ޑިމޮކްރެޓުންގެ މުސްތަގުބަލަށް ރައީސް ސޯލިހް ބަލިކުރަން ޖެހޭ: އިމްތިޔާޒް

"އެމްޑީޕީގެ ވެރިކަން ވެއްޓެން ޖެހޭ. އަޅުގަނޑުމެންގެ މި ޕާޓީގެ މުސްތަގުބަލަށްޓަކައި އިބްރާހިމް މުހައްމަދު ސޯލިހް ކުރިއަށް މި އޮތް އިންތިހާބުގައި ބަލިވާން އެބަޖެހޭ"

ރައީސް މުހައްމަދު ނަޝީދު (ކ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (މ) މެންބަރު އިމްތިޔާޒް ފަހްމީ (ވ)

ދަ ޑިމޮކްރެޓްސްގެ މުސްތަގުބަލަށްޓަކައި ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ބަދަލު ކުރަން ޖެހޭ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) މިރޭ ވިދާޅުވެއްޖެ އެވެ.

އިންތި މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީން އަމަލު ކުރާނެ ގޮތެއް ނިންމުމަށް މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުންނެވެ. އިމްތިޔާޒް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވެރިކަން ވެއްޓެން ޖެހެއެވެ. އަދި ޑިމޮކްރެޓްސްގެ މުސްތަގުބަލަށްޓަކައި ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އެކަމަށް ހިތު ނިޔަތް ގަނެގެން ހުންނެވި ކަމަށް ވެސް އިންތި ވިދާޅުވި އެވެ. އެމްޑީޕީގެ ވެރިކަން ބަދަލުކުރުމަކީ ޑިމޮކްރެޓްސްއަށް މުހިންމު ކަމެއްކަން ފާހަގަ ކުރައްވާ މިސާލު ބަހެއްގެ ގޮތުގަައި އިންތި ވިދާޅުވީ އަރާ ފައިބާ ފާލަން އަނދާލުމަކީ ކުރިމަގު އަލިކޮށްދޭ ކަމެއް ކަމަށް ބައެއް ހާލަތުގައި ބުނާ ކަމަށެވެ.

"އެމްޑީޕީގެ ވެރިކަން ވެއްޓެން ޖެހޭ. އަޅުގަނޑުމެންގެ މި ޕާޓީގެ މުސްތަގުބަލަށްޓަކައި އިބްރާހިމް މުހައްމަދު ސޯލިހް ކުރިއަށް މި އޮތް އިންތިހާބުގައި ބަލިވާން އެބަޖެހޭ. ބަލި ކުރުމަށްޓަކާ އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ހުރީ ހިތް ނިޔަތް ގަނެގެން. ބަލިވާން ޖެހޭ. މި ޕާޓީގެ މުސްތަގުބަލަށްޓަކާ އަދި އެމްޑީޕީވެސް އެ ޕާޓީގެ އަސްލަށް ރުޖޫއަށްވެ އެމްޑީޕީގެ މުސްތަގުބަލަށްޓަކާ،" އިމްތިޔާޒް ވިދާޅުވި އެވެ.

އިންތި ވިދާޅުވީ އެމްޑީޕީ އޮތީ ހަރާބުގެ މަގުގައި ކަމަށާ ރައީސް ސޯލިހް ބަލި ކުރުމަކީ އެމްޑީޕީއަށް އޮތް ފައިދާއެއް ކަމަށެވެ. އަދި ރައީސް ސޯލިހަކީ ބޭވަފާތެރިކަމާއި ބޭއިންސާފާއި ނާއިންސާާފާ އަނިޔާވެރިކަމުގެ ރަމްޒެއް ކަަމަށް ވިދާޅުވި އެވެ.

"އެއް ލަފްޒަކުން އެއް ޖުމްލަ އަކުން، ބޭއިންސާފު، ބޭވަފާތެރިކަން، ނާއިންސާފު، އަނިޔާވެރިކަން، ހީލަތްތެރިކަން އެ ސިފަކޮށްދޭ ކަމަށްވާނަމަ އެއީ އިބްރާހިމް މުހައްމަދު ސޯލިހް. އެއީ އެމްޑީޕީގެ މިއަދުގެ ލީޑާޝިޕް. މިއީ އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމެއް،" އިމްތިޔާޒް ވިދާޅުވި އެވެ.

ކޮމެންޓް

2
450
ޒުލޭ
10 months ago

ދެން އަވަހަ މުއިޒް އާ ގުޅޭ. އޭރަށް ތިކަނ ވާނީ

ސިމާއު
10 months ago

ވަރަށް ރަނގަޅު ވާހަކައެއް.މިކަމަށް އޮތް ހައްލަކީ ޗޯރަށް ނޫނެކޭ ބުނުން.ރާއްޖޭގެ ބިމާ،ކަނޑާ ފަޅާ ބައިތުލްމާލު ހިތުހުރިގޮތަކަށް ކައި ހުސްކޮށްފި.މިކަން ބަލަންއެބަޖެހޭ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.