކަމުން ފޭބީމަވެސް ބަލަންވީ، ތުހުމަތު ކުރާނެ ކަމެއް ނޯންނާނެ: ރައީސް

"ތިބޭފުޅުންނަށް މިރޭވެސް އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ ދައުލަތުގެ ލޯ ލާރިއެއްގައި ވެސް އަޅުގަނޑު ނުޖެހޭނެ ވާހަކަ. މިއަދުވެސް ބައްލަވަން ވީ. މިއަދުވެސް ބައްލަވަންވީ. އަޅުގަނޑު ވެރިކަމުން ފޭބީމަ ވެސް ބައްލަވަންވީ"

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް މިރޭގެ ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ދައުލަތުގެ ލޯލާރިއެއްގައި ވެސް ޖެހިވަޑައިގެންފައި ނުވާނެ ކަމަށާ ވެރިކަން ނިމުމުން ބެއްލެވި ނަމަވެސް ތުހުމަތު ކުރާނެ ކަމެއް ނޯންނާނެ ކަމަަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ގައި މިރޭ މާފަންނު ހުޅަނގު ދާއިރާގެ ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ ދައުލަތުގެ ލޯ ލާރިއެއް ގައި ވެސް ޖެހިވަޑައިގެންފައި ނުވާނެ ކަމަށާ އަދި ކުރިއަށް އޮތްތާވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވަނީ އެއްވެސް ކަމަކަށް ތުހުމަތު އޮތްނަމަ އެކަމެއް ބެލުމަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ވެރިކަމުގައި ނެތް ދުވަހަކު ބެލި ނަމަވެސް ތުހުމަތު ކުރައްވާނެ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"ތިބޭފުޅުންނަށް މިރޭވެސް އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ ދައުލަތުގެ ލޯ ލާރިއެއްގައި ވެސް އަޅުގަނޑު ނުޖެހޭނެ ވާހަކަ. މިއަދުވެސް ބައްލަވަން ވީ. މިއަދުވެސް ބައްލަވަންވީ. އަޅުގަނޑު ވެރިކަމުން ފޭބީމަ ވެސް ބައްލަވަންވީ. އަޅުގަނޑު ޔަގީން ކަމާ އެކީގައި މި ދަންނަވަނީ އަޅުގަނޑާމެދު ތުހުމަތު ކުރާނެ ކަމެއްވެސް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ސޯލިހް ވާހަކަފުޅު ދައްކަވަަނީ

ރައީސް ވަނީ އެމަނިކުފާނަކީ މިނިވަން މުއައްސަސާތަކަށް އެ މުއައްސަސާތަކުގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅުއްވާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ އެމަނިކުފާނާމެދު އޮތް ތުހުމަތެއް މިހާރުވެސް އޭސީސީއަށް ހުށައެޅުއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ މި ހިނގާ ސަރުކާރުގައި ވެސް އެފަދަ ކަމެއް ހިނގާފައެއް ނޯންނާނެ އެވެ.

"ސާފުކޮށް މި ދަންނަވަނީ މިހާރުވެސް ބައްލަވާ. އޭސީސީއަށް މިހާރުވެސް ހުށައަޅުއްވާ ކަމެއް އޮވެއްޖިއްޔާ. އަޅުގަނޑުމެންގެ ތެރެއަކު ނޯންނާނެ،" ވަރަށް އިތުބާރާއެކު ރައީސް ވިދާޅުވި އެވެ.

ރައީސް މިރޭވެސް ވަނީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރެވުނު މަސައްކަތާއި ރަނގަޅު ކުރަން ޖެހޭ ކަންކަން ދެނެގަނެ ދެވަނަ ބުރަށް އާ ހިތްވަރާ ޖޯޝާއެކު މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އެ މަސައްކަތާއެކު ބޮޑު ތަފާތަކުން އިންތިހާބުގެ ދެބަނަ ބުރު ކާމިޔާބު ކުރެވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.