ޑިމޮކްރެޓުންގެ ހުށައެެޅުމަށް ގޮތް ނިންމަން އެމްޑީޕީއާ ޕީޕީއެމަށް 48 ގަޑިއިރު ދީފި

ގަރާރު ފާސްކުރުމަށް ވޯޓަށް އެހުމުން 50 މެންބަރުންގެ ވޯޓާއެކު ވަނީ ގަރާރު ފާސްކޮށްފައެވެ. ޑިމޮކްރެޓުންގެ ކައުންސިލްގައި 87 މެންބަރުން ހިމެނެއެވެ. މިރޭގެ ކައުންސިލް ބައްދަލްވުމުގައި ބައިވެރިވީ 64 މެންބަރުންނެވެ.

ޑިމޮމްރެޓުން މިރޭ ބާއްވާ ކައުންސިލް ބައްދަލްވުން -- މި

މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް ދަ ޑިމޮކްރެޓްސް އިން ޝަރުތުތަކެއް ހުށައަޅާ އެކަމާމެދު ބުދަ ދުވަހުގެ ނިޔަލަށް ގޮތް ނިންމަން އެ ޕާޓީން ފުުރުސަތު ދީފި އެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި އަމަލު ކުރާނެ ގޮތެއް ނިންމަން ޑިމޮކްރެޓްސް ގެ ކައުންސިލް މިރޭ ވަނީ އެއްވެފައެވެ. މިރޭގެ ކައުންސިލަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވަނީ ގަރާރެއް ހުށައަޅާފައެވެ. ގަރާރުގައި ތިން ހުށައެޅުމެއް ހުށައަޅާފައިވެއެވެ.

އެއީ އެމްޑީޕީއަށް ހުށައަޅާ ހުށައެޅުމާއި ޕީޕީއެމް/ޕީއެންސީ އަށް ހުށައަޅާ ހުށައެޅުމާއި ދެ ޕާޓީން އެެ ހުށައެޅުންތައް ގަބޫލު ނުކޮށްފިނަމަ ދެން ކަން ކުރާނެ ގޮތެވެ. ޝިފާޒުގެ ގަރާރުގައި އެމްޑީޕީއަށް ހުށައަޅާ ހުށައެޅުމެއް ގޮތުގައި އޮތީ މި މަހުގެ 28 ވަނަ ދުވަހުގެ ކުރީން ނިޒާމީ ވޯޓެއް ނެގުމަށެވެ. އެކަމަށް މި މަހުގެ 20 ވަނަ ދުވަހުގެ ކުރީން އެމްޑީޕީން އެއްބަސްވާން ޖެހެއެވެ.

ކައުންސިލަށް ގަރާރު ހުށައެޅުއްވީ މުހައްމަދު ޝިފާޒް -- މި

އެއްބަސް ވެއްޖެނަމަ އެމްޑީޕީއާއެކު މަޝްވަރާ ކުރުމަށެވެ. ޕީޕީއެމަށް ހުށައެޅީ ގުޅިގެން ސަރުކާރެއް އުފެއްދުމަށެވެ.

"ޕީޕީއެމާއެކު ސަރުކާރު އުފެއްދުމަށް ޑިމޮކްރެޓްސް ބައިވެރިވާނެ މިންވަރާއި އެ ސަރުކާރުގައި ޑިމޮކްރެޓްސްގެ ސިޔާސަތު ހިމެނޭނޭ މިންވަރު ބަޔާން ކުރާ ލިޔުމެއްގައި 20 ސެޕްޓެންބަރު 2023 ގެ ކުރީން ސޮއިކުރަން އެއްބަސްވާނަމަ ޕީޕީއެމާއެކު މަޝްވަރާ ކުރުމަށް،" ޝިފާޒުގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެ ދެ ހުށައެޅުމަށް ދެ ޕާޓީން އެއްބަސް ނުވާނަމަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ހުށައަޅާފައިވެއެވެ.

ޑިމޮމްރެޓުން މިރޭ ބާއްވާ ކައުންސިލް ބައްދަލްވުން -- މި

މި ގަރާރަށް ޑިމޮކްރެޓްސް އިން ވާހަކަ ދެއްކެވި ހުރިހާ މެންބަރުންގެ ރޫހު މައިގަނޑުކޮށް ހުރީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. އަދި ޑިމޮކްރެޓްސް އިން ކުރިއަށް ހުރި އިންތިހާބު ތަކަށް ތައްޔާރު ވުމާއި ނިޒާމު ބަދަލު ކުރުމުގެ މަސައްކަތުގައި ދެމި ތިބުމަށެވެ.

ޑިމޮކްރެޓްސް ގެ އިސް ބޭފުޅުން ވެސް ވަނީ އެ ރޫހުގައި ވާހަކަ ދައްކަވާފައެވެ. ހާއްސަކޮށް ރައީސް ސޯލިހަށް ތާއީދު ކުރަން ނުފެންނަ ކަމަށް ވިދާޅުވި އެވެ. އަދި އިންތިހާބުގެ ފަހުން ނިޒާމީ ވޯޓަށް ނަގަން ރައީސް ސޯލިހް އެއްބަސްވެވަޑައިގެންފައިވާތީ އެކަމަށް ވެސް މެންބަރުން ފާޑު ވިދާޅުވި އެވެ. ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ވެސް 18 މަސް ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވަން ވައުދުވެވަޑައިގެން ކަމަށާ ނިޒާމީ ވޯޓެއް ނަންގަވަންވެސް މީގެ ކުރީން އެތައް ތާރީހެއް ދެއްވާފައިވާ ކަމަށެވެ.

ޑިމޮކްރެޓްސްގެ ކައުންސިލް ބައްދަލްވުން -- މި

އެންމެ ފަހުން އޮތް އެމްޑީޕީގެ ކޮންގްރެސްގައި ވެސް ނިޒާމީ ވޯޓްގެ މަޝްވަރާ ކުރިއަށް ގެންދަން ރައީސް ސޯލިހް އެއްބަސްވެވަޑައިގެންނެވި ކަމަށާ ނަމަވެސް އެ ފުރުސަތު ފަހުން ނުވެސް ދެއްވި ކަމަށެވެ.

ބައެއް މެންބަރުން ވަނީ އެއްވެސް ހާލަތެއްގައި ރައީސް ސޯލިހަށް ތާއީދު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ހުރިހާ ބޭފުޅުން ވެސް ވަނީ ޝިފާޒުގެ ގަރާރަށް މައިގަނޑުކޮށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާފައެވެ.

ގަރާރު ފާސްކުރުމަށް ވޯޓަށް އެހުމުން 50 މެންބަރުންގެ ވޯޓާއެކު ވަނީ ގަރާރު ފާސްކޮށްފައެވެ. ޑިމޮކްރެޓުންގެ ކައުންސިލްގައި 87 މެންބަރުން ހިމެނެއެވެ. މިރޭގެ ކައުންސިލް ބައްދަލްވުމުގައި ބައިވެރިވީ 64 މެންބަރުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.