އިންތިހާބުން އެމްޑީޕީ ބަލިވެއްޖެނަމަ މި ގައުމު ބަނގުރޫޓް ވެެގެންދާ ތަން ފެނޭ: ރައީސް

"މިއަދު އަޅުގަނޑުމެންނަށް މި އިންތިހާބު އަދި ކުރެވޭ ކަމަކުން ގެއްލިއްޖެނަމަ މި ސަރުކާރު، މި ގައުމު ބަނގުރޫޓްވެެގެންދާ ތަން އަޅުގަނޑަށް ފެނޭ،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް މިރޭގެ ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވެއްޖެނަމަ ރާއްޖެ ބަނގުރޫޓް ވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ގައި މިރޭ މާފަންނު ހުޅަނގު ދާއިރާގެ ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި ގޮތް ނިންމުމުގެ ކުރީން ވަރަށް ގިނަ ގޮތްގޮތުން ވިސްނަން ޖެހޭ ކަމަށެވެ. 

ވާދަވެރީންގެ އަތްމައްޗަށް ރާއްޖެ ހިނގައްޖެނަމަ ރާއްޖެ ބަނގުރޫޓް ވެގެންދާ މަންޒަރު އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންނަށް މި އިންތިހާބު އަދި ކުރެވޭ ކަމަކުން ގެއްލިއްޖެނަމަ މި ސަރުކާރު، މި ގައުމު ބަނގުރޫޓްވެެގެންދާ ތަން އަޅުގަނޑަށް ފެނޭ،" ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ސޯލިހް ވާހަކަފުޅު ދައްކަވަަނީ

ރައީސް ވިދާޅުވީ ދައުލަތް ހިންގުމަށް ލާރި ހޯދުމަށް ކުރަން ޖެހޭ ކަންތައްތަކެއް ހުންނަ ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރަށް ބޭރުން ލޯނު ލިބޭ ވާހަކައާ ހިލޭ ލިބޭ ވާހަކަ ވާދަވެރީން ދައްކާ ކަމަށާ އެކަން މި ސަރުކާރަށް ހާސިލުވީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާ ކަމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ސަރުކާރަށް [ރައީސް ޔާމީންގެ ސަރުކާރަށް] އެކަން ނުކުރެވުނީ ކީއްވެގެންތޯ، ހާރިޖީ ސިޔާސަތު. ދޭދޭ ގައުމުތަކާ އޮތް އިތުބާރު ކުރެވޭ ހާރިޖީ ސިޔާސަތެއް ނެތުމުގެ ސަބަބުން،"

ރައީސްގެ ވާހަކަފުޅުގައި ޔާމީންގެ ސަރުކާރުން ކޮމަންވެލްތާ ގުޅުން ކަނޑާލުމާއި އިރާނާއި ގަތަރާއެކު ގުޅުން ކަނޑާލި ކަނޑާލުން ފާހަގަ ކުރެއްވި އެވެ. އަދި މާލީ އިދާރާތަކާ ހަރުދަނާ ގުޅުމެއް ނެތް ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން އަވައްޓެރި ގައުމުތަކާ ވެސް ހަރުދަނާ ރަނގަޅު ގުޅުމެއް އެ ސަރުކާރަށް ނުބޭއްވުނު ކަމަށއް ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރުގެ ހާރިޖީ ސިޔާސަތު ހަރުދަނާ ކުރުމުން ހުރިހާ ކަމެއް ބަދަލުވެފައިވާ ކަމަށް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން އެދުނީމަ ފައިސާ ދޭނެ ކިތަންމެ ފަރާތްތަކެއް އެބަހުރި. މާލީ އިދާރާތަކުން ލޯނު އެ ދެނީ އެހެން ވެގެން. އެ އަނބުރާ ދެއްކޭނެ ކަމުގެ ޔަގީންކަން އެ ބޭފުޅުންނަށް އޮތީތީވެ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

1
450
ލަތީފު
2 days ago

އެވަރަކަށް ނޫނޭ ދަރާ އޮތީ، އެހެން ވެރިކަމެއް އައިސްފި ނަމަ ބިތުފަންގި ނަގާނެ. ކެޔޮ ކައިފަ ހުރި ވަރު ފެނިދާނެ ތީ ބިރުން. މިހާރު ވެސް މިގައުމު ބަނގުރޫޓް ކޮއްލާފަ ތިއޮތީ. 5 ަހަރެއްގެ ދައުރެއްގަ މިވަރު ކަމެއް އަދި ނުފެނޭ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.