މެޑަމް ފަޒްނާއަށް ހުރަސްއެޅުން އެޗްއާރްސީއެމުން ކުށްވެރިކޮށްފި

ހިޔާ އަވަށަކީ ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީ ކުރަން ފަށާފައިވާ އަވަށެވެ. ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ބައެއް މީހުން ދެކޭ ގޮތުގައި މި ސަރުކާރުން ވަނީ އެ މީހުންނަށް އިހުމާލުވެފަ އެވެ.

މެޑަމް ފަޒްނާ އަހްމަދު ހިޔާ އަވަށުގައި: އެކަމަނާގެ ކެމްޕޭނަށް ހުރަސް އެޅި އަމަލު އެޗްއާރްސީއެމް އިން ވަނީ ކުށްވެރިކޮށްފައި --

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނަށް މެޑަމް ފަޒްނާ އަހްމަދު މިއަދު ހަވީރު ހިޔާ އަވަށަށް ވަޑައިގަތުމުން އެކަމަނާއަށް ހުރަސް އަޅައި މުޒާހަރާ ކުރުމުން ހިއުމަން ރައީޓްސް އޮތް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުށްވެރި ކޮށްފި އެވެ.

ފަޒްނާ އިއްޔެ ހިޔާ އަވަށަށް ވަޑައިގަތީ ރައީސަށް ތާއީދު ހޯއްދަވަން ދޮރުން ދޮރަށް ހިންގެވުމަށެވެ. އެޗްއާރްސީއެމް އިން ބުނީ ފަޒްނާ ދޮރުން ދޮރަށް ކުރެއްވި ޒިޔާރަތުގައި އާންމު ފަރާތްތަކުން ކެމްޕެއިނަށް ހުރަސް އެޅި އެޅުން އެ ކޮމިޝަނުގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. 

އިންތިހާބުގައި ތާއީދުު ހޯދުމަށް މަސައްކަތް ކުރުމަކީ ކޮންމެ ކެންޑިޑޭޓަކަށް ވެސް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ. ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ އިސް ފަރާތްތަކުން މިފަދަ ކަންކަމަށް ހިތްވަރު ނުދިނުމަށް އެ ކޮމިޝަނުން ވަނީ ގޮވާލައިފަ އެވެ.

"ކެންޑިޑޭޓުންނާ ބައްދަލުކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ވުމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް. ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހިޔާލާއި ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާ، ނަފްސަށް ގެއްލުންވާ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ގޮވާލަން. ސިޔާސީ ޕާޓީތަކުންނާއި، ސިޔާސީ އިސް ފަރާތްތަކުން މިފަދަ އަމަލުތަކަށް ހިތްވަރުނުދެއްވުމަށް ކޮމިޝަނުން އިލްތިމާސް ކުރަން،" އެޗްއާރްސީއެމް އިން ބުންޏެވެ.

ކެންޑިޑޭޓުންގެ އިންތިހާބީ ހައްގުތަކަށާއި ކެމްޕޭން ހަރަކާތްތަކަށް އިހްތިރާމް ކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއަކަށްވީ ހިނދު، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެކަކު އަނެކާގެ ހައްގުތަކަށް އިހްތިރާމްކޮށް ގާނޫނާއި ގަވާއިދުގެ ތެރެއިން މަސައްކަތް ކުރުމަށް ވެސް އެޗްއާރްސީއެމް އިން ވަނީ ގޮވާލައިފަ އެވެ.

އިއްޔެގެ މުޒާހަރާގެ ތެރެއިން "ބާޣީ ފަޒްނާ" އޭ ގޮވައި ފުރައްސާރަކޮށްފައިވެ އެވެ. އެހެން ގޮވީ ނޮވެންބަރު ތިނެއްގެ އުދުވާންގައި އިސްކޮށް އުޅުނު ސިއްކަ އަހުމަދު އިސްމާއިލް މަނިކަކީ އެކަމަނާގެ ބައްޕައަށް ވާތީ އެވެ.

ހިޔާ އަވަށަކީ ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީ ކުރަން ފަށާފައިވާ އަވަށެވެ. ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ބައެއް މީހުން ދެކޭ ގޮތުގައި މި ސަރުކާރުން ވަނީ އެ މީހުންނަށް އިހުމާލުވެފަ އެވެ.

ފަޒްނާ ވަޑައިގަތުމުން މުޒާހަރާކޮށް އަޑުއުފުލި މީހުން އެފަދަ އިބާރާތްތަކުން ގޮވާ އެކަމަނާއާ ދެކޮޅަށް އަޑު އުފުލާފައެވެ. ނަމަވެސް ފަޒްނާ ވަނީ ގިނަ އެޕާޓްމަންޓަކަށް ވަޑައިގެންފައެވެ. ބަޔަކު މުޒާހަރާކޮށް އަޑުއުފުލި ނަމަވެސް އެކަމަނާ ވަނީ ހިިޔާ ސަރަހައްދުން ބައްދަލްވި އާންމުންނާއި ސަލާމް ވެސް ކުރައްވާފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.