ކޯލިޝަން ހެދުމާމެދު ޑިމޮކްރެޓްސް މިރޭ ގޮތެއް ނިންމަނީ

ޑިމޮކްރެޓްސް އިން ބުނީ މިރޭ އެ ޕާޓީން ބާއްވާ އިންޓެރިމް ކައުންސިލް ބައްދަލުވުމުގައި ދެވަނަ ބުރާ މެދު ގޮތެއް ނިންމުމަށްފަހު އިއުލާނު ކުރާނެ ކަމަށެވެ. މިރޭގެ ބައްދަލުވުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އާންމުންނަށް ހުޅުވާލައިގެންނެވެ.

ޑިމޮކްރެޓްސްގެ އިސް ބޭފުޅުން: ދެވަނަ ބުރުގައި ކަން ކުރާނެ ގޮތެއް އެ ޕާޓީން މިރޭ އިއުލާނު ކުރަން ވަނީ ނިންމާފައި --

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނާއެކު ކޯލިޝަން ހެދުމާމެދު މިރޭ ގޮތެއް ނިންމާނެ ކަމަށް އެޕާޓީން ބުނެފި އެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ކޯލިޝަން ހެދުމަށް ޑިމޮކްރެޓްސްއަށް ދައުވަތީ މަޝްވަރާތައް ވެސް ކުރައްވާފަ އެވެ.

ޑިމޮކްރެޓްސް އިން ބުނީ މިރޭ އެ ޕާޓީން ބާއްވާ އިންޓެރިމް ކައުންސިލް ބައްދަލުވުމުގައި ދެވަނަ ބުރާ މެދު ގޮތެއް ނިންމުމަށްފަހު އިއުލާނު ކުރާނެ ކަމަށެވެ. މިރޭގެ ބައްދަލުވުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އާންމުންނަށް ހުޅުވާލައިގެންނެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓް ހޯއްދެވީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. ދެވަނަ ބުރުގައި އިންތިހާބު ޔަގީން ކުރަން ޑިމޮކްރެޓްސްގެ ސަޕޯޓް ބޭނުންވާނެ އެވެ. ހާއްސަ ގޮތެއްގައި ރައީސް ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވުމަށް ޑިމޮކްރެޓްސްގެ އެހީތެރިކަން ވަރަށް މުހިންމެވެ.

ޑިމޮކްރެޓްސް އިން ދެ ޕާޓީއަށް ވެސް ހުށަހެޅީ މިމަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓެއް ނެގުމަށެވެ. ޕީޕީއެމް އިން އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރަން ބޭނުން ނުވާކަމަށް އެންގުމުން އެކަމާ ޑިމޮކްރެޓްސް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެމްޑީޕީން އަދިވެސް އެކަމަށް ގޮތެއް ނުނިންމަ އެވެ.

އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.